ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން އުޅޭ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފއަިވަނީ މިރޭ ގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިމިވަނީ ޖުޑީޝިއަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ސަސްޕެންޑް ކުރުމާއި ގުޅިގެން އޭނާއާމެދު ފިޔަވަޅު ނޭޅުމަށް ސްޕްރީމް ކޯޓުން އަމުރު ކުރުމާއި ގުޅިގެންކަމަށް މަައުލޫމާތު ލިބެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމެވީ، އޭނާއަށް ޖިނާއީ ތުހުމަތެއް ކުރެވި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

އެ މައްސަަލައަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރާ މައްސަލައެވެ. އެ މައްސަލަ ތަހުގީގު ކުރަންވެސް އެދިވަޑައިގެންނެވީ ރައީސް ނަޝީދުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަފީ

  ރައްޔިތު މީހާ މިތިބެންޖެހެނީ ވާނުވާގަ.މަޖިލިސްތޯ ގަދަވާނީ ޖުޑިސަރީތޯ ގަދަވާނީ.

 2. ކުކިންގްކުކިންގް

  ތިހެންއުޅޭކަށްނުވާނެ. ކުރީބުރު ތިންއަހަރު މިބުރު އަހަރެއްވެސް ނުވަނީސް ތިއުޅެގަތީ ރައްޔަތުންގެ ނިންމުމަކާއި ކުރިމަތިލާން. ރައްޔަތުންތިބީ ވަރަށް ރުޅިގަދަވެފަ މާރަނގަޅެއް ނުވާނެހެން ހީވަނީ.

 3. ސުފުރާ

  ތުހުމަތަކަށް ސަސްޕެންޑް ކޮށްގެން ނުވާނެ މައްސަލަ ޖެހޭނީ ސާބިތު ކުރަން އިސްލާމްދީނުގަ ޝައްކުގެ މައްޗަށް ކަންތަކެއް ނުނިން މޭނެ ޖުހާ ބުނެފިއްޔާ ދެން ކޮންމެ ގޮތެއްވެސް ރަގަޅު ދެން ހައިކޯޓު އުވާލާފަ ހުރިހާ ކަމެއް މަޖްލިސް އިންބަލާ ގޮތަށް ނިންމާ އަމުރުތައް ނެރޭނީ އެމްޑިޕީ އޮފީހުން އެއިރުން ހަތަރެސް ކަން ހަމަވީ

 4. Anonymous

  މުޅިއޮޑީގަ ކެރަފާއާއިލާގެދެފައި