ދިޔަވަރުބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު އިންޒާރު ނެރެފިއެވެެ..

މިރޭ 19:45 ހާއިރު މެޓް އޮފީހުން ނެރުނު އެލާޓްގެ މުއްދަތު ހަމަވާނީ މިރޭ 23:00 އަށެވެ.

ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތް

(މިރޭ 08:00އިން މާދަމާރޭ 08:00އަށް )

ރާއްޖޭގެ އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ. މެދުތެރެއަށް ކެރީގެ އަސަރު ފޯރާނެ. ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނަގޅު ވާނެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަަށްް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ.

އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ. ދެކުނާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    މިކަމުގަ މޯދީގެ ބަހެއް ހޯދަން ރައްޔިތުން އިންތިޒާރު ކުރަނީ މިކަހަލަ ކަންކަމަށް އެންމެގާތުން އެހީވާނެ މުޅިގައުމު މިވަނީ މޯދީއަށް ބަރޯސާވެ ނިމިފައި ކޮންކަމަކާ ހާސްވާންވީ އަދުގެ ފިނަހަކަ ދުވެލީގައި މިހާރުވެސް ސަލާމަތީ ގޮތުން ފިޔަވަޅު އަޅާނިމިފައި މިހާރު ހުންނާނީ ޕްރެސް ކޮންފަރެންސް އަދި ނުދެވިގެން އެއުޅެނީ ހީވަނީ މަހުލޫފު ވަރަށްއަވަހަށް ބަސްފުޅު ނެރިލައްވާނެހެން ހެހެހޭ މިޔޮތީވާ މުޞީބާތެއް މުޅިގައުމު ސުންނާފަތިވެ ނިމިއްޖެ ދެންވެސް އަތްޖަހާ ހަމައަތްތައް ބާރު ބާރަށްޖަހާ