ހއ. ދިއްދޫގައި ކުރިއަށްދިޔަ ކައުންސިލް ފުޓްސަލް މުބާރާތުގައި ދެ ޓީމެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި އެރަށުގެ ފުޓްސަލް ދަނޑަށް ގެއްލުންތަކެއް ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ދިއްދޫގައި ކުރިއަށް ދިޔަ ފުޓްބޯޅަ މުބާރާތެއްގައި ކުޅުނު ފުޓުބޯޅަ މެޗުގެ ހަމަނުޖެހުމުގެ ތެރެއިން، ދައުލަތުގެ މުދަލަށް ގެއްލުން ދިން މައްސަލަ ބަލަމުން އަންނަ ކަމަަށެވެ.

އެ މައްސަލަ ކައުންސިލްގެ ފަރާތުން ފުލުހަށް ހުށަނާޅައެވެ. ފުލުހުން ވިދާޅުވި، މައްސަލަ ބަލަމުން އަންނަނީ ފުލުހުންގެ އިސްނެގުމެއްގެ މަތިން ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ރަށު ކައުންސިލް ފުޓްބޯޅަ މުބާރާތުގައި ކުޅުނު މަޗުގައި ދެޓީމުގެ ދެމެދު ހިންގި ހަމަނުޖެހުން ބޮޑުވެ، ދެޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ހިންގި ހަމަ ނުޖެހުމުގައި ފުޓްސަލް ދަނޑުގެ ޓާފްތައް ނައްޓާލާ، ދަނޑަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ.

އަދި މެޗްގެ އޮފިޝަލުން އިށީންނަށް ބަހައްޓާފައި ހުރި ގޮނޑިތަކަށް ވެސް ވަނީ ގެއްލުން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްޔަ

    މޑޕ ވެރިކަމެއްގައި ލާހިކެއްނޫންބަލާކަށް އެޕާޓީ މީހުންކުރާ ކުއްތަށް މިހާތަނަކަށްނެތްބެލިފައެއް.

    22
  2. އަޙުމަދުބެ

    ކުޅވަރަކީ އެކުވެރިކަން އާލާކޮށް އެއްބައެއްވަންތަކަން އާލާކުރުމަށް މުހިއްމު އެއްޗަކަށް ވީނަމަވެސް މިއަދު މިކަމަކީ އަޚުވަންތަކަން ޚަތުރުވެރިކަމަށް ބަދަލުވާތަން މިފެންނަނި . އެއްރަށެއްގެ ބަޔަކުގެ މެދުގައި މިފަދަ ކަންތައްތައް ހިނގުމަކީ ދެރަކަމެއް. ދެޓީމުގައިވެސް ތިބޭނީ ހަމައެއްބައެއް. މިހިރީ ވިސްނުމާއި ފިކުރުގެ އުނިކަމެއް. ދަރިންނޭ އިޞްލާޙުވޭ!

    17
  3. އަނގައޮރި ޒަކީ

    100% ރީނދުސްތާނުންނޯ އެރަށުގަ ތިބެނީ. ދެން ކިހިނެއް ގައުމީ ޣައްދާރުގެ ދަށުން ތިބި ބަޔަކު އެ މައްސަލަ ބަލާނީ. ނުވާނެ ތިކަމެއް. އަތޮޅުއޮފީހަށް މަސް ކިރުން ފަދަ ޑިމޮކްރަސީގެ ނަމޫނާއެއް ދައްކާލީނު. އައްސަރިބަހާއި ސާބަހެއްނު.

    6
    1
  4. ދައްޕަރު ފަންކަހަލަ ކަހަށި

    ތީރަށު އޮފިސް ތެރެއައް މަސްއެޅި މީހުންނެއްނުން. ތިރަށުގަ އުޅޭނީ ހަމަ އެއްކަހަލަ ބޯންތަށި