19 ވަނަ ރައްޔިތުންގެ މަޖިލީސް އުވާލުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު މޫސާ އަންވަރު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިސްލާމް ދީނާއި އިސްލާމް ދީނުގެ ދިފާޢުގައި 19 ވަނަ ރައްޔިތުންގެ މަޖިލިސް އުވާލާ އަވަސް މަޖިލިސް އިންތިޚާބެއް ބޭއްވުމަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ސީދާ ބާރެއް ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން އެއްވެސް ފަރާތަކަށް ނުލިބެއެވެ. ނަމަވެސް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކުރި ޙުކުމެއްގައި ބައެއް ހާލަތްތަކުގައި ރައްޔިތުންގެ މަޖިލިސް އުވާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބަޔާން ކޮށްފައިއޮވެއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް ޤާނޫނު ހަދާ މަޖިލިސް އުވާލުމުގެ ބާރު ސަރުކާރަށް ނުވަތަ އެންމެ މަތީ ކޯޓަށް ދީފައި އޮވެއެވެ. ނަމަވެސް ގިނައިން އެފުރުސަތު ދީފައި އޮންނަނީ ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކުގައެވެ.

ރައްޔިތުންގެ މަޖިލިސް އުވާލުމަށް ސުޕްރީމް ކޯޓަށް ހުށަޅަން އާއްމު ފަރާތަކުން ނިންމާފައި ވާއިރު ޖުޑީޝަލް ސާވިސް ކޮމިޝަނަށް އަލަށް އައްޔަން ކުރި މެންބަރުންނާއި އެކު އެކޮމިޝަންގެ ކޮންޓްރޯލް ވަނީ ސަރުކާރަށް ލިބިފައެވެ. ސަރުކާރަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮންޓްރޯލް ލިބިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބުމުންނެވެ.

އެހެންކަމުން ބައެއް ފަރާތަކުން މިހާރު ސިފަކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އެކުވެގެން މިވަނީ ޝަރުޢީ ދާއިރާ އާއި ދެކޮޅަށް "ހަނގުރާމައެއް" ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

62 ކޮމެންޓް

 1. ލަދުކުޑަ

  ސާބަސް ތިޔަކުރެވެނީ އަދި ރައްޔިތުންނަށް ޓަކައި ކަމެއް އިނގޭތޯ ސާބަހޭ ސާބަހޭ

  257
  35
 2. ??

  ޢިޓްސް ވޯރ

  76
  9
 3. ދަތްދޫނި

  ސަހަރޯ! ސްޕްރިމް ކޯޓުގެ އަމަލުތަކުގެ ސަބަބުން އިއްޒަތް ތެރި ރައްޔިތުން މަގުތަކަށް ނުނެރޭނެ ކަމަށް އުއްމީދު ކުރަނމު. އަބަދަކު 12 ފެބްރުއަރީ އެއް ނުގެނެވޭނެ ކަން ހަނދުމަފުލު ބަހައްޓަވާތި!

  54
  151
  • ޮިުޔގފޔ

   ރައްޔިތަކު ވޯޓްލައިގެން ހޮވުނު މަޖްލީހެއްނެތް. އީސީން ލީ ވޯޓެއްލީ. އެހްނވީމަ ރައްޔިތުންގެ ތެރެއިން ގިނަމީހުން މިތިބީ މިގައުމުގެ ގާނޫނުތަށް ނަގަހައްޓަން ތައްޔާރަށް.

   35
   4
  • ދޮންކަލޯ

   އެކަމަކު 7 ފެބުރުވަރީ ގެނެވޭނޭ. ގެންނާނަން. މި ފެށީ.

   31
   5
   • ކަޅުކަލޯ

    7 ފެބުރުވަރީ ގެނަހިއްސިނަމަ، 8 ފެބުރުވަރީ ވެސް ގެންނާނަން.

    4
    3
 4. ނަޑެއްލާ

  ސްޕްރިމް ކޯޓަކަށެއް މަޖުލިހު އެއް އޮވާލުމުގެ ބާރެއް ލިބިދީފައެއް ނުވޭ! ކޮސް ވާހަކަ ނުދައްކާ! މަޖުލިސް އޮވާލުމުގެ ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި.

  66
  145
 5. ޓިނު

  ކުރަން ލަސް ވެއްޖެ ކަމެއް ތިި

  181
  28
 6. ޖަމީލް

  ތިކަންއަވަސްކުރޭ

  175
  23
 7. JEY

  Vara rangalhu nimmume.

  137
  14
 8. ޢަފްލާ

  ސްޕްރީމް ކޯޓަކީ އއންމެ ފަހުބަސް ބުނާތަން އއހއންވީމަ ނިންމިމައް ތަބާވާން ޖެހޭނެ އއހެންނޫނީ ހިޔިވެދާނެ

  118
  12
 9. ކަލޭ

  ރައްޔިތުންގެ ވޯޓުން ހޮވާފައޮތް ރައްޔިތުންގެ މަޖްލިސް އުވާލެވެންޏާ ސުޕްރީމް ކޯޓުވެސް އުވާލެވޭނެ. ސުޕްރީމް ކޯޓަކީ ރައްޔިތުންގެ ރުހުމުން ހޮވާފައޮތް ތަނެއްނޫން.

  49
  130
  • Anonymous

   ރައްޔިތުންގރ ވޯޓުން ހޮވިތަނެއްނޫން މަޖްލީހަކީ އަދި ރައީސުލް ޖުމްހޫރިއްޔާއަކީވެސް. ބާމިއުޑާ ޓްރޭންގަލްގަ އިން އެތި ހޮވީ. ދިވެހި ރައްޔިތުން ނަކީ ގަމާރުންނެއްނޫން. ފެއިލްވެފަ ތިބި އަދި ގައުމާ އުއްމަތުގެ އަދުއްވުން ހޮވާނެތަ؟

   24
   5
   • ާކކ

    ކަލޭމެން ހޭބޯނާޜަ އުޅޭކަށް ނުޖެހޭ ، ތިބުނާ ޕިންކު ސަރުކާރަށް ކަމެއްކޮށްދެވިފަ އޮތީ އަމިއްލަ ޖީބައް ބަރުވާ އުސޫލުން. ޢަދި އެވެސް އެންމެ ފަހުއަހަރުގައި. ޢެެހެންވެ ތަންތަން ނުނިންމާ، މަސައްކަތް ނުނިންމާ ހުލުވަން ޖެހުނީ.

    6
    20
 10. ބޭނުންވިގޮތް

  ތިޔަކަމަށް ފައިނެގުމުގެ ބޭނުމެއް ނެތް މޫސާ.. މީ ރައްޔިތުން ބޭނުންވި ގޮތް. ވީ އެއްޗެއް ވާން ދޫކޮށްލަމާ. ރައްޔިތުން ބޭނުންވީ 3 ބާރު އެއްވެފައިވާ ވެރިކަމެއް. ރައްޔިތުން ބޭނުންވީ އެއް އާއިލާ އަކުން ޤައުމު ހިންގަން. ރައްޔިތުން ބޭނުންވީ މިލިއަނުން ބަޔަކަށް ބަދަލު ދޭން. ރައްޔިތުން ބޭނުންވީ ހިލޭ އެހީން ޤައުމު ހިންގަން. ރައްޔިތުން ބޭނުންވީ އަވަށްޓެރިއެއްގެ އުނގަށް ވެއްޓެން. ރައްޔިތުން ބޭނުންވީ ތަރައްޤީގެ ދުވެލި 100 އަހަރު ފަހަތަށް ޖެހެން. ރައްޔިތުން ބޭނުންވީ ނަމެއްގަ ވެރިއަކު ހުރެފަ އެހެން މީހަކު ޤައުމު ހިންގަން. ރައްޔިތުން ބޭނުންވީ ތަޖުރިބާއެއް ނެތް ބަޔަކަށް ބޮޑެތި މަޤާމުތައް ދޭން. ރައްޔިތުން ބޭނުންވީ ކަރަންޓް ބިލް ބޮޑުވާން. ރައްޔިތުން ބޭނުންވީ ބޭކާރު ކަންކަމުގަ ދައުލަތުގެ ޚަރަދުގަ ބޭރަށް ދަތުރު އަޅަން. ރައްޔިތުން ބޭނުންވީ ބޮޑެތި މުޖުރިމުންނާއި ޤައުމު ދަވާލި މީހުން މިނިވަންކަމާއި އެކު އުޅެން. ރައްޔިތުން ބޭނުންވި ކަން ކަން ބަރާބަރަށް ފުރިހަމައަށް ދަންޏާ މަޖިލިސް އުވާލުމުގެ ބޭނުމެއް ނެތެއްނު މޫސާ. 19 ވަނަ މަޖިލީހުގެ މުއްދަތު އިތުރު ކުރެވޭތޯ ކޯޓަށް ދާން ފެންނަނީ..!

  177
  18
 11. ސާމިޔާ

  މިދާވަރުންދަންޏާ ތިޔަކަންތައްވެސް ކުރަންވީ !!

  122
  9
 12. ރިހާކުރުކުޑޭ

  ތަޅާފޮޅުމަކަށްނުގޮސް ދެކޮޅުވެސްއުވާލަންވީ. އޭރުން ފަހުބަސްބުނާނީ ލަރުބަތުރަންގީރު.. ހެ ހެ

  44
  3
 13. ޒަހީން

  ރާއެްޖެ ހަލަބޮލި ވަނީ ރައްޔިތުންނަށް ސަމާލުވޭ. ޖޭ އެސް އަދި މަޖިލިސްގެ ފައިޓް ކުރިއަށް ދާން ފަށައިފި. އަންނި ކިތައްމެ ވަރަކަށް އުޅުނަސް ނާދެވޭނެ ވެރިކަމަކަށް ނާދެވޭނެ. ވަރަށް ކެރިގެން މިބުނީ އިބޫ އެއް ނަހަދާނެ ދެން އަންނި ބުނާގޮތެއް.

  118
  12
 14. ހުސައިންފުޅު

  ވެރިކަން ވެއްޓެނީ ޔޯ

  99
  18
  • Anonymous

   ނުވައްޓާޗާން އެބައޮތްތަ؟ ގައުމު އިންޑިޔާގެ އާރް ތަކަށް ދެނީ. ބޮޑެތި ވަގުންނާއި މުޖުރިމުން މިގައުމަށް އެތެރެކޮށްލަނީ އިންވެސްޓަރުން ކިޔާފަ. ކަދުރު ވިއްކަން ޖެހުނީ އެއަރޕޯޓް ލިބެންދެންބާ

   14
   1
  • އިބްރާހީމު

   ވެއްޓެނީ ވެއްޓެނީ. މުއްދަތު ހަމަވަނީ. ސްޕްރީމްކޯޓަކާ ނުކުޅެވޭނެ. ބުނެއެއްނު ބޭހާއި ނުކުޅޭށޭ ބަޑި. އެ ގޮތަށް ކޯޓާއި ނުކުޅޭށޭ ގުއި.

   19
   1
 15. ޖުރީ

  2019 އޭޕްރީލަށް ހަވާލުކުރަން ސަރުކާރުން ވައުދުވީ 7000 ފުލެޓް ކޮބާ. 2 މަސްވީ. ކިލިދައްކައިގެން މިތިބެނީ. ފްލެޓް ނުދީ ދާ ދުވަސްތަކަށް ބަދަލުހޯދަން ކޯޓަށް ދާނަން. ވަކި ސަރުކާރެއް އައުމަކީ ރައްޔިތުންނަށްދޭ ޚިދްމަތް މެދުކެނޑޭނެ އުޒުރެއްނޫން. ސަރުކާރުން ޒިންމާ ނަގަންޖެހޭނެ. 7000 މީހުންގެ ދިރިއުޅުމުގެ ހަރަދުގެ ބަދަލަށް ތައްޔާރުވެ... ހަމައެކަނި ދީބާޖާ އަކަށް ނޫން ބަދަލު ދޭން ޖެހޭނީ...

  108
  9
  • މަޖޫރީ

   ވޭތުވެދިޔަ 5 އަހަރު ސަރުކާރުން އައީ ކޮންމެ ދެމަހަކުން 7000 ފުލެޓު އަޅާ ތިޔަހެން ކިހިލިފަތި ދައްކައިގެންތިބޭމީހުންނަށް ފުލެޓުދެމުންނޭތަ ތިކިޔަނީ!
   އަނގަނުގަޅާ ދޭބަލަ ކޮށިތިލައެއްހިފަގެން ކޮންމެ ސާޅީހަކުން އެއްފަހަރު އިދިކޮޅަށް ތި ކިއްޕަތީގަދަމަން.

   3
   9
 16. މީކާއިލް

  ގައުމުގެ ދިފާއުގައި ފުލުހުންނާއި ސިފައިން ނުކުންނަށް ގޮވާލަން. ގައުމު ހަލަބޮލި ކުރުމަށް މަސައްކަތް ކުރަމުން ދާނަމަ އޭގެ ހިތި ނަތިޖާ ފެންނަނީ ރައްޔިތުންނަށް

  82
  11
 17. ވަހުތާނު އަހުމަދު

  ލައްގަޅޭ ލައްގަޅޭ ލައްގަޅޭ ... އެކޮޅުތޯނަގަންވީ މިކޮޅުތޯނަގާނީ ؟ މިސުވާލުގެ ރަނގަޅުޖަވާބުދިމާކުރާމީހަކަށް ބޮޑުފަނޑިޔާރުކަމާއިއެކު ގައުމުގެ ބޮޑުވަޒީރުކަންވެސްލިބޭނެ.. ޖަވާބުފޮނުވާނީ އަންނަ ހޮނިހިރުދުވަހު ފަތިހު 5 ޖެހުމުގެކުރިން.

  47
  1
 18. ޢިޔާބު

  ވ ރަގަޅު. ކޮންމެހެންވެސް ކުރަންެެއެއްޖެ ކަމެއް.

  69
  8
 19. އުވާލަނީއޭ

  އުވާލީޔޯ! ދެން އަލުން އިންތިހާބު ބޭއްވީއްޔޯ. އަނެއްކާވެސް ހަމަ މިމެންބަރުން ހޮވުނިއްޔޯ!!! ދެނޯ؟

  38
  24
  • ޙާލިދު

   ނުވާނެ ތިކަމެއް. ދެން ލާހިކެއް ނޫން ﷲ އިރާދަކުރެއްވިޔާ އެމްޑީޕީއަށް މެޖޯރިޓީ ހޯދާކަށް. ރައްޔިތުންގެ އަނގައިގައި މިހާރު ހިތިރަހަ ލައިފި. ވީއެންމެ އަވަހަކަށް މަޖިލިސް އުވާލަންވީ.

   87
   11
   • ހޯހޯ

    ރައްޔިތުންގެ ކަރުބުޑޭ ނުކިޔާ. ވޭތުވެދިޔަ 5އަހަރު ވަކިމީހެއްގެ ފުންނާބުގަ އަނގަޖަހައިގެން އުޅުނު ހައެއްކަމީހުން ތިއުޅެނީ ކަރުބުޑުގަ މިހާރު ހިތިރަހަލައިގެން ނުނިދިގެން. ރައްޔިތުން ބޭނުންވާގޮތަށް ވެރިޔަކުވެސް އެހެރީ ހޮވާފަ . މަޖިލިސްވެސް ހޮވާފަ. ދެން ލަލަލާ

    3
    20
   • ޒވނއ

    ޤާސިމް އާއި ޔާމީން ގެ އައުވާނުންނަށް ތިހެން ހީވެދާނެ...

    2
    19
  • ހޫދު

   އީސީ އެހެން އޮތިއްޔާ ރައްޔިތަކު ވޯޓް ލިއަސް ނުލިއަސް ތިމަޖްލިސް ހޮވާނެ. އެއީ އޮޓޯއަށް ލާފަހުރި ގްރީޑް މެޝިނެކޭ.

   14
   3
 20. ރާފަޅާ

  ތަންތާ ތިބޭ މޮޔައިން ދައްކާ ވާހަކަވެސް ކަލޭމެން ނޫސްތަކުގަ ޖަހާ ދޯ

  23
  62
 21. އުތުރު

  ތިޔަކަމަށް ތާއީދުކުރަމެވެ ޣައިރުގާނޫނީކަންކަމުގައި
  މަޖިލިސް ބޭނުންކުރެވޭނަމަ މަޖިލިސް އުވާލަން
  ޖެހޭނެއެވެ.

  86
  7
 22. ާައަހުމަދު

  ހަނދާން ނަށްތާލާ ނުވާނެ ތިކަމެއް

  15
  53
 23. ުުޔޭ

  ކޮންމެ ހެން ނުޖެހޭ މަޖިލީސް އުވާކަށް. ސްޕްރިމް ކޯޓު ގައި ތިބޭ މީހުން ވަކިކުރަން ވީ.

  12
  70
 24. ބައްޓޭ ކަރީމް

  މޫސާ އަންވަރަކީ މޮޔައެކެވެ. ގާނޫނު ކިޔަވައިގެން ހުރި ހަމަޖެހޭ މީހުން މިކަހަލަ މޮޔަކަމެއް ނުކުރާނެއެވެ

  13
  66
 25. Anonymous

  ކުރަން ލަސްވެއްޖެ ޖަމެއް ތިއީ. ގައުމު އޮޔާނުދަނީސް މަޖްލޮސް އުވާލާ އީސީގެ ވެރިން ހައްޔަރުކޮށް އަލުން ރައަޔިތުންގެ މަޖްލިސް ހޮވަންޖެހޭނީ.

  15
  1
 26. ކުރަނގި

  އަވަހަށް އުވާލާ އެމްޑީޕީގެ ވައްކަން ފަޅާއަރާ ވަގުވޯޓުހޯދިގޮތް ދާދިއަވަހަށް ރައްޔަތުންނަށް ފަޅާއަރާނެ ސާބަހޭ ސާބަހޭ ގައުމުގެ ޒުވާނާ......

  20
  1
 27. ހހހހ

  އީސީ އާ މަޖްލިސް އުވާލަންވީ. 2 ގަޑިއިރު މީހުން ނެތި ރާއްޖޭގެ 20 ޕަސެންޓް މީހުންގެ ވޯޓް ވަގަށް ކައިގެން ހޮވާފަ އޮތް ވަގު މަޖްލިހެއް ތިއޮތީ.

  17
  1
 28. ޙައުލާ

  މަކަރާ ހީލަތުން ހޮވާފަ ތިބި ބައެއް ހިމެނޭ މަޖްލިހެއް ތިއޮތީ. އެދުވަހު ޓީވީ އެމްގެ ޚަބަރުތަށް ބަލާ ހެކިލިބޭނެ އީސީން އޮޅުވާލިކަމުގެ. ވަގުތުން ދެއްކި ވޯޓް ފޮށިތަކުގެ ކައިރީގަވެސް ކިއުއެއްނެތް. އެކަމަކު 4 ގެ ފަހުން ވޯޓްތައް އަޅާލާ ވޯޓް އޮޅުވާލީ އީސީން.

  19
  2
 29. Anonymous

  ރިޔާސީ އިންތިހާބުވެސް ބާތިލް ކުރެވޭނެ. ވޯޓް ކަރުދާސްތައް ނައްތާލިމައްސަލަވެސް އަވަހަށްލާ. ގައުމު ހަލާކުވުމާއި މިނިވަންކަން ގެއްލުމުގެ ކުރިން ﷲ ތަޢާލާ މިދެއްކެވީ މަގެއް ކަމަށް ބަލާފަ އަވަހަށް މިކަން ނިންމާލަންވީ.

  18
  1
 30. މަޖިލިސް ރައީސް

  ސްޕްރީމްކޯޓް އުވާލުމަށް އެފެން

  5
  11
  • ޑިމޮކްރަޓިސްޓް، ރ.ވާދޫ

   http://majlis.gov.mv

   މަޖިލިސް ރައީސް ފުރަތަމަ މަޖިލީގުގެ ވެބްސައިޓްގަނޑު ކޮޅަށްޖެހޭތޯ ބަލާބަލަ!

 31. ކޖހގ

  މި ނަޝީދު އަދި ބަލާނެ އިސްތިއުފާ ދިން ދުވަހު ޑިއުޓީގަ އުޅުން ހުރިހާ ފުލުހުންނާ ސިފައިންނަކީ ކޮބައިތޯވެސް. އެއެންމެން ދުއްވާލާނެ. މިއޮތީ ދައްޖާލު އަރާފަކަހަލަ.

  21
  2
 32. އަދީބު

  ރައްޔިތުން ބޭނުންވީއިބްސާފެއް ހަމައެއް ލަމައެއްނެތް ޖުދިޝާރީ އިސްލާހުކުރަން ސުޕަރ ސުޕަރ މެޖޯތިޓީއެއް ރައްޔިތުން ދިނީ އެހެންވެ. ފަނޑިޔާރުންވެސް އެކަން ގަބޫލުކުރައްވާ! މިގައުމުގައި އަދުކު އިންސާފު ނުލިބޭކަން ނުދަންނަ ޕަރުވާނާއަކުވެސް ނެތް. ރައްޔިތުން އެގޮތަށް ނިންމީ އަދުލުގެ ނިޒާމު ރަނގަޅުކުރަން ރައީސް އިބޫ ވަޢުދުވީމަ. މަޖްލިހުން އެ އިއްވަނީ ރައްޔިތުންގެ ބަސް.

  1
  14
 33. ޒުހުރާ

  2013 ގެ ރިޔާސީ އިންތިހާބުގައި ނުހޮވުމުން ދިވެހި ރައްޔިތުންގެ ކިބައިން ވެސް ބަދަލުހިފާނެކަމަށް ލަފާކުރެވޭ. މަޖްލިސްގެ ރައީސްގެ ބަދަލު ހިފުމުގެ ރޫހު މިހުރީ އިންތިހާ ދަރަޖައަށް މައްޗަށް.

  17
  2
 34. ޑ

  ތިޔަވާ ޑިމޮކްރެޓިކަކުން ޚަރަދު ބޮޑުވުން ނޫން ދެންކޮންކަމެއް މަޖިލީހަށް ކުރާ ހަރަދުން ރަށްރަށު ފެންބޮޑު ނުވާނެ ގޮތް ހަދަން މާރަގަޅު

  15
 35. ހަމަހަމައެއް ނޫން

  އިސްލާމީ ޝަރީޢާ ކިޔަވައިގެން ތިބި ބަޔަކާއި ދެއުޅިއެއްނުވާ ރުވައިބިޟާއިންނާއި ހަމަހަމައެއް ނޫން.
  ގުންޑާއިން ބޭނުންވާ ގޮތް ނުވިއްޔާ މިފަހަރުވެސް ފުލުހުންގެ މަރުކަޒުތަކާއި ޝަރުޢީ ހުރިހާ ކޯޓެއްގައި ހުޅުޖަހާފާނެ.

  17
  2
 36. ކެޔޮޅު

  ސްޕްރީމްކޯޱުން އެއްމެބޮޑު ހަތަރު މުޖުރިމުން ގާނޫނާ ހިލާފައް ދޫކޮއްލީއިރު އެކަން އޯކޭވީމާ ދެންކޮންކަމެއް ނުކުރެވޭނީ މަޖިލިސް އުވާލެވޭނެ!!

  18
  1
 37. ހިޔާލު

  އައުގާނޫނު އަސާސީގެ ދަށުން މަޖިލިސް އުވާލުމުގެ ބާރު އެއްވެސްފަރާތަކަށް ލިބިދީފައިނުވިނަމަވެސް ގާނޫނު އަސާސީގެބޭރުން ކަންކަން ކުރާނަމަ އެކަމެއް ހުއްޓުވޭނެ ހަމައެއް އޮންނާނެއެވެ. ރައީސްވިއަސް ކޯޓުތަކުގެ ފަޑިޔާރުންކަމަށްވިއަސް ގާނޫނުތަކާއި ދަވްލަތު މަސްލަޙަތު ހިމާޔަތްކުރުމުގައި އުހުމާލެއްވާނަމަ އެކަމެއް ހަމަމަގަށް އެޅުވެންޖެހޭނެއެވެ.މިއިން އެއްވެސް ބާރަކީ އެބާރަކުންބޭނުންހާކަމެއް ކުރުމުގެ ބާރުލިބިދީފައިވާ ބާރެއްނޫންކަން ދަންނަޖެހެއެވެ. ފަޑިޔާރުންގެ އަގުވއްޓާލީ ހަމަފަޑިޔާރުންކަން ގަބޫލުކުރަންޖެހެއެވެ.

  11
  1
 38. ޜަގަޅޭ ބުނީ

  ޜަގަޅު އެއީ ކީއްކުރާ ބައެއް ބޮޑު މުސާރަ ނަގައިގެން އިސްލާމް ދީނާ ފުށު އަރާ ހުރިހާ ޤާނޫނުތަށް ހަދައި އެ ފާސްކުރޭ މާތް ﷲގެ އިލާހީ ޤާނޫނު ގެ ބާރު ކަޑުވައިލާފައި ކީއްމިކުރަނީ. މިްައުމުގައި ދިރި އުޅެންވީ ކުއްވެރިން އެމީހުންް ކަމެއް ކުރިއަސް އެއީ ހުދު ފޮތިކޮޅެ

  14
  1
 39. އަލިފް ހާ

  އަޅެ ކޮބާތަ ތުއްތޮން.. ޙަބަރެއް ނުވެ.. މި ހުރިހާ ކަމެއް ވާއިރު ވެސް..

  11
 40. ޔޫސުފް

  ޤާނޫނު އަސާސީ ގެ ބާރު ކެނޑޭ ގޮތައް ނުވަތަ ދައުލަތުގެ އެއްބާރުން ދެންހުރި ބާރުތަކުގެ އިޚްތިސާސް ގެ ތެރެއަށް ވަދެ އަތްގަދަކޮށް ޒާތީގޮތުބް ހަސަދަ ފިލުވުމަށް މަސައްކަތް ކުރުމަކީ ޤާނޫނު އަސާސީ ގެ ރޫހެއް ނޫން.

  14
 41. ނަމަ

  ސްޕްރީމް ކޯޓުން ވެރިކަން ކުރާ ގޮތައް ނިންމަން ހުށަ އަޅަންވީނު

  9
  4
 42. Anonymous

  ސުޕްރީމް ކޯޓަކީ މިހާރު ގައުމު ފަސާދަ ކުރާ ތަން. މިތަން އުވާލަން މާ ގާތް ކަމަށް ފެނޭ.

  4
  14
 43. ހުސެއިނީ

  ވެއްޓެނީ

  8
  1
 44. Anonymous

  ހަމަ އެއްވެސް ކަމެއް ވެގެނެއްނޫން. ދެންވެސް ބޭނުންވަނީ ވެރިކަން. ޢެހެންވެ ވެރިކަމާ ހެދީ ދެންވެސް ބޭނުންވަނީ ކޮންމެވެސް އެއއޗެކޭ ކިޔައިގެން ކަންތައް ތައް ހަލަބޮލި ކުރަން. ސުޕްރީމް މިހާރުގެ ކޯޓަކީ ހުދު ޖުމްހޫރީ ޕާޓީ ގަނެފަ އޮތް ތަނެއް. ޢެހެންވީމަ ދާނެތާ. އެންމެނަށްވެސް އިނގޭ ކަމެއް ރާއްޖޭގެ ޖުޑީޝަރީ އަކީ ސަދޫމް ޖަސްޓިސް އަށް ވުރެން ނުބައި ތަނެއްކަން. ކޯފާއެއް އަންނަންޏާ އައުން އެންމެ ގާތީ މިތާނގެ ސަދޫމް ޖަސްޓިސްގެ ސަބަބުން. ލާރި ޖެހީމާ ޔާމީންގެ ވެރިކަން ވެސް ވައްޓން އުޅުނީ. ލާރި ޖެހީމަ އަންނިގެ ވެރިކަން ވެސް ވަައްޓަން އުޅެނީ. ރާއްޖޭގެ ފަނޑިޔާރުންނަކީ ވަރަށް ވެސް ނުބައި ބައެއް. މީހުންގެ ހައްގުތަކަށް އަޜައިގަންނަން ފަސްޖެހޭ ބައެއް ނޫން. ތިމީހުންގެ މީކަންތައްތަޢް މައްޗައް ދާތީ ހުރިޙާ ވެސް މައްސަލަ ޢެއް ބޮޑުވެގެން އުޅެނީ މުޅި މިރާއްޖޭގަ ވެސް މިމީހުން ފޫގަޅައިފި. ޙިތާމައަކީ މި ބީތާއިންތައް ދިފާއުކުރަން ރައްޔިތުންނޭ ކިޔާފަ ލޯކަނު ބީތާއިން ތަކެއް އުޅޭކަން.

  6
  3
 45. ްސްސް

  ދައުލަތާ ދެކޮޅައްހިންގޭ ކަންކަމުގަ ހިފާ ހައްޔަރުކޮށް ޓެރެރިޒަމްގެ ދައުވާ ކުރަންޖެހޭ

 46. ޑޮކުޓަރު

  މޫސާ އަންވަރަކީ ބުރޯގެ ޕާޓީ ސޮރެއް ކަން ވަގުތައް އަދިވެސް ސާފު ނުވަނީ؟؟

  1
  1
 47. ހޭލުން

  ރަށްޔިތުންގެ މަޖިލީހަށް މެންބަރުން ރަށްޔިތުން އިންތިޚާބުކުރަނީ ވަރަށްފޮނި އުއްމީދުތަކަކާއެކު
  ރަށްޔިތުންކޮންމެހެންވެސް ބޭނުންވާކަންތައް ކަމާބެހޭފަރާތަށް އިއްވުމަށާ ރަށްޔިތުންގެެ ފަރާތުން
  ވަކާލާތުކުރެއްވުމަށް ނަމަވެސް ފެންނަނީ އެހެންމަންޒަރެއް ގޮނޑިމަށްޗަށް ކޮޅުންއަރާ ބައެއްބޭފުޅުންގެ އަބުރާބެހި ބޭނުންނެތްވާހަކަދައްކަވާ އަޑުގަދަކުރައްވާ ކޯރަމްގެއްލުވާލުމާ ބޭނުންދުވަހަކު މަޖިލީހަށް ހާޒިރުވުން އަދިއެންމެހިތާމައާއެކު ފާހަގަކުރެވޭކަމަކީ އަމިއްއެދުމަށް މަސައްކަތްކުރެއްވުން މިސާލަކަށް ފައިސާގެ ބޮޑުއަދަދަކަށް ޕާޓީ ބަދަލުކުރުން މިހެންވުމުން
  ރަށްޔިތުންގެ މަޤްސަދު ހާސިލްނުވެ ރަށްޔިތުންގެއަޑަށް ފައިންއެެރެނީ އަދި މަޖިލީުހުގެމެޖޯރިޓީ
  އޮންނަގޮތުން ރަށްޔިތުން ބޭނުންވެލައްވާގޮތަށްވުރެ ޕާޓީން ބޭނުންވާގޮތަށް ނިމެންޖެހޭ ވީމާ،
  ރަށްޔިތުންގެ މަޖިލިސްނަމުގައޮތަސް ޕާޓީމަޖިލިސް ސިފަވަނީ މިފަދަމަޖިލީހެއްގެ އެތަށް މެން
  ބަރުންނަށް ސަރުކާރުން ރަށްޔިތުންގެފައިސާއިން ބޮޑުހޭދައެއްކުރުމުގެ ބަދަލު މިފަދަ މަޖިލީހެއް
  އުވާލުމުން ގައުމަށާ، ރަށްޔިުތންނަށް މާބޮޑަށް ފައިދާކުރާނެ މިއީ އަހަރެންގެ ޚިޔާލު މިޚިޔާލު
  ހުށަހެޅީ ދިވެހިރަށްޔިތެއްގެ ހައިސިއްޔަތުން އަދި ފެންނަމަންޒަރުތަކުންނާ ވަމުންދާގޮތުން މިއީ
  ވަކިޕާޓީއެއްދެކެ ނުވަތަ ވަކިބަޔަކުދެކެ ރުޅި އައިސްގެން ހުށަހެޅި ޚިޔާލެއްނޫން މިޚިޔާލުގައި ކުށެއްވާނަމަ މާއާފަށްއެދެން

  2
  1
 48. ޔަގީން

  ފުރަތަމަ އުވާލަން ވި ތިޔަ ބުނާ ސްޕްރިންކޯޓް

 49. ޖަމާލު

  މޫސާއަންވަރު މީހެއްގެ އަތުންލާރިކޮޅެއް ހޯދައިގެން ލަންޑަންގެ ހުރެގެން ދައްކާމޮޔަވާހަކަ.. ހިފާ ހައްޔަރުކުރެންޖެހޭ މޮޔައެއް..