ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފައި ވީނަމަވެސް ޖޭއެސްސީގެ ނިންމުން ދެމި އެބަ އޮތް ކަމަށް އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީއިން މިގޮތައް ނިންމި ބައްދަލުވުން ފެށުމާއި އެކު އެމައްސަލައިގައި ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ މަސްލަހަތު އޮތްކަމަށް ވަނީ ފާސްކޮށްފައެވެ. އެހެންކަމުން އެހާ ހިސާބުން ފަނޑިޔާރު އަރީފް ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

ފަނޑިޔާރު އަރީފް މިރޭ ރައްޔިތުން މަޖިލީހުގެ ޖުޑީޝަލް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖޭއެސްސީގެ ބައްދަލުވުމަށް ހުށަހެޅި މައްސަލަ ޤާނޫނު އަސާސީ އާއި ހިލާފު ކަމަށާއި ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވީ އެހެންވެގެން ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ނިންމި ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 08 މެންބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 07 މެންބަރުންގެ ތެރެއިން 05 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ނިންމުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުން ގަބޫލު ނުކުރަން ވޯޓް ދެއްވި ޖޭއެސްސީގެ މެންބަރުންނަށް ސުޕްރީމް ކޯޓުން "އަދަބެއް ދިނުން" އެކަށީގެންވާ ކަމަށް ވެސް ބައެއް ވަކީލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވެންއިޓް

    ކޮބާ ބޮޑު ހުކުމޭ މެންނޭ ހުންނާނެ މިހާރު ތަމެންނަށް އަލާ ފިލާފައި އިނގޭތޭ ތަމެންގެ ޓާރން އިޒް އޯވަރ އިނގޭތޭ ވެން އިޓް ކަމްސް ޓު ޔޫ ޑޯންޓް ބީ ބްލައިންޑް އޮން އިޓް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޝެއަރ އިޓް ޑާްންސް ޑާންސް ޑާންސް...

    2
    7
  2. ރޭކާލާ

    މިހާރުއޮޅިއްޖެ .. ސުޕްރިމްކޯޓުން ދުވަސްކޮޅެއްކުރިން ނިންމިނިންމުމެއް ގަބޫލުނުކޮށް ފުރާޅުންޓިނުނެގީމާ އެވަރުގެބޮޑުކުށެއް މީހަކަށް ނޫނީ ބަޔަކަށް ނުކުރެވޭނެކަމަށް ވަކާލާތުކުރިބަޔަކު ތިހާދަށުދަރަޖައަކަށް ވެއްޓުނީމާ ބުނެވޭނީ އުނބަށްޖަހަނީއޭނޫންތޯ ..

    25
    1
  3. ރައްޔިތުމީހާ

    ސުޕްރިމް ކޯޓުން ކުރާ ޙުކުމްތަކާއި އަމުރުތަކަށް ތަބާވުމަކީ ހުރިހާ މުއައްސަސާތަކުގެ މައްޗަށް ލާޒިމު ކަމެއް. ޖޭއެސްސީ އިން ވެސް ތަބަޢަވާންޖެހޭނީ. ޖޭއެސްސީގެ ނިންމުން ވާނީ ބާޠިލު އެއްޗަކަށް. ހަކުރާގެޭ މީހުން އުޅޭހެން އަންނިގެ ކުދިންކޮޅު އުޅެނީ

    19
    2
  4. ޖަރާސީމު

    އަނެއްކާބަޣާވާތެކޭކިޔާފަ ސްޓޭޓުއޮފް އެމެޖެންސީ އިއުލާންކޮށްގެން ގާސިމުއާއި މައުމޫނު ޖަލަށްގެންދަންއުޅެނީބާ ؟ ރައްޔިތުން ވަރަށްފުންކޮށްވިސްނާތި ! މިތިބީފާޑެއްގެބައެއް .. ކޮބައިތޯ ގާނޫނު .. ކޮބައިތޯ ފަނޑިޔާރުންގެވެސް ހައްގެއްއޮންނަންވާނެނޫންތޯ ؟

    22
    1
  5. ރާޅު ބޯއީ

    ބަލަ ސްޕްރީމް ކޯޓަށް ވުރެ އެމްޑީޕީ ޖުޑިޝަރީ ކޮމްޕެނީ ބާރުގަދައެއް ނުވާނެ. އެމްޑީޕީ ލާދީނީ ގުންޑާއިންގެ މެޖޯރިޓީ އޮތް ޖޭއެސްސީއަކަށް ސްޕްރީމް ކޯޓަށްވުރެ މައްޗަކަށް ނޭރޭނެ. މި ގައުމުގެ ޖުޑިޝަރީ ނިޒާމް ފުނޑާލުމުގެ ކުރިން ސްޕްރީމް ކޯޓުން 19 ވަނަ ރައްޔިތުންގެ މަޖިލިސް އުވާލަން ޖެހޭ. މިއީ މިހާރު ގިނަ ރައްޔިތުން އެދޭގޮތް.

  6. މޮހަނު

    މިހާރު މިޤައުމުގަ ހުރި މުއައްސަސާ ތަކުގެ ބާރު ނެތިދަނީ މިފަދަ ދަނޑިވަޅެެއްގަ ޤައުމަށް ހެޔޮއެދޭ އެންމެން އެކަތިގަނޑަކަށްވާން އެބަޖެހޭ

  7. ތަރުޖަމާނު

    ރައްޔިތުންގެނިންމުން ވަރަށްސާފު . ރައްޔިތުންމިނިންމީ ޑީޑީގެ ސަސްޕެންއުވިއްޖެކަމަށް .. ދެން ލަ ލަ ލާ.

    1
    1
  8. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ނިންމުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުން ގަބޫލު ނުކުރަން ވޯޓް ދެއްވި ޖޭއެސްސީގެ މެންބަރުންނަށް ސުޕްރީމް ކޯޓުން "އަދަބެއް ދިނުން" ސުޕްރީމް ކޯޓުގެ މައްޗަށް ޤާނޫނު ލާޒިމުކުރެއެވެ. އެހެނީ ދައުލަތެއް ރޫޅައި ސުންނާފަތި ކޮށްލުމަށް ކުރެވޭ ކަންކަމަކީ، ބަލައިގަނެވޭނެ ކަންކަމެއްނޫނެވެ.