ކުރީގެ ނައިބު ރައީސް ރާއްޖެ އިން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ސަރުކާރުން ދެއްވުމުން އޭނާ މިއަދު ހެނދުނު އިންޑިއާ އަށް ފުރައިވަޑައިގެންފިއެވެ.

އަދީބު މިއަދު ރާއްޖެ އިން ބޭރަށް ފުރައިވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމާއި ދައުލަތުގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތްތެރި ވުމުގައި އިސްކޮށް ބައިވެރިވި ކަމަށް ބުނެ ކުރި ޙުކުމްތަކުން ސަލާމަތްވެ ވަޑައިގަތުމަށް ފަހުއެވެ.

ނަމަވެސް އަދިވެސް އަދީބުގެ މައްޗަށް ދައުވާ ކުރާ ބައެއް މައްސަލަތައް ކޯޓުގައި އެބައޮތެވެ.

އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރުގައި އެއްއަހަރު ދުވަހު މަޑުކުރުމުގެ ހުއްދަ ސަރުކާރުން ވަނީ ދެއްވާފައެވެ. ނަމަވެސް ފަރުވާ އަށް މަޑުކުރައްވަން ޖެހިވަޑައިނުގަންނަވާ ނަމަ މި މަހުގެ 26 ގައި އަދީބު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އަދީބާ އެކު ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރުންނާއި ފުލުހަކު ދަތުރުކުރާނެ އެވެ. އަދީބުގެ ދަތުރުގައި ބައިވެރިވާ އަނެއް ދެ ފުލުހުން މިހާރު ތިބީ އިންޑިއާގަ އެވެ.

ނަމަވެސް ދިވެހި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ރާއްޖެ އިން ބޭރުގައި އަދީބު ބެލެހެއްޓުމުގެ ޤާނޫނީ ހައިސިއްޔަތު އޮންނާނެތޯ ބައެއް ޤާނޫނީ ވަކީލުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. ތަޖުރިބާކާރު ގިނަ ވަކީލުން ވިދާޅުވާ ގޮތުގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ރާއްޖެ އިން ބޭރުގައި އަދީބު ބެލެހެއްޓުމުގެ ޤާނޫނީ ބާރެއް ނޯންނާނެއެވެ. އެފަދަ ކަމެއް ކުރަން އުޅެފިނަމަ ދިވެހި ސަރުކާރުން މީހަކު ރަހީނު ކުރުމުގެ ކުށުގައި ބައިވެރިކަން ސާބިތުވާނެ ކަމަށް ވެސް ބައެއް ވަކީލުން ވިދާޅުވެއެވެ.

ފުލުހުންނާއި ހޯމް މިނިސްޓްރީ އަދި ކަރެކްޝަނަލް ސާވިސް އިން ވިދާޅުވާ ގޮތުގައި އަދީބު ފިލުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަޖުލޮސްބެ

    ހަގީގަތެއް އޮޅުވައެއް ނުލެވޭނެ މިހާރު މިއެނބުރޭގޭސްގަޑުގަ ވާނެ ގޮތެއް ނޭންގޭނެ ކުރިޔައް ވާނެގޮތެއް ނޭންގޭނެ އަކަކަވެސް އެކަމަކު މާޒީޔައް ބަލައިފިނަމަ ބުނެވޭނީ މީހަމަސިޔާސީ ސްޓަންއެކޭ އެންމއމްޕޅއާރުގެ މަސްއަލަ ކަފުންކުރެވެނީކަމަށް ގަބޫލް ކުރެވެނީ ދުނިޔޭގަ ތިބިބަޔަކައް ދައްކަވަން ހުރިކަމެއް ދަށްކަވާފައި މަރުގަންނަވާނީ މީފިސާރި ގައުމެއްތާދޯ

    20
  2. ރެކިހުތާ

    އަދީބު ދެން ރާއްޖެއައުމަކީ ނުވަތަ ގެނައުމަކީ ނުވަތަ މިސަރުކާރުން އަދީބު ގެންނަން ބޭނުންވުމަކީ ވުމަށްވުރެން ނުވުންގާތްކަމެއްކަމަށް ދެކެން. ތިހެން ބޭސްފަރުވާއަށް ދިޔައެކަކުވެސް އަދި މިހާތަނަކަށް ސަރުކާރަށް ބޭނުންވެގެން ގެނެވިފައެއްނެތް. މިސާލަކަށް ރައީސް މައުމޫނުގެ ސަރުކާރުން ބޭސްފަރުވާއަށް ފޮނުވި ސަންދާނު ލުތުފީ ގެނެވުނުތޯ؟ 88 ނޮވެމްބަރ 3 ގައި އެތަކެއް ދިވެހި ދަރިން މަރައި އެތަކެއް އާއިލާއެއް ނިކަމެތިކޮށް ގައުމުގެ އަމާންކަން ނަގާލި ގާތިލު ހާޖަރާގެ ލުތުފީ ކޮބައިތޯ މިހާރު. ގައުމުގެ ހަޒާނާއިން ރައްޔިތުންގެ އެތަކެއް ބައިވަރު ފައިސާނަގައިގެން ގޮސް ބޭރުގައުމުތަކުގައު އެއުޅޭ އެކަކުވެސް ގެނެވުނުތޯ. ދެން އަދީބުވެސް ނުގެނެވޭނެ އޭނާއާއި އޭނާގެ އާއިލާ ދިވެހި ރައްޔިތުންގެ ފައިސާއިން އަރާމު ދިރިއުޅުމެއް އުޅެން މިސަރުކާރުން އެއޮތީ މަގު ހުޅުވައިދީފައި. ދެން އަދީބު ނުގެނެވިއްޖެއްޔާމު ހުރިހާ ކަމެއް ޔާމީނު ބޮލުގައި އަޅުފައިފައި ރައްޔިތުންގެ ލޯމައްޗަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި ޔާމީނުގެ މައްޗަށް ޝަރީއަތް ހިންގައި އުމުރުދުވަހަށް ޖަލަށްލީމައި އެއޮތީ މިސަރުކާރަށް އިންސާފު ހޯދައިދެވިފައި.

    31
  3. ހަނދާންވަނީ

    .......... ހާދަ ބައްޔޭދޯ! ސަރުކާރު އެތަށްމިތަނުން ފޫދިޔައީމާ ވާނީ މިހެން! 80 މިލިޔަން ލިބުނީތަ؟ ފިޖުޓިވް! ވައްތަރީ ޑިޕްލޮމަޓަކާ، އަހަރުމެން މިނިވަންމީހުންނަށްވެސް މިވަރުގެ އެސްކޮޓް ޙިދުމަތް ނުދޭތާނގަ، ޖައްސާއުނދަގު މާބޮޑު!

    27
    1
  4. އަފިރިންގެ ޚިޔާލް

    އަދީބަށް، ބާއްޖަވެރި ދަތުރަކާއި ފަރުވާއެއް ދެއްވާށި، ވައްސަލާމް، އަދީބު އެބުރި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނީ މިނުލަފާ ވެރިކަން ބަދަލުވެ އޭގެފަހުން، ދިވެހިރާއްޖޭގެ ނައިބް ރައީސްކަމާއި، ވަޒީރުކަން، އަދި މިހާރު ސިޔާސީ ޕާޓިއެއްގެ ލީޑަރެއް، ބޭރުމީހުން ކުރިމަތީ ތިޔަ ލަދުގައްނުވާލީ، ކުރީގެ.ރ.ނަޝީދު ގެންގުޅުއްވީ ޑިޕްލެމެޓިކް، ޕާސްޕޯޓެއް... އަދީބަކީ މިހާރު އެންމެ 15 ދުވަހުގެ ތާކުން ތާކު ނުޖެހޭ ހުކުމެއް އޮތޭ ބުނާ ބޭފުޅެއް...ނަމަވެސް ރ.ނަޝީދުގެ 13 އަހަރުގެ ހުކުމެއް އޮވެ، އެއިރުގެ ސަރުކާރުން ފުރުވާލީ އިއްޒަތުގަ....
    .................. .............
    ކުރީގެ ނައިބް ރައީސް އަދީބެވެ، މިމީހުން މަނިކްފާނަށް ދެވެންހުރި ހުރިހާ އަދަބެއް ދިނުމަށް ފޫގަޅައިގެން މިއުޅުއްވަނީ އަނިޔާ ކުރަން ނޫން ދެން ކީއްކުރަންތޯއެވެ... 2023 ހުގައި ރާއްޖޭގައި ޤާއިމްވާނީ ރ.ޔާމިން ނުވަތަ ޤާސިމް އިބުރާހިމްގެ ސަރުކާރެކެވެ....

  5. އަޒްގެޑާ

    އަދީބު ނުފިލާނެ.. އެއީ %100 ޔަގީން ކަމެއް.. އަދީބު އަދިވެސް ބޭނުން ވަނީ ހުކުމްް ތަކުން ސަލާމަތްވެ ކްލީން މީހެއްގެ ގޮތުގަ އެނބުރި ސިޔާސީ މައިދާނަށް ނިކުންނަށް. މިހާރު މިއޮތް ސަރުކާރަށް ފިލާގެން އަދިބަށް ވާނެ މޮޅެއް ނެތް... މިހާރު އިދިކޮޅު ފަރާތްތަކުން އަދީބު ބަލައި ނުގަންނާނެ ދުވަހަކުވެސް...

    7
    26
  6. އަލްމަހޫމް ވާންއުޅޭ އަދީބް

    އެންގިދާނެތާ ބަލަންމިތިބީ.

    12
  7. ޢަމްރު މައުރޫފު

    އަދީބު އަނބުރާ ނައިއްސިއްޔާ ހޯމް މިނިސްޓަރު އިސްތިއުފާ ދޭން ގޮވާލަން

    23
  8. Anonymous

    މިއަންހެނާ އެހާބާރަށް ހިފަހައްޓައިގެންހުރީ އަދީބު އަތުގައިއެއްނޫން، ހިފަހަޢްޓައިގެންހުރީ ފައިސާ ފުންޏެއްގައި، އޭނަ އަދީބުއާއި ކައިވެނިކުރީވެސް އަދީބަށް ބިރުދައްކާ ބްލެކްމެއިލް ކޮށްގެން އަމިއްލަ އެދުންބޮޑުވެ ފައިސާއަށް މޮޔަވެގެން

    25
  9. Anonymous

    ސަރިކާރުން ތިޔަފޮނުވީމީހުންގެ ޚަރަދު ހަމަޖައްސަނީ އަދީބުތޯ އިމްރާނުތޯ ދިވެހިސަރުކަރުންތޯ އިންޑިޔާ ސަރިކާރުންތޯ

  10. އަންމި

    ބަލި ސޮރެއް ދޯ

  11. އަބްދުއްލާ

    ސަރުކާރުގެ ހުއްދަ އާއިއެކު އަދީބު ރާއްޖެ އިން ބޭރަށް ފުރައިފި

    އިބްރާހީމް ނާސިރު ފުރުވާލީ ރ މައުމޫނު

    ލުތުފީ ފުރުވާލީ ރ ޖަންޖާބޯ.

    ރ ޖަންޖާބޯ ފުރުވާލީ ރ ޔާމީނު.

    ކީސާ މާސްޓަރ ފުރުވާލީ ރ އިބޫ

    ރައްޔިތުން ބަސްއަހައިގެން ކުޅިބަލަމުން ޖީބުގަ އޮތްލާފޮތިވެސް މިވެރިންނާ ދިމާލަށް އެކަމުން

    މިކިނީ
    ވީތީނިޔަމިން ކާކުއެނާ ފުރުވާލީ އޮ ސަމުގާނެތިއޭގާ.

  12. ޒަމާ

    ތިހުރިހާ ކަމަކަށް މިސަރުކާރު މަގު ފަހިކުރަނީ އެމީހުން އެއްމެ ޖެހިލުންވާ ޔާމީން ޖަލަށް ނުލެވިގެން. އެހެންޏާ އަދީބެކޭވެސް ނުކިޔާނެ. އަދީބަކީ މިސަރުކާރުގެ ހިއްސާދާރެއް.