ސިނގިރޭޓާއި ބުއިން ނުވަތަ ދުންފަތުގެ އިސްތިއުލާމު ކުރުމާއި ދުރަށް ދިއުމަށް ނައިބް ރައީސް ފައިސަލް ނަސީމު ހުރިހާ ޒުވާނުންނަށް ނަސޭހަތްތެރިވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް މިގޮތަށް އެދިވަޑައިގަަތީ ޔޫތު ލީޑަރސް ފޯރަމް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބް ރައީސް ވިދާޅުވީ، ރާއްޖޭގައިި އިޖްތިމާޢީ ގިނަގުނަ މައްސަލަތައް އެބަ ހުރި ކަމަށާއި، މިއީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށެވެ. ދިވެހިރާއްޖޭގެ ޒުވާނުން، ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ވަރަށްގިނަ ޢަދަދެއް، ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރާ ކަމަށެވެ.

ނައިބް ރައީސް ފައިސަލް ވިދާޅުވީ، ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި މުޅިން ދުރުވާން ޖެހޭ ކަމަށާއި، ސިނގިރޭޓްގެ ސަބަބުން ހަމައެކަނި ބަރުވެގެންދަނީ އަތުންނާއި ޖީބަށް ނޫން ކަމަށެވެ. އަދި ޞިއްޙަތަށް ލިބޭ ގެއްލުމަކީ އެއީ މިއަދު އެންމެ ކުޑަކުއްޖާއަށްވެސް އެނގޭ ކަމެއް ކަމަށާއި، އޭގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލު ނުކުރާ ފަރާތްތަކަށް ލިބޭ ގެއްލުމަކީ އެއީ މުޅި ދުނިޔޭގައި، މުޅި ދުނިޔޭގައި އެ ވާހަކަ ދައްކަމުންދާ ކަމެއް ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެކަމަކު މިއަދު ތިޔަ އެންމެހާ ޒުވާނުންނަށް، އަޅުގަނޑު ހަމަ ވަރަށް އުފަލާއެކު، އަޅުގަނޑުގެ އަމިއްލަ ހިތްހަމަޖެހުމާއެކު އަޅުގަނޑު ދަންނަވާލަނީ، ﷲ އިރާދަކުރެއްވީތީ ދުވަހަކުވެސް ދުވަހަކުވެސް ސިނގިރޭޓެއްގެ ވަސްވެސް، ރަހަވެސް އަޅުގަނޑު ބަލައިނުލަމޭ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، އެއީ މިއަދު ޒުވާނުން މުޅިން ދުރަށްދާންޖެހޭ ކަމެއް". ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް ވިދާޅުވީ، މަސައްކަތުގެ ޕްރޮޑަކްޓިވް ވަގުތުތައް ޒުވާނުންނަށް ނަގައިލަމުން ދަނީވެސް މިފަދަ ބޭކާރު ކަންތައްތަކުގައި ކަަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ރާއްޖޭގެ، ބޮޑެތި ރަށްތަކުގައި ހިނގަމުންދާ އެކްސިޑެންޓްތަކަކީީ އިހުމާލުން ނުވަތަ ކޮންމެވެސް މީހެއްގެ ފަރުވާކުޑަކަމުން ދިމާވަމުންދާ ކަންކަން ކަމަށެވެ.

"މިއީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. މިއީ އަޅުގަނޑުމެންގެ ކޮންޓްރޯލްގައި އޮތް ކަމެއް. މި ކަންތައްތަކަކީ މިއީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޒުވާނުން އެކަމަށް ޢަޒުމް ކަނޑައަޅައިފި ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންނަށް ހަމަ ޒީރޯ ގެނެވޭނެ ކަމެއް". ނައިބް ރައީސް ވިދާޅުވިއެވެ.

އަދި ނައިބް ރައީސް ވަނީ މަގުމަތީގައި ދުއްވުމުގައި ސަމާލުވެވަޑައިގަންނަވަން ހުރިހާ ޒުވާނުންނަށް ނަސޭހަތްތެރިވެފައެެވެ.

"އެއްވެސް މައެއްގެ ހިތަކަށް ކެތްކުރެވޭނެ ކަމެއް ނޫނޭ، އެމީހެއްގެ ދަރިޔަކު، އާދެ، މަގުމަތީގައި ހިނގާ ހާދިސާއަކުން ދުނިޔެ ދޫކޮށްލާ ޚަބަރު. އެއީ ފަސޭހަކަމެއް ނޫނޭ. އެއީ ވަރަށް ފުން ހިތާމައެކޭ. މުޅި ޢުމުރަށް، އެ މަޔަކު، ބަފަޔަކު ހިތާމަކޮށް ރޯނެވަރު ކަމެކޭ އެއީ. އެހެންވީމާ، މި ކަންތައްތަކަށް އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ". ނައިބް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޞނ

    މަވެސް ނުބަަލަން ދުވަހަކުވެސް. ބަލަން ޖެހޭ އެއްޗެއް ވެސް ނޫނެއްނު

    27
  2. ޢަލިކޮއި

    ދޮގުވެސް ވަރަށް ހަދާމީހެއްތާ! މީނަ ސަން އައިލެންޑް ރިސޯޓުގައި ސްޕަރތަކުގެ މެނޭޖަރަކަށްހުރި އިރު އުޅުނު މީހެއް މަމީ! ސިގެރޭޓް އިންތިހާއަށް ބުއި! ބަނގުރާ އިންތިހާއަށް ބުއި! ބަނގުރަބޮއިގެން ދެކަމުއެކީ ހަޖަތަށްގޮސްގެން ދުވުނުއިރުވެސް އަތުގައި ސިގިރޭޓް އޮތް! މީނައަށް ނޭގޭ މީނައަށް ހާޖތަށްދެވިފަހުރިކަންވެސް! ރިސޯޓުގެ މުވައްޒަފުންތަކެއް އަލިކޮޔާއެކު ނުކުމެ މީނާގެންގޮސް ފެންވެރުވީ! މިދުވަސް މީނަ މިހާރު ހަނދާންނެތީބާ؟ މިއީ ގާތްގަނޑަކަށް މީގެ 13 އަހަރުކުރީގެކަމެއް!

    9
    3
  3. Anonymous

    ސާބަހޭ ނައިބް ރައީސް

    8
    3
  4. ކުރަފި ސޮރު

    ބޯ މީހުނާއެކު އުޅެންޏާ ބުއިމަށްވުރެ ނުބައި

    10
    2
  5. ބަކުރު

    ޢަލިކޮއި ދޮގު ވާހަކަނުހަދާ! މަށަކީ ސަންއައިލެންޑްގަ މުހައްމަދު ސައީދު މެނޭޖަރ އުޅުނު ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް އަދިވެސް ސަންގަ އުޅޭ ހ.ދ. ހަނިމާދޫ މީހެއް. ދޮގުވާހަކަ ނުދައްކާ! ފައިސަލް ނަސީމް. ތޯހާ ނަސީމް އެކަހަލަ ކަމެއް ނުކުރާނެ.

  6. އައްޑޫ މީހާ

    މީއަޅެ ކީއްކުރަން ހުންނަނީހެއް ހަމަ ހުރެލާފަ، އޭ ކުދިންނޭ ބަސްއަހާތި އަހަރެންނާ ލޯރަތްބެއާ ދިމާވި އެކަމަކު އަހަރެން ބަސްއަހާތީ ލޯރަތްބޭ އަހަރެން ނުކައި ދޫކޮށްލި! އަހަރެންނާ ސަންތި މަރިޔަބު އާއިވެސް ދިމާވި ބަސްއަހާތީ ދޫކޮށްލީ މިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަން ހުންނަ މީހެކޯ ނައިބަކީ، އަޅެ ދިވެހިރާއްޖޭގެ ކީއްކުރަން ހޮވާ ނައިބުރައީސުންނެއް؟ ބަޖެޓުގަ ފައިސާ ގިނަކަމުންތޯ؟ މިއަށްވުރެ މާރަނގަޅުވާނެ ރައީސްގެ ދަށުން މަސައްކަތް ކުރަން އެވެއަރނެސް އެޖެންޓެއް ހަމަޖެއްސުން އޭރުން ދޭތެރެއަކުން ޕޯޑިއަމަކަށް އަރާފަ ފޮޑިއެއް ޖަހާލާފަ ފައިބާނެ މަޖަހާ ފޮޑީގެ ވަސް ނުހުންނާނެއޭ ކަލޭމެން ޖަހާ ފޮޑީގަ ވަސް ހުންނާނެއޭކިޔާފަ! މިއުޅެނީ ދުންފަތާއި މަސްތުވާތެކެތީގެ ހުރި ނުރައްކާތެރިކަން ނޭގިގެނެއްނޫން މާރީތިވާނެ މިގައުމަށް މިއެއްޗެތި އެތެރެވާ ދޮރު ބަންދުކުރިއްޔާ، މިގައުމުގަ އުފައްދާ އެއްޗެއްނޫން މިއިކީ! ނައިބްވެސް ތަންކޮޅެއް ހަރުދަނާވާން އެބަޖެހޭ ހަރުދަނާ ވާހަކަ ދައްކައި ސަރުކާރު ހިންގުން ދޯހަޅިވަންޏާ އެކަން ރަނގަޅު ކުރުވަން މަސައްކަތް ކުރަންއެބަޖެހޭ ކުޑަކުއްޖަކު އުޅޭހެން އުޅެގެން މިކަމެއްވާކަށެއް މިއަދަކުނެތް ، ވީވައުދުތައް ވެސް ދިޔައި ފެނަށޭ ބުނުން އަދުލާޒިމޭ