އިންޑިއާގެ މުޒައްފަރްނަގަރްގައި ބަޑިން ބިރުދައްކައިގެން ކުޑަ ދެކުުއްޖަކު ރޭޕްކޮށްލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާއި އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ ހަތަރު ފިރިހެނުންވެގެންނެވެ.

މިދިޔަ އަންގާރަ ދުވަހު މި ދެ ކުދިން ރޭޕްކޮށްފައި ވަނީ އެ ކުދިން މައިންބަފައިން ހޯދަން ބޭރަށް ނުކުމެ އުލެނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ގުރޫޕުން ފުރަތަމަ އެ ކުދިންނަށް އަނިޔާކުރީއެވެ. އަދި އެ ހަތަރު މީހުން އެ ކުދިންނަށް އިންޒާރުދީފައި ވަނީ އެ ކުދިން އެހީތެރިކަމަށް ގޮވައިފިނަމަ ނުވަތަ ރޮއެފި ނަމަ އެ ކުދިންގެ ގަޔަށް ބަޑިޖަހާނެ ކަމަށް ބުނެއެވެ.

ފުލުހުން ބުނިގޮތުގައި، އެ ކުދިން ރޭޕްކުރި މީހުން މިހާރު ވަނީ ހޯދާފައެވެ. އަދި އެ މީހުންގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވާކަަމަށްވެސް ފުލުހުން ބުންޏެވެ.

އިންޑިއާއަކީ ރޭޕްގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓްކުރަމުން އަންނަ އެއް ގައުމެވެ. އެ ގައުމަކީ ކުޑަކުދިންނާއި އަންހެނުންނަށް ރައްކާތެރިގައުމެއް ނޫނެވެ.