ދިވެހި ޤައުމުގެ މުޅި ދުސްތޫރީ ނިޒާމަކީ ރައްޔިތުންގެ މިލްކެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ، އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައެވެ.

"ދިވެހި ޤައުމުގެ މުޅި ދުސްތޫރީ ނިޒާމަކީ ރައްޔިތުންގެ މިލްކެއް. މޮޑޭ ފުއް ގަނޑެއް ގޮތަށް އެއިރަކު ހުންނަ ބަންޑާރަ ނައިބު އިސްވެ ހުރެ، ކޯޓުތަކަށް ގޮން ޖައްސަވައި، ބޭނުން ގޮތެއް ހައްދަވައިގެން ނުވާނެ." ޖަމީލް ގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވިދާޅުވެފައިވަނީ، ރޫލް އޮލް ލޯ ނެގެހެއްޓުމަށްޓަކައި، މީހާރުގެ އޭޖީ ވެސް ފާޅުގައި އިހުމާލު ވުމަކީ ބޮޑު މައްސަލަ އެއް ކަމަށެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައިވާ އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް ސުޕްރީމް ކޯޓުން އިއްޔެ އަމުރެއް ނެރެފައި ވީނަމަވެސް ޖޭއެސްސީގެ ނިންމުން ދެމި އެބަ އޮތް ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ނިންމި ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 08 މެންބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 07 މެންބަރުންގެ ތެރެއިން 05 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ނިންމުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުން ގަބޫލު ނުކުރަން ވޯޓް ދެއްވި ޖޭއެސްސީގެ މެންބަރުންނަށް ސުޕްރީމް ކޯޓުން "އަދަބެއް ދިނުން" އެކަށީގެންވާ ކަމަށް ވެސް ބައެއް ވަކީލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޜ

    ދުސްތޫރު ނުދަންނަ ބޮޑު ފެއިލިއަރ އެއް ތީ!

    7
    23
  2. ާައަހުމަދު

    ދުސްތޫރުގަ އޮވޭތޯ އިންތިހާބުވިޔަސް ހަވާލުނުކުރާނަން؟

    2
    2
  3. ރައްޔިތުމީހާ

    ދޮގު ހަދާއިގެން މަކަރުހަދައިގެން ޝަރީޢާ ނޭނގި ވަކާލާތުކުރަން އުޅުނު މީހަކަށް އޭޖީކަން ލިބުނީމާ ހީވީ މަވަރެެއްނެތޭ. ރޯނު އެދުރުންނާ ކަންކަން ހަވާލު ކުރީގޮތް ރައްޔިތުން ނަށް ތިފެންނަނީ

  4. ސެލްފީނާ ސޯލިހް

    އެވެރިން ކުރީމަ ކޮންމެ ކަމެއްވެސް އޭރުވީގޯސް،
    މިވެރިން ކުރީމަ ކޮންމެ ކަމެއްވެސް މިހާރު ރަނގަޅު،

  5. އަފްލާ

    ޑރ ޖަމީލަކީ ތަންދޮރު ދަންނަ ދިވެހި ރާއްޖޭގެ ގާނޫނުތައް ރަނގަޅައް ދަންނަ ބޭދުޅުޅެއް އިލްމީގޮތުން ގާބިލު ބޭފުޅެއް އެކަމަކު މިހާރުގެ އޭޖީ އަކީ ލޯކިޔެވިކަމައް ވަކާތު ކޮހގެން އުޅޭ ނުކިޔަވާ ވަގު ފާހެއް ގެންގުޅޭ މީހެކޭ ބުނާ އަޑު އިވޭ

  6. ދެރަމީހާ

    ބޮޑު ފޮނިގަނޑެއް. ވީ.ޕީ އަކަށް ހުރިއިރު ސަރުކާރުގެ ފައިސާއިން އަމިއްލަ އާއިލާއަށް ކޮއްލި ހަރަދު!