ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އަބްދުﷲ ދީދީ އާއި މެދު ކަންތައް ކުރައްވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އިންޒާރު ދޭ އޯޑިއޯއެއް ލީކްވެއްޖެއެވެ.

މި އޯޑިއޯގައި ޖާބިރު ވަނީ ރައީސް ނަޝީދުގެ މައްޗަށް ވަރަށް ގިނަ ތުހުމަތުތަކެއްކޮށްފައެވެ.

މި އޯޑިއޯގައި ޖަބީރު ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު އެމަނިކުފާނުގެ އާރާއި ބާރު ބޭނުންކޮށްގެން ހުވަދު އަތޮޅު ނިލަންދޫ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކޮށްފައިވާ ކަމަށާއި، ދީދީ ކަންތައްކޮށްފައި ވަނީ ރަނގަޅަށް ނޫންކަމުގައި ވެދާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސްއަކަށް ހުންނަވައިގެން ޒާތީ ގޮތުން ކަންތައްތައް ކުރައްވަމުންގެންދަވާ ތުހުމަތު ކުރެވޭ ގޮތަށް އަމަލު ކުރަމުން ދާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ހިނގާކުޑަކޮށް ބައްލަވާލައްވާ ރައީސް. ރާއްޖޭގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެން ފެށީ ހުވަދު އަތޮޅުގައި.ތިނަދޫއިން މީހުން ބޭލި މައްސަލަ އާއި ދައުލަތުން ތިނަދޫއަށް ދިން ގެއްލުމުގެ މައްސަލަ ފުރަތަމަ ރައްޔިތުންގެ މަޖިލީސް އިން ނުބެލޭނެ ގޮތަކަށް ރައްޔިތުންގެ މަޖިލީސް ދެނެއް ކުރިއަކަށް ނުގެންދެވޭނެ. ހިނގާ ރަނގަޅަށް ކުޅެލަމާ ރައީސް ނަޝީދު، ރައީސް ނަޝީދުއަކީވެސް ހަމަ ރައްޔިތުންގެ މަޖިލީހަށް ހޮވިފައި ތި މަގާމަށް އަޅުގަނޑުގެ ތާއިދާއެކު ގެނައި މީހެއް". ލީކްވި އެ އޯޑިއޯގައި ޖާބިރު ވިދާޅުއެވެ.

ޖާބިރު ނަޝީދުއަށް އިންޒާރުދެެއްވާ މޭރުމަކުން ވިދާޅުވީ، "މާ މައްޗަށް ކުޅެންޏާމުން ހުވަދު އަތޮޅު މީހުން..... (ސާފެއް ނުވޭ)

ޖާބިރު ވިދާޅުވީ، ސިޔާސީ ޕާޓިތަކުގެ ވެރިންނާއި، ރައީސް ނަޝީދުއަކީވެސް ރިޝްވަތު ނަގާ މީހެއް ކަމަށް، ނަޝީދުއަށްވެސް އެނގިވަަޑައިގަންނަވާނެ ކަމަށެވެ. އަދި އިތުރަށް އެ އޯޑީއޯގައި ޖާބިރު ވަނީ ފައިސާގެ ގިނަ މުއާމަލާތްތަކުގެ ވާހަކަދައްކާފައެވެ. އަދި ރައީސް ނަޝީދުއަކީ ތިހާ އަމިއްލަ އެދުން ބޮޑު މީހެއްކަމަށް ކުރިން ނޭގޭ ކަމަށްވެސް ޖާބިރު އެ އޯޑިއޯގައި ވިދާޅުވެއެވެ.

ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީސްއިން ފުރަތަމަ ބަލަންވީ ތިނަދޫއަށް ކުރި ގެއްލުމުގެ ކަންކަން ކަމަށެވެ.

އިތުރަށް ޖާބިރު ވިދާޅުވީ، ރައީސް ނަޝީދު ހިތްޕުޅާ ނުވާ މީހަކު ކަނޑާލާ ކަންކަން ކުރަމުން ދާއިރު، ދީދީގެ މައްސަލަ ބަލާ ކަމުގައިވަނީނަމަ ދައުލަތުގެ ވަރަށް ބައިވަރު މީހުންގެ މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ.

"ރައީސް ނަޝީދޫ ދަންނަވަންތޯ ވާހަކައެއް. މަނިކުފާނު ހިތްޕުޅާ ނުވާ މީހަކު ކަނޑާލާ. (ސާފެއް ނޫން) ނިލަންދޫ ދީދީ .. ހިމާރުލް ޤައުމު މިބުނަނީ.. ފުރަތަމަ ކަމަކީ ސިއްކަ އަކީ ވަގެއް. ތިޔަބޭފުޅުންގެ ސަރުކާރުގައި ވައްކަން ކޮށްފައިތިބީ. އަޅުގަނޑު މިދަންނަވަނީ ނޫންތޯ! ރައީސް ނަޝީދު ހިނގާ ތަންކޮޅެއް މައިތިރިކޮށް އޮޕަރޭޓް ކުރަން. ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަކީ މަނިކުފާނުގެ އަޢުލާދު މީހެއް. ތަންކޮޅެއް ރީތިކޮށް ކަންތައް ކުރަމާ ހިނގާ.އަމުރު ވާރުތަ ތިކުރަނީ، އެއްގޮތަކަށްވެސް ތިގޮތަށް ކަންތައްކޮށްގެން ނުވާނެ. ދީދީގެ މައްސަލަ ބަލަންޔާމު، ރައީސް ނަޝީދަށް އެނގޭނެ ބަލަން ޖެހޭ ބައިވަރު މައްސަލަތައް ހުންނާނެކަން ދައުލަތުގަ. ހުވަދު އަތޮޅުގެ މެންބަރެއް ނޫން އަޅުގަނޑަކީ، އަޅުގަނޑަކީ ހުވަދޫ މީހެއްކަން މަނިކުފާނަށް ސާފުވާނެ. " ޖާބިރު ވިދާޅުވެއެވެ.

"ސާފްކޮށް ރައީސް ނަޝީދުއަށް އެނގިވަޑައިގަންނަވާނެ ސާފްކޮށް މިއަދުން ރައީސް ނަޝީދު ކުޅޭ ގޭމްގައި، ރައީސް ނަޝީދު އާއި ރައީސް ނަޝީދުގެ ކޮއްކޯފުޅާއި، ރައީސް ނަޝީދުގެ ފްރެންޑައި... އެ ވިޔަފާރިތައް ދެން ނުހިނގާނެ. ސީދާ އަޅުގަނޑު މި އަންގަނީ ރައީސް ނަޝީދު އަންޑާސްޓޭންޑްވެގެން އޮޕަރޭޓް ކުރައްޗޭ މީގެ ފަހުން". ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އޭނާ ރައީސް ނަޝީދުއަށް ދަރާފައި ނޯންނާނެ ކަމަށެވެ. އަދި ނަޝީދުގެ އެހީތެރިކަމެއް އޭނާ މީގެ ފަހުން ބޭނުން ނުވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ނަޝީދުއަށް އިންޒާރުދީ މިފަދަ ގޮތަކަށް ވާހަކަދައްކާފައިވާއިރު، 2015 ވަނަ އަހަރު ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އޭރު އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމެވި އެ ނިންމެވުމަކީ ސްޕްރީމް ކޯޓު އެއިރު ނަޝީދުއަށް ޙުކުމް އިއްވުމުގައި ދީދީ ބައިވެރިވެ ވަޑައިގެންފައިވާތީ ދިން "ބަދަލު ހިފުމުގެ ހަމަލާއެއް" ގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ދިސްވޭ

    ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ހުރަސް އެޅުން ހުއްޓުވައި ދޭން އެދިއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިރާއްޖޭގެ ޝަރުއީ ދާއިރާ އަކީ އެއީ ކޮރަޕްޝަން ނެތް ދާއިރާ އެއް ކަމަށް ބުނާނީ އެއީ ޖޯކް ވާހަކަ ދައްކާ މީހަކު ބުނާ ޖޯކަކަށް ކަމަށޭ މަމެން ގަބޫލުކުރަނީ މިއަދު ސްޕްރީމް ކޯޓުން ކުރާ ހުކުމް އިން ކުށްވެރިވާ މީހާ މާދަމާ މިނިވަންވެގެން ލޯ ބޮޑު ކަޅު އައިނު އަޅައިގެން އިންޑިއާ އަށް ދެން އިންޑިއާ މަގުން ލަންޑަނަށް ދާ ތަނޭ ފެންނަމުން ދަނީ ދައުލަތުން ވައްކަމޭ ކުރަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެއީ ބީތާވެފައި ތިބޭ ބަޔެކޭ ފައިސާ ފެނިއްޖެނަމަ އެއީއޭ މަމެންނަށް މިދިޔަ 10 އަހަރު ފެނިގެން ދާ އެއްޗަކީ ސްޕްރީމް ކޯޓްއެއީ މިހާރު ހިނގާ ގޮތަށް ހިންގަން ޖެހޭނެ ތަނެއް ނޫނޭ އެތަން ހުރުމަށް ވުރެން ނެތުން ވެސް މާ ބޮޑަށް ރަނގަޅޭ...

    13
    10
  2. ޓިނުބެ

    ޖާބިރޫ! ފުރަތަމަ ތިމާ ދީފަ ހުރި ބައުންސް ޗެކުތަކަށް ލާރި ދީފަ އެހެންކަންކަމާ އުޅުނިއްޔާ މާރަނގަޅުވާނެ.

    50
    42
  3. ކަލޯ

    ކަލޯ ހުވަދު އަތޮޅު މީހުންނޭ ކިޔައިގެން އަނގަ އަރުވަން ކަލޭ ތީ ކާކު؟ މި ސަރުކާރު އައީ އިންސާގު ގާއިމު ކޮށްދޭން. ކޯރޮޕްޓު ރިޝްވަތު ނަގާ ވަގު ފަނޑިޔާރުންގެ މައްސަލަ ބެލޭނެ ބެލެން ޖެހޭނެ. މިކަލޭގެ އަށް މިއޮށް ވާވަރެއް ދޯ. ކަޅޭ ނުންނަން ޖެހޭނީ ތިހެން ފެލި ފެލި.

    46
    67
  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ރައްޔިތުންނަށް އޮޅުވާލަން ނޫޅޭ.. ޖާބިރަކީ ސީދާ ނަޝީދުގެ ފިކުރާ އެޖެންޑާއަށް ތާއީދުކުރާމީހެއް.. މާނަޔަކީ ނަޝީދު ފެކްޝަންގެ މީހެއް..

    62
    17
  5. ސާބަހޭ

    ސާބަހޭ ޖާބިރޫ. ދިވެހިން މިއަދު މިތިބީ އުފަލުން. ޖާބިރުވެސް ޙައްގު ބަސް ބުނަންޖެހޭ ތަނުގަ ބުނާތީވެ.

    69
    29
  6. ރާބޮކި

    އޭނަ ގުނައިން ހުންނަނީ ހަމައިން ކަނޑާފަ ހެންހީވަނީ. ރައްޔިތުންގެ ރައީސް ސޭކުންނާ ޒުވާބު ނުކުރައްޗޭ

    41
    28
  7. ސަޒަން

    މީހަކު ލޭމައްޗައްދާން އެއުޅެނީ..... މީނާއަކީވެސް ރިސްވަތުދީގެން އުޅޭމީހެއްކަން މިކަމުންދޭހަވަނީ! އެންމެންވެސް ދަންނާނެ ފަނޑިޔާރުގެ ޖެހޭކަން ހަމައަކަށް އަޅުވަން .... ލައްކަދުވަހު ބޭނުންގޮތަކަށް ކަންކަންނިއްމައިގެން ނަހަލާލުފައިސާ ކައިފި...... ޔާމީންކަހަލަ އެއްވެސް ތާޢީދެއްނެތް މީހަކު ވެރިކަމަށް ގެނުވީވެސް މިމީހުންގެ ގައިޑްލައިންއެއްގެ ސަބަބުން މުޅިގައުމު ދިރުވައިލިއިރުވެސް ހަމަހެވިފައި ހަވަރައްދޭންވެފައި ތިބިބައެއް ތީ ވަގުތުން މިކޮމެންޓް ނުޖަހާނެކަން ޔަގީންވާތީ ސްކްރީންޝޮޓެއްވެސް ނަގައިފީމު ހަމަގައިމުވެސް އެ ޓްވީޓް ކޮށްލެވޭނެއްނު!

    19
    9
  8. ބްރޯ

    ނަސީދު ކޮބަަ 2008 ގަ ރައީސް ކަމަަހަވާލުވެ ހުރެ ދަވްލަޔަށް އާމްދަނީ އާށް ލިބުނު ޑޮލަރު ބްލެކް ގަ ވިއްކާ ނެނެގެވި ފައިސާތައް

    44
    14
  9. ބޮރޮ

    ނަސީދު ބުނެބަލަ ޑިޒަސް އިން ގެއުނު 60 މިލިއަން ރުފިޔާ ދިނީ ކަންްނެލި ދޯނި ފަހަރުގާ ކުރި ދަތުރު ތަކުގެ އަގަށް ތަ

    48
    11
  10. Anonymous

    ކެކެނީ ހަމަ ކެކެނީ. ކެކިއަރައިގެން ގޮސް ބަންޑުން ވާނެ. ކުދީންނޭ ސަލާމަތުން ތިބޭތި

    58
    7
  11. ޒިޔަ

    ޖާބިރު އެއީ ބޯ މީހެއް

    40
    19
  12. ރައްޔިތުން

    ޖާބިރު އެއީ އަންނި ބުނާ އެއްޗެއް ކިޔަން ހުންނަ މީހެއް

    43
    7
  13. ޔޫ

    ޖާބިރު ގެ ސިކުޑީގައި މައްސަލަ އެބަހުރި އަވަހަށް ޑޮކްރަށް ދައްކަންވީ

    16
    6
  14. ހުސޭނު

    ޖާބިރަކީ ބޯމީހެއްނޫން ތުނި މީހެއް..އެކަމު ރައީސް ނަޝީދު އަކީ އަމިއްލަ އެދުންބޮޑުމީހެއްކަން ނޭނގުނީމަ ވަރަށް ދެރަވެއްޖައިން

    23
    5
  15. ނީމޯ

    ޖާބިރު ބުންޔަސް ތެދެއް ވާނީ ހަމަ ތެދަކަށް. ސާބަސް ޖާބިރު ސާބަސް ޖާބިރު????

    31
    9
  16. Juhaa

    ނަޝީދަކީ ނުބޯ މީހެއްތަ؟ ބޯންވާނެޔޭ ބޮވެންވާނެޔޭ ގޮވީ ކާކުތަ؟ މުލީއާގެއަށް ރާފުޅިތައް ވައްދައިގެން އުޅުނީ ކާކުތަ؟ އެކަންވެސް ކުރީ ކާކުތަ؟

    31
    10
  17. ރަށުމީހާ

    ޖާބިރު ކަލޯ ރައީސް ނަޝީދަކާ ނުކުޅެވޭނެ އެއީ ރައްޔިތުން ލޯބިލިފަހުރި ރައީސެއް

    19
    42
  18. ބުރޯ

    ނަސީދު ކޮބާތަ ކަޒަކިސްތަނަށް ދިވެލި ދޮންވެލި ވަގަށް ވިއްކަ ލިބުނު ފައިސާތައް. ؟ ނަސިދު ކޮބާ ޖީއެމްއާރަށް އެއާޕޯޓް ވިއްކާ ލިބުނު ކަމިސަން ؟

    10
    2
  19. ބުރޯ

    ބަލަގަ ޖެއެސްސިއަކީ ސްޕްރިމް ކޯޓް ދަށުން ހިންގާ ކޮމިސަނެކޭ . ސްޕްރިމް ކޯޓުގެ ނިޔާއަކީ އެންމެ މަތީ ނިޔާއޭ އޮޅިވަޑައިގެން ނޫޅުއްވާ ރައްޔިތުންނޭ ހޭއަރާ .ކެނެރީގެ ނަސިދަކީ ތަނެއްދޮރެއް ދަންނަ މީހެއްނޫން ތިމާ ދުލުން ބޭރުކުރާ އެއްޗެއްނޫންއެއްޗެއްގަބޫލުކުރާ މީހެއްނޫން ގުރްއާން ގަބޫލު ކުރާ މީހެއްނޫން މާތް ﷲ ގެ ރަސުލާ މުހަންމަދުގެ ފާނުގެ ރަސޫލުކަން ގަބޫލުކުރާ މީހެއްނޫން. މިވަރުގެ މީހަކާހެދި މުސްލިމުން މޮޔަވަނި ކީއްވޭ ؟ މިކަލޭގެއަށް ސަޕޯޓް ކުރާމީހާގެ މުސްލިމްކަމަމެދު ވެސް ސުވާލު ނުއުފެދޭތަ ؟

    4
    2
  20. މަޒް

    ޖާބިރޫ.. ހިއްޕަވައިގެން ދޯ

    2
    4
  21. ޑޮކުޓަރު

    ޖާބިރު ނޫނިއްޔާ ކަން އޮތް ގޮތައް ތިލަކޮއް ވިދާޅުވާން ކެރި ވަޑައި ގަންނަވާ ބޭފުޅެއް ނެތް.

    9
    2
  22. ދަވްތޫރް އަބުދުލް އަޒީޒް

    މިގައުމުގެ މަސްއަލަބަލަންޏާ ބަލަން ޖެހޭ ބައިވަރު މަސް އަލަ މިސާލަކައް ކޮބާތޯ އެމްއެސް އެލް ކިޔާ ކުންފުންޏެއްގައި އޮއްކަމަށް ބުނާ 98 އާގްބޯޓް މީދިވެހިރަށްޔތުންގެލޭ ކޮބާތޯ އިންޑިއާމީހުންނަށް ކާބަފައިން ލޭއޮހޮރުވައިގެން އެޅި އެއަރޕޯޓް ކުއްޔައްދިންމަސްއަލަ ރަސްޔަތުންގެ މިލްކިއްޔާތެއް 5 އަހަރު ވެރިކަން ކުރަން ހަވާލް ކުރިޔަކަސް ބޭނުންހާގޮތެއް ހަދާކަށްނުޖެހޭ ކޮބާތޯ އެއްރ މޯލްޑިވްސްގެ މަތިންދާ ބޯޓްތައް މިހެން ކިޔަންޏާ ޖާބިރު ބުންޏަކަސް އިރު އަރަންދެން ކިޔިދާނެ