ރ މަޑުއްވަރީގައި ޤާއިމް ކުރާ ސާފު ބޯފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ޙަސަން ވަނީ އެ މަޝްރޫއުގެ މަސައްކަތް ފައްޓަވާދެއްވާފައެވެ.

ދިވެހި ސަރުކާރުން 30.5 މިލިޔަން ދިވެހި ރުފިޔާއަށް ހަރަދުކޮށްގެން ހިންގުމަށް ނިންމާފައިވާ މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ ވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑާއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަސް ތެރޭގައި ނިންމާލާގޮތަށެވެ.

އެންވެރޮމެންޓް މިނިސްޓްރީން ބުނީ، މި މަޝްރޫޢުގެ ދަށުން ރ.މަޑުއްވަރީ ބޯ ހޯލް ތޮރުފުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ފެންމީޓަރު ބަހައްޓައި ގުޅައިދެވޭނެ ކަމަށެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން އިތުރު ތިން ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދެވޭނެއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ޤާއިމްކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެމަށް އެ މިިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މިރަސްމިއްޔާތުގައި ޔޫއެންޑީޕީގެ އޭޝިއާ ޕެސިފިކްގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އެންޑް ރީޖަނަލް ޑައިރެކްޓަރާއި، މި ޕްރޮޖްޓް ހިންގުމަށް ހިލޭ އެހީ ދީފައިވާ، ގްރީން ކުލައިމެޓް ފަންޑުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަދުރޭ

    ޖަޒީރާ ކަކުނިތައް ވަގަށްގޮވާ މީހާ ސޮއެ ކޮށްފަ އޮތް ޕްރޮޖެކްޓެއް. މިކަހަލަ ވަގެއް ނޫންތަ މި ޤަވުމުގެ ރައީސް އަކަށް ގެންނަންވީ .. ސޯލިހު އެ ހުންނަވަނީ ގަނޑުފިއްލާ ޔާ އަކުން ބަކުން ކުޅެ ކުޅެ . 8 މަސްދުވަސް ފާއިތުވެގެން ހިނގައްޖެ . ވީ ކަމެއް ޙަރާން

    16
    1
  2. ޖަމީލާ

    މި ވަގުސަރުކާރުން ފަންޑުހޯދައިގެން އަލަށް ފެށި އެއްވެސް މަޝްރޫޢެއްނެތްއިރު ރައީސް ޔާމީންގެ ޒަޢާމަތުގައި ފަންޑުހޯދާ ފަށާ ނުވަތަ ފަށަން ތައްޔާރުވެފައިހުރި މަޝްރޫޢުތައް ވަގުސަރުކާރުއައިސް ހުއްޓުވާ ދުވަސްކޮޅަކުން އަލުން ހަމަ އެ މަޝްރޫޢުތައް ފަށާފަ މީ ވަގު ސަރުކަރުން ފަށާމަޝްރޫޢެކޭ ހޫދުނުކުމެ ބުންޏަސް ދިވެހިންނަށް އޮޅުވައެއްނުލެވޭނެ! ރައީސް ޔަމީންގެ ޒަޢާމަތު އޮތްނަމަ މިހާރު މި މަޝްރޫޢު އޮތީހީ ނިމިފަ!

    14
    1