މިއަދު ހެނދުނު އައިޖީއެމްއެޗްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުން ހަދަން ޖެހޭ ސީޓީ ސްކޭންތައް ހެދުން ވަގުތީ ގޮތުން ހުޅުމާލޭ ގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޔޫޕޫއެސް ސިސްޓަމްގެ ބެޓަރީ ބޭންކަށް ލިބުނު ގެއްލުމުގެ ސަބަބުން ސިޓީ ސްކޭނަށް ކަރަންޓް ލިބެމުން ނުދާ ކަމަށާއި މިހާރު ސިޓީ ސްކޭނަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެ ހޮސްޓަލުން ހަދަން ޖެހޭ އެމަޖެންސީ ސީޓީ ސްކޭންތަށް ހެދުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ސީޓީ ސްކޭންތަށް ހެދުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ފޮނުވާ ބަލި މީހުންގެ އެންމެހާ ކަންކަން ހަމަ ޖެއްސުމަށް، އާސަންދައާއި އައިޖީއެމްއެޗަށް ވަނީ އެއްބަސްވުމަކަށް އާދެވިފައި ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިއަދު ހެނދުނު އަލިފާނުގެ ހާދިސާ ހިނގީ ސީޓީ ސްކޭން މެޝިނަކަށާއި އައިޓީގެ ބައެއް މެޝިނަރީތަކުގެ ބެކްއަޕް ކަރަންޓް ދިނުމަށް އައިޖީއެމްއެޗްގެ ބޭސްމަންޓުގައި ގާއިމްކޮށްފައިވާ ޔޫޕީއެސް ސިސްޓަމްގެ ބެޓެރީ ބޭންކްގައެވެ. އަލިފާނުގެ ހާދިސާގައި، އެމެޖެންސީ އާއި ޔެލޯ ޒޯނާއި ގްރީން ޒޯންގެ އިތުރުން އޮޕަރޭޝަން ތިއޭޓަ ކޮމްޕްލެކްސް އަށް ދުމުގެ އަސަރުކުރި އެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެތަންތަނުގައި ތިބި ބަލި މީހުން ރައްކާތެރި ތަންތަނަށް ބަދަލު ކުރިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް މެދު ނުކެނޑި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ މީހާ

    ތީ އެމް.ޑީ.ޕީ ވެރިކަން ކުރަންޏާ ވާނެވަރު މީގެ ކުރިންވެސް ތިކަން ތަޖުރިބާ ކޮަށްފަ ރައްޔިތުންތިބީ ރައްޔިތުން އަމިއްލައަށް ދެކެން ބޭބުންވި ދުވަސް މިފެންނަނީ ތިޔަކަމަކީ އެހެން ބަޔަކު ވެރިކަމުގަ ތިބެގެން ވީކަމެއްނަމަ މިހާރު މާލޭގެ މަގުމަތިން ރީދޫ ކުލައިގެ ޖަގިޔާ ފެންނާނެ ބޮލުރޮދި ކެންޑިގެން އުޅޭތަން ކީއްވެެން މިހާރު މަޑުން ތިބެނީ ބަލަ މިކަމުންވެސް ފިލާވަޅެއް ލިބެން އެބަޖެހޭ

    11
  2. ސަޅިބައިސާ.

    ތިޔަ ބަންދޭ ހަވާލުވެއްޖެ ތަނެއްގެ ހާލަތު ދަނީ ޖީއެމްއާރު ސިސްޓަމައް... އަވަހައް ހޮސްޕިޓަލް ޖީއެމްއާރައް ވިއްކާލާ. ބުދުފައްޅި އަޅަން މޯދީ އައް ހުޅުމާލެއިން ބިންވިއްކާލި ހެން..