އައްޑޫގެ ތަރައްޤީގެ ޕްލޭންގައިވާ ތައުލީމީ ސިޔާސަތު ހާސިލްކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން އައްޑޫގައި މަތީ ތައުލީމު ދިނުމަށް އިންސްޓިޓިއުޝަން ގާއިމުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ބިން ކައުންސިލުން ހަމަޖައްސައިދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ ޖޫން 17 އިން 23 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) އެވެ. ބިޑް ބަލައިގަތުން އޮންނާނީ ޖޫން 30 ވަނަ ދުވަހު މެންދުރު 11 ޖަހާއިރު ކައުންސިލްގެ އިދާރާގައި ކަަމަށް އިއުލާނުގައި ވެއެވެ.

ބިން ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މި މަސައްކަތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 5 ހާސް އަކަފުޓްގެ ދެ ބިން (ޕްލޮޓް1)، 10 ހާސް އަކަފޫޓްގެ އެއް ބިން (ޕްލޮޓް 2) އަދި 25 ހާސް އަކަފޫޓްގެ އެއް ބިމެވެ. (ޕްލޮޓް 3) އެވެ.

ކިޔުންތެރިންގެ ހިޔާލު