ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ސިޔާސީ މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މުސާރަ އާއި އެކު ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ހަމަސް ދުވަސް ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.

ސިޔާސީ މުވައްޒަފުންނަށް ވެސް މުސާރަ އާއި އެކު ވިހެއުމުގެ ޗުއްޓީ ދޭން ނިންމައިފައި ވާއިރު ސިޔާސީ މަގާމުތައް އަދާކުރާ މުވައްޒަފުންނަކީ އެންމެ ބޮޑު މުސާރައެއް ލިބޭ މުވައްޒަފުންނެވެ.

މިސަރުކާރުގައި މިނިސްޓަރުންގެ ނައިބުންނާއި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 100 އަށް ވުރެ ގިނަ މުވައްޒަފުން ތިބެއެވެ. މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު މިނިސްޓަރުންގެ ނައިބުންނަށް 35500ރ. ލިބިވަޑައިގަންނަވާނެއެވެ. ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32000ރ. ލިބިވަޑައިގަންނަވާނެއެވެ.

ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަން ކުރެވޭ މުވައްޒަފުންނަށް މުސާރަ އާއި އެކު ވިހެއުމުގެ ޗުއްޓީ ދެވޭ ގޮތައް "ސިޔާސީ މުވައްޒަފުންގެގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އިސްލާހުކޮށް ބުރާސްފަތި ދުވަހު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރައްވާފައެވެ.

އެއުސޫލު ބުނާ ގޮތުގައި މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް، އެސެޓްފިކެޓުގައި ބުނާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން ހަމަ މުސާރައާއެކު ދެވޭނެއެވެ.

މުވައްޒަފު ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް ނުކުންނަން ޢުޒުރުވެރި ވާނަމަ، ވިހާނެ ކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް ވިހެއުމާއިގުޅިގެންދޭ ޗުއްޓީ، 6 މަސް ދުވަހުން ނުކެނޑޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް މުވައްޒަފަށް ދެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

އެހެންކަމުން މުސާރަ އާއި އެކު ޖުމްލަ ހަތް މަސް ދުވަހުގެ ޗުއްޓީއެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ޞިއްޙީ ޙާލަތު ތަންނުދޭކަމަށް ބަޔާން ކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅައިފިނަމަ، ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމަނައިގެން 28 ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް ވެސް ނެގުމުގެ ފުރުސަތު މިއުސޫލުގެ ދަށުން ލިބެއެވެ.

ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން މުސާރަލިބޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުސާރަލިބޭ ޗުއްޓީއެއް ދެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން މުސާރަ ލިބޭގޮތަށް ވަޒީފާއާ ބެހޭ ޤާނޫނުގެ 48 ވަނަ މާއްދާގައިވާ ގޮތުގެމަތީން ބަންދު ދުވަސްތައް ހިމަނައިގެން 3 ދުވަހުގެ ޗުއްޓީއެއް ދެވޭނެ ކަމަށާއި އަދި ދަރިފުޅަށް 7 މަސް ދުވަސްވުމާ ދެމެދު، 27 ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން އެކީ އެއްފަހަރާ ލިބިދޭ ގޮތަށް ޗުއްޓީ ދެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ސިވިލް ސާވިސް މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ވިހެއުމާއި ގުޅިގެން ހަމަސް ދުވަހުގެ ޗުއްޓީއެއް މިހާރު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހެހެހެ

    100 ދުވަސް ގުނާގޮތަށް ގުނާނަމަ އޭރުން ދުވަހަކުވެސް ޗުއްޓީ ހަމައެއް ނުވާނެ.

    25
    1
  2. މޯޑް

    ހެޔޮނުވާނެ ..... ތީ ތަންފުކެއް ބޮޑުވަރު!! ދެން ހަމަ ވިހައިގެން ގަދަވާރަށް އަނެއްކާވެސް ބަލިވެ އިނީމައި ނިމުނީނުން.! އޭރުން އަހަރު ދެއަހަރު ، ކީކުރަން އެތަށް އެތަށް އަހަރެއް ވަންދެން ވަޒީފާގައި އުޅެ ވަޒީފާއަށް ނުކުންނަން ނުޖެހި ދެމަފިރީންނަށް ބަރާބަރަށް މުސާރަ ލިބިލިބި ހުންނާނެ. ދުވަސް ކޮޅަކުން ދައުލަތުގެ މުައައްސަސާތަކާއި ސަރުކާރުގެ އޮފީސްތަށް އިސާހިތަކުން ފަޅުވެދާނެ. ތިދާވަރުން ދަންޏާ މި ވެރިކަމުގެ ފަސް އަހަރު ނިމޭރު ދައުލަތުގެ ތިން ބާރުގައި ވަޒީފާ އަދާކުރަން ދާނެ މުވައްޒަފުން ހުސްވެ ، ދައުލަތާއި ސަރުކާރުގެ މުވަށްޒަފުން އުޅޭނީ ދަރިން ހޯދުމުގައި އަވަދި ނެތި .... އަދި ނެޕީ ބަދަލު ކޮށްފައި ދެން އެހެން ކަމެއް ކުރާނެ ވަގުތެއް ނުލިބިގެން އުޅެން ޖެހިފައި އޮންނާނީ!! ދުވަސް ކޮޅަކުން ދުނިޔޭގެ ޚަބަރު ތަކުގެ ފަލަ ސުރުޚީއަށް ތިކަން އަރައި ދައުލަތާއި ސަރުކާރުގެ މުވަށްޒަފުން ވަޒީފާ އަދާކުރަން އޮފީހަށް ނުގޮސް މުސާރަ ލިބޭ ހަމައެކަނި ޤައުމަށް ވެ ދުނިޔޭގެ ރެކޯޑް ފޮތުން ދާއިމީ ރަން ވަނައެއް އިސާހިތަކު ލިބިދާނެ. އޭރުން މި ފަސްއަހަރުގެ ވާހަކަ ދުނިޔޭގެ އެންމެންވެސް ދަށްކާނެ. އެމެރިކާ އާއި ދުނިޔޭގެ ބޮޑެތި ބާރުތަށް ހުވަނދަކަށްވެސް ނުވާނެ އޭރުން. ވަރަށް އޮބި. އަދި ވަރަށް ސަލާމް.

    34
    2
  3. މޫސަ

    އިބޫއަކީ ދައުލަތެއް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ތައުލީމެއް ޤާބިލުކަމެއް ހުރި މީހެއްނޫން. މީނައަކަށް ނޭންގެ އެހެން ހެދީމާ ޑަބަލްކޮށް ވަޒީފާތަކަށް މީހުން ނަގަން ޖެހޭ ކަމެއް. ދައުލަތުގެ ޚަރަދު އެތައް ގުނައެއް ބޮޑުވެގެން ދާނެކަމެއް. މާދަމާ މިނިސްޓްރީ ތަކުން ގުޅާފަ ބުނާނެ ވަޒީފާތަކަށް މީހުން ނުނަގަން. ތިބި މީނުންވެސް ކަނޑާލަން. މިކަހަލަ ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ގެއްލުންވަނީ ނިކަމެތި ރައްޔިތުންނަށް.

    17
  4. ޓޮޓީ

    މިސަރުކާރު ގާއިމުވީއްސުރެ ސަރުކާރުން ކުރަމުންދާ އެއްވެސް ބޭނުމެއްނެތް ފައިސާގެ ބޮޑެތި އިސްރާފު ތަކުގެ ސަބަބުން މިސަރުކާރަށް ދިވެހިރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ކަންތައްތަކެއް ކޮށްދެވިދާނެކަމާމެދު މިހާރު އެއްވެސް ޔަގީންކަމެއްނެތް. ވީމާ އަވަސްގޮތަކުން ޞޯލިޙު އިސްތިޢުފާދީ އެމްޑީޕީވެސް ސިޔާސީ ކަންތައްތަކުން ދުރަށް ދިޔުމަށް ގޮވާލަން. ތިޔަހުންނަނީ ކަލޭމެންނަށް ވެވޭނެ ކަންތައްތަކެއް ނޫން. އެމްޑީޕީގެ ވެރިކަމުގައި މިގައުމު ގިނަ ދުވަހު އޮންނަންވެއްޖެނަމަ ލަސްތަކެއްނުވެ މިގައުމު ބަނގުރޫޓުވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް.

    17
  5. ނުރަބޯ

    ގައުމު ފުނޑެނީ.

    14
  6. އަހުމަދު

    ދައުލަތުގެ މުޅި ބަޖެޓު ތިޔަ ހުސްކޮށްލަނީ ބޮޑުންގެ ޖީބަށް. ނިކަމެތިން ތަންތަނަށް ބޮޑު ކުލި ދައްކައިގެން، އަނެއްބަޔަކު ހަފްތާއެއް ތެރޭ ހުސްވާވަރުގެ ކުޑަ މުސާރައްގަ!

    15
  7. ފަތުހީ

    ޓްރާންސްޕޯޓް މިނިސްޓްރީ ބޮޑު މީހާ އަށްވެސް ލިބޭނެ ދޯ. ތިކަމާ އުޅެންވީ ތާ.

    14
  8. ސަންތި

    ތިޔައީ، ހަމަ ބޭކާރު ގޮތުގައި ރައްޔިތުންގެ ފައިސާ ތަޅާ ބުރުވުން. ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަނީއޭ ބުނެ، އައި ސަރުކާރުގެ މުޑުދާރުކަން ބައްލަވާ!

    18
  9. Anonymous

    ތިޔަށްވުރެ މާ ރީއްޗެއްނު އަންހެނުން ތުއިވާން މަސައްކަތުގެ ބާޒާރަށް ނުނެރުނިއްޔާ! ކިހާބޮޑު ގެއްލުމެއް ވާނެ ކުންފުނިތަކަށް

  10. Anonymous

    މީހުން ނަގާއިރު ފިރިހެނުންނަށް އިސްކަންދީ ހެޔޮނުވާނެ

  11. ޢަފްލާ

    މަނިކުފާނު ހެވިފަ އުޅުނަސް މިގައުމު މިދަނީ ވ ނުބައި އޮއިވަރަކާ ދިމާލައް ތިމާ ވެރިކަމުގަ ހުރެ އއހެންމީހަކު ލައްވާ ވެރިކަން ފުއްގަނޑެއްހެން މޮޑެން އުޅުމަކީ ކޮށި ދަނޑު ގެއްލި މަރިޔަނބު ގެއްލި ކަތިވަޅި ގެއްލި ދ ަނެ ކަމެއް

  12. ހުސްބުޅި

    ސަބްރާ ބަނޑުބޮޑު

  13. Anonymous

    ތިޔަރައީސް ތިއުޅުއްވަނީ އަބަދުވެސް ވިހައިގެންތޯ؟ ޙަބަރެއް ދަބަރެއްނުވޭ މިހާރަކު، ސްޕޯކްސް ޕާރސަން ހުރެގެން އެހަރަ ހަލާކުވަނިީ ނުކުޅެދޭ ސަރުކާރު ދިފާއުކުރުމުގަ.

  14. ޢަލީކޮއި

    ވިހާދަރިފުޅަށް 18 އަހަރު ފުރެންދެން ޗުއްޓީ ދޭންވީނު. ތީ ނުކުރެވިފަ އޮތް ކަމަކީ. ތަރައްގީއަށޭ ކިޔާފަ މިސަރުކާރުން އަދި މިވީހާތަނަށް ގާބުރިއެއްހާ ހިސާބުވެސް ބޭއްވީކީނޫން. މީތަ ތިކިޔާ އެޖެންޑާ19 އަކީ.