މާލޭގެ މަގުތައް ހެދުމަށް ލިބޭ ފުރަތަމަ ފުރުޞަތުގައި އެންމެ ފުރަތަމަވެސް ހައްލުކުރުމަށް މަސައްކަތްކުރާނީ މަގުތަކުގައި އަޅާފައިވާ ޑީ-ވޯޓަރިން ހޮޅިތަކުގެ މައްސަލަކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ ވިދާޅުވީ، މާލޭގެ މަގުތައް ހަދަންލިބޭ އެންމެ ފުރަތަމަ ފުރުޞަތުގައިވެސް މި ހޮޅިތަކުގެ މައްސަލައަށް ހައްލެއް ގެނެއުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މަސައްކަތް ނިންމުމަށްފަހު ނުނަގާ ހުރި ޑީ-ވޯޓަރިން ހޮޅިތަކާއި، ކޮންސްޓްރަކްޝަން ކުންފުނީގެ ނަމާއި މަޢުލޫމާތު ނުޖަހާހުރި ހޮޅިތައް ނެގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާކަމަށްވެސް ސިފާ ވިދާޅުވިއެވެ.

ނަމަވެސް އެމަސައްކަތް ކުރާނީ ކޮން އިރަކުން ކަމެއް ވިދާޅެއް ނުވެއެވެ.

މިދިޔަ މާޗް މަހު ސިޓީ ކައުންސިލުން ވަނީ މާލޭ މަގުތަކުގައި ހުރި ހޮޅިތައް ނަގަން ފެށިކަން އިއުލާން ކޮށްފައެވެ. ނަމަވެސް މާލޭގެ މަގުތަކުން ހޮޅިތައް އެއްވެސް ވަރަކަށް މަދުވިކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކުން އިމާރާތްތަކުގެ ފައުންޑޭޝަން އަޅަން ކޮނުމަށް ފަހު މޫދަށް ފެން ބޭރުކުރަން ބޭނުންކުރާ ހޮޅިތައް އާއްމު އުނދަގުލަކަށް ވެފައި ހުންނަތާ މިހާރު އެތައް ދުވަހެއްވެއްޖެއެވެ. މަގުތަކުގެ ދުވާރުތަކާއި ޕާކިން ޒޯންތަކުން ހޮޅިތަކަށް ބޮޑު ޖާގައެއް ނަގާތީ މިދިޔަ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

ނަމަވެސް އާ ސަރުކާރަށް ހަތް މަސް ދުވަސް ވެގެން ދިޔައިރު ވެސް އެމައްސަލަ އަށް ހައްލެއް ހޯދިފައެއް ނުވެއެވެ.

އިމާރާތްކުރަން ފެން ބޭރުކުރާ ހޮޅިތައް މަގުމަތީގައި އަޅަން ފެށީ އެމްޑަބްލިޔުއެސްސީގެ ނިޒާމަށް ބާރު ބޮޑުވެ މައްސަލަތައް ދިމާވާތީ އެ ކުންފުނީގެ ނެޓްވޯކު ތެރެއިން އެކަން ކޮށްދިނުން ހުއްޓާލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކުރޭ

    އެއްކަމެއްވެސް ހައްލެއްނުވާނެ މަގުމަތީ ހަޅޭއްލަވަން މޮޅުވާނެ

    55
    1
  2. ޅަބޭ

    އޭ ސިފާ. ކަލޭ ފުރަތަމަ ކަލޭގެ އަނގައިގެ މައްސަލަ ހައްލުކުރޭ. ކަނޑާ ބައިސާއިން ބޮލާ ނޮހޮރޮއްޕާން. އެނދުމަތީ އޮވެގެން ޓުވީޓުން ސިޓީ ކައުންސިލު ހިންގަނީ..

    48
  3. އަހްމަދު

    މިހާރު މަގުތަކުގައި ތާރުއަޅަ ނިނުނީތޯ؟ ހާދަފާސްޓޭ.

    23
  4. މަލިކުބޭ

    ތިމާވެށި ސަލާމަތް ކުރާވާހަކަ ޕޯޑިއަމްތަކުގައި ދައްކަވާފައި އަމަލު އެއާ ދިމާ އިދިކޮޅު މާލޭގެ ބިމުގެފެން 24ގަޑިއިރު ޕަންޕްކޮއް ބޭރުކޮއްލައްވަނީ ޕޯޑިއަމްތަކުގައި ތިމާވެށީގެ ވާހަކަގައުމާގެން ރަށްޔަތުންނާއިގެން ހަލާކްވަނިއްޔޯ އެކަމަކު އަމަލުކުމުންދަނީ ރާވައިގެން ވޯތަރ ސަޕުލައިގެ ފެންވިންކަން ވޯޓުހޯދަންވީމަ ރަށްޔަތުން ލޯބިވެގެން ވޯޓް ހަމަލިބޭއިރަށް ކަރައް ފައިން ލަދުވެތިކަމެއްނެއް ބަޔަކު ކޮންމެ ފަދަކަމެއްވެސް ކޮއްފާނެ މިޔޮތީ ރައްޔަތުން ތަކެއްލިބިފައި ހަދާނެ އެއްޗެއްހަދަން ސަހަރޯ މިޔޮއްގައުމެއް މިއަނިޔާވެރިންގެ ކިބައިން ސަލާމަތް ކޮއްދެއްވާ ފާންދޭވެ އާމީން

    10
  5. ދ

    ހުސް ވާހަކަ.. އަމަލެއް ނެތް

    13
  6. އިބްރާހިމް

    ރައީސް ޔާމީނުގެބާރު ސަރުކާރުގައާއި ކައުންސިލުގައި ގަދަކަމުން އެއްކަމެއްވެސް ނުހިނގައިގެން ތިއައުޅުއްވަނީ ދޮގެއްތޯ؟

    10
    • ކޮމެންޓްކުރާމީހާ

      ކަލޭމެންނަށް ކޮންކަމެއް ކުރެވެނީ.... އާޓިފިޝަލް ބީޗް ހާވާލާފައި އޮންނަތާ މިހާރުކިހާ ދުވަހެއްވެއްޖެ..އެންމެ ފުރަތަމަ އުޅުނީ މުލަ ރޯދަ ދުވަހަށް ނިންމަން..
      ދެން ބުނީ ފިތުރު ޢީދަށް ނިންމާނެކަމަށްވަނީ....އަދި އަދަށްދާންދެންވެސް އެތަން އެއޮތީ ނުނިމި....ދެން ކޮންވާހަކައެއް ދައްކާކަށް...ކަލޭމެން ބަލަންތިއްބާ މުޢިއްޒުމެން އެ އެހެރަ ބޮޑުތަކުރުފގނުގެ އެއަށް ބޮޑުތަނުގައި ތާރު އަޅާ ނިންމާލީ.. ހާދަހާވާ ބާރު ސްޕީޑެއްގައޭ.....

      2
      1
  7. ާއަހުމަދު

    ޕެލަޓުތައްވެސް ނަގާ ހުސްކޮއްފި

  8. ސިޓީކައުންސިލަށް

    ތިމައްސަލަ ވަރަށް ފަސޭހައިން ހައްލުކުރެވިދާނެ ގޮތެއް މަބުނެދީފާނަން. ވަރަށް ހައި ސްޕީޑުގައި ފެން ފިލްކުރެވޭ ޒާތުގެ (ތެޔޮލޮރީ ފާޑުގެ) ހަތަރު ވަރަކަށް ލޮރީ މާލެ ގެނެސް ފެން ހިންދަން ބޭނުންވާ ފަރާތްތަކަށް ކުއްޔަށް ދީ. އެއަށްފަހު ތިޔަ ހޮޅިތައް މަގުތަކުން ނަގާ އުކާލެވޭނެ. އޭރުން ފެންއުކައިދޭ ލޮރީތަކުން ފައިސާވެސް ލިބޭނެ ހޮޅިންގެ އުނދަގުލުންވެސް ސަލާމަތްވާނެ. އެކަމަކު މިކަން ކުރަންވާނީ ރޭގަނޑު 11 ގެ ފަހުން.

  9. ފުޅި މަދު ފާޙާނާ

    އެއްކަމެއްވެސް ނުވާނެ ހުސް ފޮނި ބައިސާ ކަނޑަން އެނގޭނީ... މިފުރުސަތުގަ ބުނެލަން. އެކްޝަން ސްޕީކްސް ލައުޑާ ދެން ވޯޑްސް... #ފުޅި މަދު ފާޙާނާ#