ސަރުކާރުގެ ހުއްދަ އާއި އެކު އިއްޔެ ރާއްޖެ އިން ބޭރަށް ފުރައިވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަކީ ފިއްލަވާނެ ބޭފުޅެއް ނޫންކަމަށް އަދީބުގެ ޕާޓީ ކަމަށްވާ އެމްޓީޑީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި އެމްޓީޑީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަދީބު ބޭސްފަރުވާއަށް ވަޑައިގެންނެވީ "ޗަރުކޭސް" ކުޅުއްވަން ނޫންކަމަށާއި އެމަނިކުފާނު ވަޑައިގެންނެވީ ސިއްޙީ ސީރިއަސް މައްސަލަތަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

"އަދީބު ފިއްލަވާނެނަމަ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވި މައްސަލައިގެ ތުހުމަތު ކުރުމުން އެމަނިކުފާނު ސިންގަޕޫރުން ރާއްޖެ ވަޑައެއް ނުގަނަންވާނެ. ރާއްޖެ ވަޑައިގެންނެވުމުން ބަންދު ކުރާނެކަމަށް އެތައް ބަޔަކު ބުނެބުނެތިއްބާ އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ. އަދީބު އޭރު ވެސް ބޭނުންފުޅުވީ ކުރިމަތިލައްވާން. އެއީ ދޮގުތުހުމަތެއްކަން ރައްޔިތުންނަށް ހާމަކުރެއްވަން. އަދިވެސް އެމަނިކުފާނު ހުންނެވީ އެގޮތުގައި" މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

އަދީބު ނުފިއްލަވާނެ ކަމުގެ އެންމެ ބޮޑު ހެއްކަކީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައިފައިވާ ތުހުމަތުތަކަކީ އެމަނިކުފާނު ނުކުރައްވާ ކަންކަން ކަމަށް އެމަނިކުފާނަށް އެނގިވަޑައިގެންނެވުން ކަމަށް ވެސް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދީބުގެ މައްޗަށް ކުރީ ސާބިތު ނުހިފޭ ދަޢުވާތަކެއްކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ސުޕްރީމްކޯޓުގައި އިޢުތިރާފުވެ ވަޑައިގެންފައިވާ ކަމަށެވެ.

ބޭސްފަރުވާ އަށް އަދީބު އިއްޔެ ވަޑައިގެންނެވީ އިންޑިއާ އަށެވެ. އިތުރު މުއްދަތެއްގައި އިންޑިއާގައި މަޑުކުރަން ޑޮކްޓަރު ލަފާ ނުދެއްވައިފިނަމަ އަދީބު އެނބުރި ވަޑައިގަންނަވަނީ މިމަހު 26 ގައެވެ.

އަދީބު އިންޑިއާ އަށް ވަޑައިގެންނެވި އިރު އޭނާގެ އަރިހުގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވެސް ވަނީ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަމަނަ

    ބޭފުޅުން ނުފިއްލަވާނެ ކަޅޯއިންފިއްލަވާނީ

    12
  2. އާދަނު

    ދެން ނުފިލާނެތާ؟ އެނައަށް ހުރިހަ ބަރެއް އެލިބުނީ. އޭނގެ މައްސަލައެއް ދެން ކޯޓެއްގައި ސާބިތެއް ނުކުރެވޭނެ.

  3. ކުޑަބަޖަރާ

    ޑޮކްޓަރ ލަފާދެއްވާނީ އިތުރުފަރުވާ ބޭނުންވާތީ އިންޑިޔާގައި މަޑުކުރުމަށް. ބަލަން ތިބެބަލަ މިނޫންގޮތެއްވޭތޮ؟

  4. އަނިޔާ

    އަދީބު ކަލޭވެސް ފިލާނެ . ރައިސްނަސީދުވެސް ފިއްލެވީ.

  5. އޭދަފުށީ މުހައްމަދު

    އާދެ! އަދީބަށް އެގިވަޑައިވެސް ނުގަންނަވާނެ ފިއްލަވާކަށް.

  6. އާދަނު

    އަދީބު ނުފިލާނެ. އޭނައަށް އެނގޭ ލާރ ހުރީމަ ސަލާމަތް ވާނެކަން.

  7. ޓަވަރު

    ރައްކާވާނީ!

  8. އަހަރެން

    އަދީބު ނުފިލިޔަސް އެމްޑީޕީ ގެ އަންނި ފިލިއެއްނު...