އާއްމުކޮށް ރާޅު ބޮޑުވާ ދުވަސް ވަރު އުދަރަމުން އަންނަ މާލޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރައިފިއެވެ.

މާލެއަށް އެންމެ ބޮޑަށް އުދަ އަރަމުންދަނީ ކާނިވާ ސަރަހައްދުންނެވެ. މާލެ އަށް އުދަ އަރާއިރު އާއްމުކޮށް އެ ސަރަހައްދު ފެންބޮޑުވެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، މާލޭގެ ކާނިވާ ސަރަހައްދަށާއި، ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުންދާ ކަމަށާއި، އެހެންކަމުން ހުރިހާ ބޭފުޅުންވެސް އުޅަނދުތައް ނަންގަވާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ.

މާލޭގެ ރާލުގަނޑު ސަރަހައްދަށް އުދަ އަރާތީ ބަސްތާތައް ޖަހާފައި - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

މި ސަަރަހައްދުތަކަށް އުދަ އަރާ ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފައެވެ.

އިއްޔެވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފައި ވެއެވެ.

މާލެއަށް މިއަދު އުދަ އަރާފައި - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް މިއަދުވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޣަރޭ

    ކޮބާ މޭޔަރު އަވަހައް ޓްވީޓްއެއްކޮއްލާ ކުރީސަރުކާރުން ކަންކަންކުރިގޮތުންނޭ ރާޅުބޮޑުވަނީ ކިޔާފަ

    13
  2. ޙުދުހުދު

    ހާދަ އުދާހޭ ދޯ މާލެތެރެވެސް

  3. ހުސޭނުބޭ

    އަރިޔަކަށް ފޮޓޯގަނޑު ނަގާފައިވުމުން ހީވަނީ މާލެ އެއްފަރާތަކަށް އަރިއަޅާލުމުގެ ސަބަބުން އުދައަރަނީހެން!

    5
    1
  4. ލޮލް

    މީ އިބޫ މައްސަލައެއް. ހަހަހަހަހހަ