ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ލެކްޗަރާއެއް މަތިންދާ ބޯޓު ތެރޭގައި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެއެެވެ.

އެ މައްސަލަ ފެންމަތިކޮށްފައި ވަނީ މީސް މީޑިއާ މެދުވެރިކޮށެވެ. އެ މައްސަލަ ފެންމަތި ކުރާ ޒުވާނާ ބުނިގޮތުގައި، އޭނާ އައްޑޫއިން މާލެއަށް ކުރި ދަތުރުގައި މަތިންދާ ބޯޓު ތެރޭގައި ބޭރު މީހަކު އޭނައަށް ޖިންސީ ފުރައްސާރަ ކުރިއެވެ.

އެ މަތިންދާ ބޯޓު ތެރޭގައި ދިމާވި ހާދިސާ ތަފްސީލްކޮށްދެމުން އޭނާ ބުނީ، އެ މީހާއަކީ އޭނާ މަތިންދާ ބޯޓުގެ ކުރީ ޝީޓުގައި އިން މީހެއް ކަމަށާއި، މަތިންދާ ބޯޓަށް އަރާ، ބޯޓު ވެލާނާ އެއާޕޯޓްގައި ޖައްސަންދެން އެ މީހާ އޭނާއަށް އެކި ގޮތްގޮތުން ފުރައްސާ ކުރަމުން ދިޔަ ކަމަށެވެ.

އެގޮތުން ފަހަތަށް އެނބުރި އޭނާއާ ދިމާލަށް ބަލައި، ޖިންސީ ފުރައްސާކޮށް، ފޯނުންވެސް ފާޑު ފާޑު އެއްޗެހި ދެއްކި ކަމަށް އޭނާ ބުންޏެވެ. އަދި އަނގައިންނާއި އަތުންވެސް ޖިންސީ ކަންކަމަށް ހިތްވަރުދޭގޮތަށް އޭނާ ކަންތައް ކުރި ކަމަށާއި، އެކަން ހުއްޓާލަން އެދުނު ނަމަވެސް އޭނާ އެކަން ކުރަމުންދިޔަކަން އޭނާ ފާހަގަކުރިއެވެ.

އަދި އެކަމާއި ހެދި ފްލައިޓް ކްރޫންނަށްވެސް އެކަން އެންގިއިރު، ފުލުހުންނަށްވެސް އެ މައްސަލަ ހުށަހަޅާފައިވާކަމަށް އޭނާ ބުންޏެވެ.

ޖިންސީ ފުރައްސާ ކުރި އެ މީހާއަކީ ގައުމީ ޔުނިވާސިޓީގެ ޓީޗަރެއް ކަމަށް އޭނާ ބުންޏެވެ. އަދި އެކަން އެ ޔުނިވާސިޓީން ދަނީ ބަލަމުންނެވެ.

ރާއްޖޭގައި ޖިންސީ ފުރައްސާރަ ކުރާ މިންވަރު އިތުރުވެ، އެކަން ހުއްޓުވުމަށް މީސް މީޑިއާގައި އެފަދަ މީހުންގެ ވާހަކަތަކާއި ފޮޓޯތައް ދަނީ ތިލަކުރަމުންނެވެ. އަދި އެފަދަ ކަންކަން ހައްލުކޮށްދޭނެ ކަމަށް ފުލުހުން ދަނީ ވިދާޅުވަމުންނެވެ.

ދާދި ފަހުން މާލޭގެ މަގުމަތީގައި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަޅުއަހައްމަދުބޭ

    ތިވާނީ ރޭޕިސްތާނުގެޓީޗަރަކަށް ތިޔަރޭޕިސްތާނުގެ ބައިގަނޑު މިގައުމުންބޭރުކުރަންޖިހޭ އަނެއްކާމިގައުމަށްއާކަންތައްދަސްކޮށްދޭތިޔައުޅެނީ

    47
    1
  2. ޣައްދާރު

    ބިދޭސީން ގެންނައިރު މޮނިޓަރިން ވަރުގަދަކުރަންޖެހޭ. ޔުނިވަރސިޓީއިން އަވަހަށްފިޔަވަޅު އެޅިކަން ވަރައްރަނގަޅު. މިފަދަ ކަންކަމުން ރައްކާތެރިވާން ދަރިވަރުން ހޭލުން ތެރިކުރުވަން ވެސްޖެހޭ..

    31
  3. ގޑން

    ބަލަން ފުރުޞަތު ދިނީ ތިމާ އަމިއްލައަށް.ކަމަށްބެލެވޭ. ނިވާކަން ކުޑަ އެއްޗެހި ލައިގެން އަންހެނުން ނޫޅުމަށް އިސްލާމް ދީނުގައި އަންގަވާފައި އެވަނީ. އެހެންވެ. ބައެއް ފަހަރު މަގުމަތީ ހިނގަންވެސް ލަދުގަނޭ ބައެެއް ލާފައި ހުންނަ ހެދުމުގެ ސަބަބުން. ގައިގާ ދަވާދު ލާފައި
    ހުރުމެކޭ އެއްފަދަ ހެދުން. އިސްލާމީ ފޭރާމުން ފޭރާން އެޅުމަށް ނަސޭހަތް ތެރިވަން.

    79
    14
  4. ޟަރި

    ޢިންޑިޔާ މީހެެއް

    26
    1
  5. މިސް 3

    ގޑން ކޮންމެ ކަހަލަ ހެދުމެއް ލާފަހުއްޓަސް ޖިންސީ ފުރަށްސާރަ ކުރާ މީހުން އެކަން ކުރާނެ މިމާލޭގަ މިކަން ހިގާލެއް މަދެއްވެސް ނޫން ދެރަކަމަކީ މިކަން ހުއްޓުވުމުގެ ބަދަލުގައި ކުޅިބަލަން ފޯނުން ވީޑިއޯ ނުވަތަ ފޮޓޯ ނަގަން މީހުން ތިބޭތީ ދެން ގޯސް ކުރަނީ މިކަމުގެ ޝިކާރަޔަކަށްވާ މީހާ ނުވަތަ ކުއްޖާ...

    21
    18
  6. ހުސެން

    ނ،ޢ ގެ ލަޤަބުލިބިވަޑައިގެންނެވި މޯދީވެސް މީހެއް ޔަޢުނީ އިންޑިޔާ މީހެއް.މޯދީ އަށް އަދި ދޭނެ ލަޤަބެއް ނެތްތަ؟

    6
    1