ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ މަސައްކަތަށް ނިކުތުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، މިކަމާއި ގުޅިގެން ކުރައްވާފައިވާ ޓުވީޓެއްގައެވެ.

“ސުޕްރީމް ކޯޓުގެ އަމުރާއެކު ފަނޑިޔާރު އުސްތާޛު ޢަބްދުﷲ ދީދީ މަސައްކަތަށް ނިކުމެވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތް. ޖޭއެސްސީ އިން ސްޕްރީމް ކޯޓުގެ އަމުރު ބަލައިނުގަތުމަކީ އެ އަމުރުގެ ބާރު ކެނޑިގެންދާކަމެއް ނޫން. ދުސްތޫރީ މައްސަލައެއް ބަލާ ގޮތް ނިންމުމުގެ ބާރު ޤާނޫނު އަސާސީ އިން ދީފައިވަނީ ސްޕްރީމް ކޯޓަށް.” އަދުރޭ ވިދާޅުވިއެވެ.

ނަމަވެސް، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ އަށް ވަނީ ގޭގައި މަޑުކޮށްލަން އަންގާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފައި ވީނަމަވެސް ޖޭއެސްސީގެ ނިންމުން ދެމި އެބަ އޮތް ކަމަށް އެ ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.

ޖޭއެސްސީއިން މިގޮތައް ނިންމި ބައްދަލުވުން ފެށުމާއި އެކު އެމައްސަލައިގައި ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ މަސްލަހަތު އޮތްކަމަށް ވަނީ ފާސްކޮށްފައެވެ. އެހެންކަމުން އެހާ ހިސާބުން ފަނޑިޔާރު އަރީފް ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

ފަނޑިޔާރު އަރީފް، ރައްޔިތުން މަޖިލީހުގެ ޖުޑީޝަލް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖޭއެސްސީގެ ބައްދަލުވުމަށް ހުށަހެޅި މައްސަލަ ޤާނޫނު އަސާސީ އާއި ހިލާފު ކަމަށާއި ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވީ އެހެންވެގެން ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ނިންމި ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 08 މެންބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 07 މެންބަރުންގެ ތެރެއިން 05 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ނިންމުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުން ގަބޫލު ނުކުރަން ވޯޓް ދެއްވި ޖޭއެސްސީގެ މެންބަރުންނަށް ސުޕްރީމް ކޯޓުން "އަދަބެއް ދިނުން" އެކަށީގެންވާ ކަމަށް ވެސް ބައެއް ވަކީލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޢަންނި

  އަދުރޭ ބުނިކަމަކު އެބުނީ ހެޔޮކޮއް ސްޕްރީމް ކޯޓަކީ ފަހުބަސް!!!!!

  17
  15
 2. ސަމަރަވީލރާ

  1 މިލަޔަން ގެ ދަށުންތަ ހުރަސް ނެތީ

  10
  10
 3. ޢަލީ ޢަލީ

  އަދުރޭ ބުނެފިއްޔާ އެއީ ތެދެއް
  50 އާއި 4 ގުނަކުރީމަ 200000
  އެއީވެސް ތެދެއްނު ދޯ

  20
  4
 4. މާވަޑި ފަލާހް

  މަންމާފުޅު އަދުރޭ މަރެއްނުވޭ އޭނާ ދިރިއެބަހުރި އޭނާ އެބަހަނާއަޅާ!!!!! މަޖިލިސްއިން މިބޭފުޅާނެތުމުން ގޭގޭގެ ސިޓިންރީމްގައި ފެމިލީއެއްކޮށް މަޖިލިސްބަލައިލަން މިހާރު ފުރުސަތުލިބޭ. ނިމިދިޔަ މަޖިލިސްގައި އަދުރޭމެން ތިބުމުން މަޖިލިސް ބަލަންޖެހޭނީ މިޔުޓް ކޮށްގެން

  8
  3
 5. ބޮކި

  ރަހީމްބޭ ބުނެފިޔާ އެއީ ހަމަ ތެދެއް ! އިތުރު ވާހަކަ އެއްނެތް !

 6. ށަޒަން

  ބަލަ އަދުރޭ ކަލެއަަށް އެގޭތަ ސްޕްރީމްކޯރޓްގެ ބަލަދުވެރިޔަކީ ޖޭއެސްސީކަން؟ ކަލޭމެންގެ ސަރުކާރުގައި އޮތީ ރައްޔިތުންނައް އޮޅުވާލާފައި ސްޕްރީމް އަކީ ފަހުބަސް ބުނާތަން ކަމަށް ، އެތަނައްބާރުފޯރުވޭނޭ ބައެއްނުތިބޭނެކަމަށް ސީދާއޮޅުވާލުމެއް! ފާޑުފާޑުގެ ގައިޑްލައިންސް ނެރެގެން ވެރިކަމައް ވެރިކަމަށް ރައްޔިތުންގެ ތާއީދުނެތް ޔާމީނު ގެނުވީވެސް!

  11
  4
 7. އަލްޖިބްރާ

  އަދުރޭ ތީ އެންމެމަތިން ހުކުމް ކަޑައަޅާ މީހާތަ ؟ އަގަނުގަޅާ މައިތިރިވެގެން ހުރޭ !

 8. ބާއި

  ގާނޫނު އަސާސީއާ އެންގޮތަން ހުކުމް ސުޕްރީމް ކޯޓުންވެސް ކުރަންޖެހޭނީ.ފަހުބަހަކީ ސުޕްރީމް ކޯޓު ފަޑިއާރު ހިތުހުރި ހުކުމް ނެރެން އޮންތަނެންނޫން.މީސަދޫމެން ނޫން

 9. ދަތްދޫނި

  އަދުރޭއެވެ. ސްޕްރިމް ކޯޓެއްގެ ފުރާލުން ޓިނު ނަގާ ފަނޑިޔާރުން ހައްޔަރު ތަކެއް ތަމެންވެސް ހައްޔަރު ކުރި ގޮތައް މި ސަރުކާރަށްވެސް އެވެރިން ހައްޔަރު ކުރެވިދާނެތޯ!

  2
  1
 10. ޔަގީން

  އަދުރޭއަށް ޖަލުގޮޅި ޔަގީން ވާނީކޮންދުވަހަކުންބާ، އަދުރޭބުނާގޮތެއް އަވަހަށް ހަދަން ޖެހޭނެ،

  1
  1
 11. މާޒީ

  ހުރަހެއް ނެތިއްޔާ އަދުރޭގެ ބާރުގައި ދެން ނެރެންވީނު. އަދިވެސް މިމީހުން މައިތިރިވާން ނޫޅޭދޯ. ތީމިހާރު ދެން ފެންފަޅޯ.

  1
  1
 12. ޥގ

  ކޯޓުތަކުގެބަލަދުވެރިފަރާތް އަމާ އަދުރެ

  1
  1
 13. ހަސަން

  އަދުރޭގެ "ދަގްރޭޓް މެތެމެޓިކަލް ފިލޯސަފީ" ގެ ހޯދުން ތަކުން ރާއްޖޭގެ އަދުލުގެ ނިޒާމުގެ ނިންމުންތައްވެސް ނިންމޭތަ ؟ މިއީ އަޅެފަހެ ކާކުގެ ދަރިއެއްތަ ؟

 14. ސލ

  ސްޕްރީމް ކޯޓް އަމުރު ގަބޫލުނުކުރާނެކަމަށް އިއުލާން ކުރި ހުރިހާ މެންބަރުން އެމަގާމުން
  ވަކިކުރަން ޖެހެއެވެ ސްޕީމްކޯޓަކީ ގާނޫނީގޮތުން
  އުފެދޭ ދެބަސްވުންތައް ތަރުޖަމާކޮށް ފަހުބަސް
  ބުނުމަށް ގާނޫނުން ބާރުދީފައި އެންމެމަތީ ކޯޓެވެ