ފ. ފީއަލީގައި ފީއަލީ ޑެވެލޮޕްމެންޓް ސޮސައިޓީ (އެފްޑީއެސް)ގެ ފަރާތުން ބޭއްވި ފަސް ވަނަ ގުރުއާން މުބާރާތުން އެއް ވަނަ އިސްޙާގް އަހުމަދު އަށް ލިބިއްޖެއެެވެ.

އެފްޑީއެސް އިން ބުނީ، މިދިޔަ ރަމަޟާން މަހުގެ 25 އިން 26 އަށް ބޭއްވި މި ގުރުއާން މުބާރާތުގައި މިފަހަރު 95 ކުދިން ބައިވެރިވެފައިވާކަމަށެވެ. އެކި އުމުރު ފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތް ފަނޑިޔާރުކަންކޮށްދީފައި ވަނީ ރަށުން ބޭރު ފަނޑިޔާރުންނެވެ.

މި މުބާރާތުގެ ދެވަނައަށް ދިޔަ ޔޫޙަ

މި މުބާރާތުގެ ވަނަތަކަށް ދިޔަ ދަރިވަރުންނަށް ފައިސާގެ އިނާމާއި، ތައްޓާއި ސެޓްފިކެޓްވެސް ވަނީ ހަވާލުކޮށްފައެވެ. އަދި އެއް ވަަނަ ދިޔަ ކުއްޖާއަށް މޯލްޑިވިއަންގެ ފަރާތުން ދެ ފަރާތަކަށް ޗެންނާއި ދެކޮޅު ޓިކެޓްވެސް ވަނީ ދީފައެވެ.

މުބާރާތުން ތިން ވަނަ ލިބުނު ޒަހީން

އެފްޑީއެސް އިން ބުނީ، މި މުބާރާތް ކުރިއަށްގެންގޮސްފައި ވަނީ، އިސްލާމިކް މިނިސްޓްރީ، ޕްރިމިއާ ފިހާރަ/ ފ. ފީއަލި އަދި ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

މި މުބާރާތުގެ އެއް ވަނައަށް އިސްޙާގް އަހުމަދު އަށް ލިބިގެންދިޔައިރު، ދެވަނަ ލިބުނީ ޔޫހާ މުަހައްމަދު އަށެވެ. އަދި ތިން ވަނަ ލިބުނީ ޒަހީން އަބްދުﷲ ރަފީއުއަށެވެ.

ކިޔުންތެރިންގެ ހިޔާލު