ދިވެހިރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރުމުން ރާއްޖެ ނާދެވޭ ގޮތައް 2005 ވަނަ އަހަރު ޑީޕޯޓްކޮށްލި ޑޭވިޑް ހާޑިންހަމް އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކޮށްފިއެވެ.

މިނިސްޓަރ ޝާހިދު ހާޑިންހަމް އާއި ބައްދަލު ކުރީ އިނގިރޭސިވިލާތުގައެވެ. ހާޑިންހަމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވެރިކަން ލިބުނު ފަހުން ރާއްޖެ އަށް އައިސްފައެވެ.

"ފްރެންޑްސް އޮފް މޯލްޑިވްސް" ގެ ނަމުގައި މައުމޫންގެ ވެރިކަމުގައި ރާއްޖެ އާއި ދެކޮޅަށް ތަފާތު ކެމްޕޭންތައް ކުރިއަށް ގެންގޮސް، ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރި ހާޑިންހަމް އަކީ އަބަދުވެސް އެމްޑީޕީ އާއި ގާތްގުޅުމެއް އޮންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަހުމަތްތެރިއެކެވެ.

އޭނާ އަކީ "މިނިވަން ރޭޑިއޯ" ގެ އެއް ފައުންޑިން މެންބަރެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ސޯލްސްބަރީގައި ހުންނަ ދިވެހިރާއްޖޭގެ އޮނަރަރީ ކައުންސެލްގެ މަގާމު އޭނާ ފުރިއެވެ.

އަބަދުވެސް ރައީސް ނަޝީދާއި ގާތް ގުޅުމެއް އޮންނަ ހާޑިންހަމް އާއި ރައީސް ނަޝީދު ފުރަތަމަ ބައްދަލުވީ ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ކިޔަވަން އުޅުއްވި ދުވަސްވަރުއެވެ.

ހާޑިންހަމް ދިވެހިރާއްޖެ އިން ޑީޕޯޓް ކޮށްލުމަށް ފަހު 2005 ވަނަ އަހަރު ރައީސް މައުމޫންގެ ސަރުކާރުން ވިދާޅުވެފައި ވަނީ އޭނާ ޑީޕޯޓް ކޮށްލީ ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރާތީ އާއި އިސްލާމްދީނުގެ ހަރުކަށި ވިސްނުމުގެ މީހުން ބޭނުންކޮށްގެން ރާއްޖެއަށް ހަތިޔާރު އެތެރެކުރަން މަސައްކަތް ކުރާތީ ކަމަށެވެ. އޭގެ ފަހުން ސޯލްސްބަރީގައި ހުންނަ ކެތަލިކް ފައްޅިއަކާއި ރައީސް ނަޝީދާއި ހާޑިންހަމް ގާތް ގުޅުމެއް ބާއްވާ ކަމަށް ވެސް ރައީސް މައުމޫންގެ ސަރުކާރުން ތުހުމަތު ކޮށްފައިވެއެވެ.

ހާޑިންހަމް އާއި އެހެން ބައެއް މީހުން ވެގެން 2005 ވަނަ އަހަރު މެއި 16 ވަނަ ދުވަހު ޖެނީވާގައި ވަނީ ރައީސް މައުމޫނަށް ހުރަސް އަޅާފައެވެ. އެދުވަހު ހާޑިންހަމް ވަނީ އޭނާ ޑީޕޯޓް ކޮށްލީ ކީއްވެތޯ ރައީސް މައުމޫނާއި ސުވާލު ކުރައްވާފައެވެ. ނަމަވެސް ރައީސް މައުމޫން އެއްވެސް އެއްޗެއް ވިދާޅުނުވެ ވަޑައިގެންނެވީ އެވެ.

ކްރިސްޓިއަން ދީން ފަތުރާކަމަށް ހާޑިންހަމްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް އޭނާ ވާހަކަދައްކާފައެއް ނުވެއެވެ.

ހާޑިންހަމް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިވެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ސުއިޒާ

  ސާހިދަކީ ވެސް އެކަމަށް ހިއްވަރުދޭ މީހެއްވީމަ އޯކޭ ނަސީދު ބުނީ ސާބަހޭ ސާހިދު ޕްރީޕެއިޑު ސިއުނާ ވެސް އޯކޭ...

  90
  1
 2. ބޭނުންވިގޮތް

  ތިކަމާއި ހަމަ ބުނާނެ އިތުރު އެއްޗެއް ނެތް. ތީހަމަ ރައްޔިތުން ބޭނުންވި ގޮތް..!!

  81
 3. އަލިފުތު

  ހާޑިހަމް ޑީޕޯޓްކުރީ އިސްލާމީ އެކްސްޓްރީމުންނާއި ގޫޅިގެން ހަތިޔާރު އެތެރެ ކުރަން އުޅުނުކަމުގެ ތުހުމަތުގައި. އޭނަ އަކީ ކްރިސްޓިއަނެއްނޫން.

  14
  26
 4. ާއަހުމަދު

  މުސްކުޅިން ބުނެއުޅޭއަޑުއަހަން ލަޑަޔާވާނީލަޑަޔާއޭ

  70
 5. ޢަޖއިބު

  ޢެއީ ގައުމެއްގެ ރައީސްއެއްތަ؟ ކޮބާބެނުމެއް ބައްދަލުކުރުމުގެ

  61
  1
 6. ހަޑިހަންގަނޑު

  އިސްލަމްދީނުގެ ނަމުގައި ހައްދު ފަހަނަ އަޅާ މީހުން ތައްޔާރުކުރަނީ މި ފަދަ ޣައިރު މުސްލިމުންނެވެ. އިނގިރޭސީންނާއި އެމެރިކާނުންނާއި އިޒުރޭލުންނެވެ. ފަހަކަށް އައިސް އިޒުރޭލާ އިންޑިޔާގެ ގުޅުން ބަދަހިވީ ފަހުން މިހާރު އިންޑިޔާ ވެސް މި ބައިގައި ބައިވެރިވެއްޖެއެވެ. މަގުސަދަކީ މުސްލިމުން ނިކަމެތިކުރުމެވެ. ކެނެރީގޭ ނަޝީދުގެ ވެރިކަމާ ހަވާލުވިތާ 30 ދުވަހުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ޅަފުރާގެ ރީތި ހާހެއްހައި ކުދިންނާ އިންޓަރވިއުކޮށް ދިވެހި ކުދީންނަށް އިނގިރޭސިި ބަސް ކިޔަވައިދިނުމުގެ ނަމުގައި ވަރަށް ގިނަ ދޮންކުދީންނަށް ވަޒީފާދިނެމެވެ. އެ ކުދިން ހޮވާ ކަންކަން ހިންގީ އިނގިރޭސިވިލާތުގައި ތިޔަ ހަރަ ހާޑިންހަމް ނުވަތަ ހަޑިހަންގަޑެވެ. މި ދެންނެވި ކުދީން ރާއްޖެ އައިސް ރާއްޖޭގެ މަދަރުސާތަކުގެ ޓީނޭޖު ކުދީންނަށް ސެކްސް ޓޯއީސް ތައާރަފުކޮށްދިން މައްސަލަތަކެއް އެޑިއުކޭޝަނުގައި މިހާރު ވެސް އޮންނާނެއެވެ. އެހެންވީމާ އެއީ ވެސް ދީން ހަލާކުކުރުމުގެ ބައެކެވެ. މި ބުނި ގުރޫޕު ރާއްޖެ ދޫކޮށް ދިޔައީ ނަޝީދުގެ މުސީބާތެއް ފަދަ ވެރިކަން އެ ދެއްވި ފަރާތުން ގެންދަވައި ދިވެހީންނަށް ފިލާވަޅެއް ލިބުނު އިލާހީ ނިޢުމަތުގެ ވަގުތުއެވެ. ނަމަވެސް ﷲގެ ގިނަ އަޅުންނަކީ ނިއުމަތަށް ޝުކުރުނުކުރާ ބައެކެވެ. އެހެންވީމާ އަނެއްކާ މި އޮތީ އެ ބަލާވެރިކަން ދިވެހީންނަށް ފާކުރައްވައިފައެވެ.

  78
  3
  • ޖިހާދު

   ދިވެހިން ޖިހާދަށް ދަނީ މީނަ ބުނެގެން ދޯ؟

   11
   15
 7. ކޯން

  އެމްޑީޕީ ކުދިން ޤަބޫލުކުރިއަށް ނުކުރިއަސް ނަޝީދުއާއި ހާޑިންގހަމްގެ އޮތީ އެއް އެޖެންޑާއެއް. ވިސްނާތި ސްޕެއިންއިން އިސްލާމްދީން ފޮހެލީ އެތަށް ޖަރީމަތަކެއް ހިންގުމަށްފަހު.

  70
  1
 8. ތައްޚާން.

  ދިވެހި ލޮބުވެތި ރައްޔިތުންނަށް ބޮޑު ކަމަކަށް ތި ކަން ވިޔަސް އެ މީހުނަށް ތީ އެވަރުގެ ކަމެއް ނޫނޭ ފްރެންޑް. އެެއް ބައެކޭ އެއީ.

  47
  1
 9. ބަރުގޮނު

  އެމް.ޑީ.ޕީ ކުދިން އެސޮރާ ބައްދަލުކުރަން ވާނެ. އަނެއްކާވެސް މަޤާމެއް ދޭން އުޅެނީ ކަމަށްވެސް ވެދާނެ.

  55
 10. ލިނލިން

  އެއީ މަޢުމޫނުމެން ކަޑަވެގެން އޭނާ ފޮނުވާލާނެ ގޮތެއް ނެތިގެން އޭރު އެނބުރި ގޭސް ގަނޑެއް.. އެއްވެސް ހަޤީޤތެއް އޮތް ވާހަކައެއް ނޫން.. އޭނާއަކީ ދީނެއް ޤަބޫލުވެސް ކުރާމީހެއް ނޫން.. ދެން ކޮން ކުރިސްޓިއަންދީނެއ އޭނާ ފަތުރާނި

  2
  70
 11. ތޫބާ

  މަ އެންޑީފީ ތިކަމާމަވެސް ދެކޮޅު...........

  38
  2
 12. ޢަލީ އަޙުމަދު ވަހީދު

  ފައްޅި އަޅަން ފަންޑް ހަމަޖައްސަނީ.

  47
 13. ޖޮއްބެ

  ޖާހާ މަގާމަށްޓަކައި ލާދީނީ ރީނދޫ ޕާޓީ އާއި ގުޅިފައި ހުރި މީހަކު އެޕާޓީގެ އެޖެންޑާ ފުރިހަމަކުރަން މަސައްކަތް ކުރާނެއެއްނު؟

  45
 14. ހެޔޮބަސް

  ޝާހިދު ތިބޭފުޅާގެ މަޤާމްގެ ހައިސިއްޔަތުންވެސް ތިޒާތުގެ ކަންތައްކުރެއްވުމުގެ ބޭނުމެއްނުވިސްނޭމިހެންބުނަންޖެހުނީ ކްރިސްޓިއަން ދީން ތުރާތީޑީޕޯޓްކޮށްލިއިސްލާމްދީނާދެކޮޅު ފަރާތަކާ ޝާހިދުބައްދަލުކުރެއްވުމުގެ ބޭނުމަކީ ހާޑިމްހަމް ޑީޕޯޓްކޮށްލީ ކްރިސްޓިއަންދީން ފަތުރާތީ ޑީޕޯޓްކޮށްލަންނުޖެހޭތީތޯ؟ ނުވަތަ ހާޑިމްހަމް ކުރާ މަސައްކަތަށް ޝާހިދު ތާއީދުކުރައްވާތީތޯ؟ނުވަތަ ހާޑިމްހަމްފަތުރާކަންތައް ދިވެހިރާއްޖޭގައި ފެތުރުމަށް ދައުވަތުދިނުމަށްތޯ/ ފަރަންޖީންރުހުންހޯދަން އަދި ފަރަންޖީން މިކަމަށްތާއީދުކުރިއަސް ދިވެހިރަށްޔިތުންގެތެރެއިން ވަރަށްގިނަފަރާތްތައް ތިކަމާ ދެކޮޅުވާނެ ދިވެހި މުސްލިމްރަށްޔިތެއްގެ ހައިސިއްޔަތުން އަހަރެންއެކަނި ކަމުގައިވިއަސް ތިކަމާދެކޮޅަށް ހަގުރާމަކުރަން މިހިރީތައްޔާރަށް ކަމުގައި ބުނެލަން

  45
 15. ފަނާކުރުން

  ރާއްޖޭގެ ފަތުރުވެރިކަން ފަނާކޮއް، ދިވެހިން ފަނާކޮއް، އިސްލާމްދީން ފަނާކުރަން އުޅުނު މީހެއްމީ. މިވަރުގެ މީހަކު ދިވެހިންނަށާއި އިސްލާމްދީނަށް ކޮންހެވެއް އެދޭނީ މިހާރުވަކި. އެމްޑީޕީގެ ފިކުރަކީވެސް ފަނާކުރުވަނިވި ފިކުރެއް

  23
 16. ޝިހާ

  މީގެ 30 އަހަރު ކުރިން ވެސް ސާހދު އާ ހާޑިންހަމްވއާއި ދެމީހުންނަކީ ސިއްރުގުޅުން އޮންނަ ދެމީހުން އޮޅުވާލަން ނޫޅޭ !

  9
  1
 17. ނަސީދު

  މެޖޯރިޓީ ބޭނުންވަނީ ތިގޮތް ކުރާނެކަމެއްނެތް ބަސްހުޓިފައި މިހިރީ

  4
  1