ދަރުމަވަންތަ ހޮސްޕިޓަލްގެ އަގުބޮޑު ފްލޯތަކަށް ބަދަލުގެނައުމަކީ މިސަރުކާރުން ހިންގާ އެންމެ ބޮޑު ޖަރީމާ ކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ޕްލޭން ތައްޔާރު ކުރުމުގައި ކުރީ ސަރުކާރުގައި މަސައްކަތް ކުރި އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް "ވަގުތު" އާއި ވާހަކަދެއްކި ކުރީ ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވީ އެއީ ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކޮށްގެން އާމްދަނީ ލިބެން އޮތް އެންމެ މުހިންމު ވަަސީލަތް ނައްތާލުމުގެ ގޮތުން މިސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 17،18،19 ވަނަ ފްލޯގައި ހުރި ކޮޓަރިތަކުގެ ބޭނުމެއް ވެސް މާ ބޮޑަކަށް ނުހިފޭނެ ކަމަށް އައިޖީއެމްއެޗްގެ މިހާރުގެ ސީއީއޯ އިބްރާހިމް ސަލީމް ވަނީ މިމަހު ކުރީކޮޅު ވިދާޅުވެފައެވެ. އިމާރާތް ޑިޒައިންކުރި އިރު އެ ތިން ފްލޯ ޚާއްސަކުރީ ރައީސާއި ސަފީރުންގެ އިތުރުން މުއްސަނދިންނަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެ ތިން ފްލޯގައި ހުރީ އާއްމުންނަށް އަތްފޯރާ ވަރުގެ ކޮޓަރިތަކަކަށް ނުވާތީ ބަދަލު ގެންނަން މިހާރު ވަނީ ވިސްނައިފަ އެވެ.

"ބޮޑެތި ކޮޓަރިތަކެއް، ފްލޯ އޭރިއާ ވަރަށް ބޮޑު. ލިވިން ރޫމެއް، ޕޭޝަންޓް ބާއްވާ ރޫމެއް އަދި އިތުރު ރޫމެއް. މިއީ އާއްމުންނަށް އަތްފޯރާ ފަށުގައި ހުރި ތަންތަނެއް ނޫން،" ސަލީމް ވިދާޅުވި އެވެ.

"ވަގުތު" އާއި ވާހަކަދެއްކި ކުރީ ސަރުކާރުގެ އޮފިޝަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އަގުބޮޑު ކޮޓަރިތަކެއް ތައްޔާރު ކުރުމުގެ އެއް ބޭނުމަކީ ރާއްޖޭގައި ތިބި މުއްސަނދިންނާއި، ރާއްޖެ އަންނަ ބޭރުގެ މުއްސަނދި ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމެވެ.

"އެންމެ ރެޔަކު ދިހަ ހާސް، ވިހި ހާސް އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ރާއްޖެ އަންނަ އެތައް ފަތުރުވެރިންނެއް ރާއްޖެ އައުމުގެ ކުރިން ރާއްޖެ އިން އެބޭފުޅުންނަށް ސިއްހީ ފަރުވާ ލިބޭތޯ ޗެކް ކުރޭ. އެހެންކަމުން އެބޭފުޅުންނަށް އެކަށީގެންވާ ޚިދުމަތެއް ދެވޭނެ ފެންވަރު ހުންނަން ޖެހޭނެ. ދަރުމަވަންތަ ހޮސްޕިޓަލުން އެފަދަ ޚިދުމަތެއް ދެވޭނަމަ ސަރުކާރަށް ބޮޑު ނަފައެއް ވެސް ހޯދޭނެ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެ، އެތައް ތަޖުރިބާއެއް ލިބިފައިވާ މަހުޖަނުންތަކެއް ހުޅުމާލޭގައި އަގުބޮޑު ހޮސްޕިޓަލެއް ތަރައްޤީ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް މެޑިކަލް ޓްއަރިޒަމް ފުޅާކުރުން ކަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލްގައި އަގުބޮޑު ފްލޯތަކެއް ތަރައްޤީ ކުރަން ކުރީ ސަރުކާރުން ނިންމީ ވެސް މެޑިކަލް ޓްއަރިޒަމް އިން ދައުލަތައް ފައިދާ ހޯދަން ކަމަށެވެ.

"މި ފްލޯތަކުގައި ޚިދުމަތް ދެވޭނަމަ ދަރުމަވަންތަ ހޮސްޕިޓަލަށް ދައުލަތުން ކުރި ޚަރަދު އަނބުރާ ހޯދުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް. ނަމަވެސް މިސަރުކާރުން އެވަނީ އެ ފްލޯތަކަށް ބަދަލު ގެންނަން ނިންމާފައި. ވަރަށް ހިތާމަހުރިކަމެއް މިއީ. ވަރަށް ބޮޑު ޖަރީމައެއް އެހިންގަވަނީ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަވައްޓެރި އިންޑިއާ އާއި ލަންކާގެ ހޮސްޕިޓަލްގައި ވެސް މިގޮތައް ޑިޒައިން ކޮށްފައި ހުންނަ އެޕާޓްމަންޓްތައް ހޮސްޕިޓަލްތަކުގައި ހުންނަ ކަމަށާއި ދިވެހިން ވެސް އެތަންތަނުން ޚިދުމަތް ހޯދާ ކަމަށެވެ.

"އޭޑީކޭ އާއި ޓްރީޓޮޕް އިން ޚިދުމަތް ހޯދަން ދިވެހިން ވެސް ބޮޑު ޚަރަދެއް ކުރޭ. ދިވެހިންގެ ތެރޭގައި އެބަތިބި މުއްސަނދިން. ވަރަށް ހަމަނުޖެހޭ ވާހަކައެއް ދެއްކުމަށް ފަހު މިސަރުކާރުން ބޮޑު އިންވެސްޓްމެންޓެއް އެހަލާކު ކޮށްލަނީ." އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރި ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިމި، މިހާރު އެހޮސްޕިޓަލަށް އައިޖީއެމްއެޗްގެ ޑިޕާޓްމަންޓްތައް ވަނީ ބަދަލު ކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. ލޮލް

    ސަޅި. އެއީ މިސަރުކާރުުން ހިންގާ އެންމެ ބޮޑު ޖަރީމާ އަށް ވަންޏާ އޯކޭ! 2 ބިލިޔަން ދަވާނުލަނިކޮށް . ބެންޗް މާކު ޖެހީ ޔާންޓޭގެ ވަގު ސަރުކާރުން!
    ނުކެރެނެ މި ކޮމެންތް ޖަހާކަށް! އެކަމް އިއްވާލެވުނީތީ އުފާކުރަން

    36
    175
    • ފަލަ ފަލަ

      ކޮބާތަ އައްޑޫ ކޮންވެންސަން ސެންޓަރުން ކާލި ލާރިގަނޑު.

      77
      4
    • Anonymous

      ޔޯ ކަލޯ. ވަގު ކިނބޫ ބެންޗްމާކް ކަޓައިފި 6 މަސް ތެރޭ. އެކަމު ކަލޭމެން ރީނދޫންނަކަށް ހަޖަމެއް ނުވާނެ. ހަޖަމް ނުވިޔަސް ގޮވާނެ އެއްޗެއް ގޮވާނަން. އެއޮތީ ކޮމެންޓް ވެސް ޖަހާފަ. ދެން ލަލަލާ.

      77
      7
    • Anonymous

      ވަގުން ވީމަ ކޮނަމެ ކަމަކުންވެސް ހީވާ ނީ ދަވާހެން. މިސަރުކާރުގައި ތިބޭނީ އަދި މިސަރުކާރަށް ސަޕޯޓަ ކުރަނީވެސް ވަގުން. ފޭރޭމީހުން. ސަލާންޖަހާ ނާށިގަނޑު ސަލާންޖަހާ މީހޖޏަ ދިމާއަށްވެސް ދިެްކުރާ މީހުން.

      69
      4
    • Anonymous

      ޔާމީން ދިވެހިންމަށް ކޮށްދީފަ ހިރި ަަގުނުކުރެވޭ މަސައްކަތް ދެނުނީމަ ހަސަދަވެރިންނަށަ އަސަރުކުރާނެ.

      83
      4
    • ުުުހހހހ

      ކޮނަ ސަޅިއެއް. ދިވެހިންނާ އެކަށޭނަ ވަރަށްވުރެ މާ މުއަސަނދިކަންތަ އެއީ. ވީދިފަ އޮތް މުނަޑުގަނަޑެއް ލައިގެން ކަލޭ ހުރެބަލަ.

      23
      9
    • Anonymous

      ވަގުނޫން އެއްވެސް ބައެއްނެތް، ހުސްވަގުން ތިބީ، މިސަރުކާރުން ރޯމާދުވާލު ކުރާ ވައްކަން ކުޑަތަ،ކަލޭމެންނަށް އިނގޭނީ ތަންތަން ދޮވެސާފުކުރަން، އެކަން ވަރަށް ރަނގަޅަށް ކުރަމުން އެބަގެންދޭ، ހީވާގޮތުން މިފަސްއަހަރު ނިމޭއިރު މިގައުމުގެ ރުއް ގަހެއް ހުރުމާ ދޭތެރޭވެސް ޝައްކު.

      65
      3
    • ހައް

      މިއޮތީ ޖަހާފަ މިއީ އެވަރުގެ ކޮމެންޓެއްތަ؟ ޕުއް

      35
      2
  2. ހަރީޝް

    ރީދޫ ބައްޔަކީ ވަބާއެއް

    96
    8
  3. އަފީ

    7 މަސްވީ ސަރުކާރަށް 1.8 މިލިއަން ދަވާލައިފި! ދައުލަތުގެ ރިޒާވް އަޑިށް ލައިފި! މިވަރުން ފުދޭނެ

    97
    6
    • Anonymous

      މިލިޔަނެއް ނޫން. ބިލިޔަން.

      45
      1
  4. ޓެކުނީޝަން

    ތިޔަ ބަންދުގެ ވިސްނުން ހުންނާނީ ޖީއެމްއާރައް ވިއްކާލުން..ސަލީމަކީ ޖީއެމްއާރުގެ ޕަޕަޓެއް.. ހަގީގަތުގަ ތިޔަހޮސްޕިޓަލްގެ ތިޔަކަހަލަ ކިތަންމެ ޕުލޭންތަކެއް ހަލާކުކުރާނެ.

    85
    2
  5. ނަޝީދު

    ބަޔަކު ތަނެއް ހަދާފައި ދިނީމައި އެތަންތަނާއި ކުޅެ ބޭނުން ނުހިފޭގޮތް ތިބެގެން މިހަދަނީ ވާނުވާ ނޭންގެ ހުރިހާ ކަމެއް އޮޅިގެން ކުރެވޭ ސަރުކާރެއް މިނޫނީނެއް ޖަލުން މީހުންތައް ދޫވަނީވެސް އޮޅިގެން ކީކޭ ބުނާނީ ދެން އޮޅިގެން އިސްތިޢުފާ ދީފައި ގެއަށް ވަދެ އޮވެބަލަ ވެރިކަމަށް ދަހިވެތިވެ އަމިއްލަ އެދުމުން ފޯވެގެން އައިބައެއް. އިންޑިއާ އަށް ބޭސްފަރުވާ ކުރަންދާ މީހުން މަދު ވެދާނެތީ އެކަމާ އެއުޅެނީ.

    75
    4
  6. އިމްރާން

    ބަލަ ބަންދޭ، ދިވެހިންގެ މުއްސަދިންނަކީ ވ މުއްސަދިން، އެއީ ރިސޯޓް އޯނަރުންނާއި ބޮޑެތި ވިޔަފާރިވެރިން އަދި ރިސޯޓްތަކަށް އަންނަ ބިލި ނަރުންނާއި ދުނިޔޭގެ މަޝްހޫރު ތަރިން.
    ހޮސްޕިޓަލެއް މަޝްހޫރުވީމާ ހުސްއެކަނި ފަރުވާ ހޯދާނީ ލޯކަލް މީހުންނެއްނޫން... ތިފަދަ ބޮޑެތި އިންވެސްޓްމަންޓަކީ ދިގު މުއްދަތުން ރިކަވަރ ކުރެވޭނެކަންކަން، ތިކަމުން ރ ޔާމިނަށް އެއްވެސް ގެއްލުމެއްނުވާނެ ހަމަ ގެއްލުންވާނީ ދިވެހިންނަށް،،،
    އޭޑީކޭން... 1000 ކޮޓަރި
    އައިޖީއެމް އެޗް 600-900 ރ
    ޓްރީޓޮޕް،،،، 1000-1500
    އެކަމަކު ކޮޓަރި ނުހުރޭ، ދިވެހިންނަކީ މިއަދު ފޯރާބަޔެއް.... ރާއްޖެފަނާ ނުކޮށް ދުރަށްދޭބަލަ...

    74
    2
  7. ޔޫތު

    މީހުންނަށް ވަގަށް ގޮވާއިރު ސަރުކާރުގައި ތިބީ ޒީރޯ ޓޮލަރެންސްގައި މަސައްކަތް ކުރާ ކިތައް މިނިސްޓަރުންތޯ އެނގިހުރެ މިބުނަނީ ރިޝްވަތު ނުކާ އެކަކުވެސް މިނިސްޓަރަކަށް ނެތް. ކޮން ޒީރޯ ޓޮލަރެންސެއް ކިޔާކަށް.. އަނގަ ނުހުޅުވާ ތިބޭ ކުރީ ނާޝީދު ގެ ސަރުކާރުން ވައްކަން ނުކުރާ އެއްމެ މިނިސްޓަރެއްވެސް ހުރިތަ ކީއްވެ އެ ކަންކަމަށް ޖަވާބު ދާރީ ނުވީ.. އަސްލަމް ވަގަށް ނެގިހާ ފައިސާ ކީއްވެ ވައްކަން ނުކުރާނަމަ ސަރުކާރަށް އަނބުރާ ފައިސާ ދެއްކީ ވަގުން ހުސްވަގުން ޔާމީނޭ ނުކިޔޭނެ ހިތަށް އެރިހާ ގޮތަކަށް..

    66
    2
  8. Anonymous

    ޖަޒީރާ ސަރުކާރެއް ހިންގާއިރު ބޭނުމެއްނުވާނެ އެއްވެސް ހޮސްޕިަތަލެއް، އަދި ތިފަދަ ހައިލެވެލް ހައި ކޮލިޓީގެ ތަރައްގީއެއް މިގައުމުގެ މިހާރުގެ ވެރިން ލޮލުންދެކެންވެސް ބޭނުމެއްނުވާނެ އަދި އެފަދަ ތަރައްގީތަކަށް ހަޖަމުކުރެވޭނީ ރައީސު ޔާމީނުފަދަ ގައުމާއި ރައްތުންނަށް ހެޔޮއެދޭ ޙިކުމަތްތެރި ގާބިލު ރައީސުންނަށް، މިސަރުކާރު އެއްމެ އިސްކަންދީގެން ހިންގަނީ ޖަރީމާތަކެއް، އެގޮތުން ކުރީސަރުކާރަކުން ކޮށްފަހުރިއްޔާ ހުރިތަރައްގީއެއް ނަތްތާލަމުންދާތަން މިފެންނަނީ، އަދި މިހާރުވެސް އެބުނަނީނުން ކޮންކްރިޓުން ގައުމު ޒީނަތްތެރިކުރާކަށް ބޭނުމެއްނޫނޭ، އެއިގެ މާނައަކީ ވެއްޔާއި ރުކުފަނުން ޒީނަތްތެރި ކޮށްގެންނޭ ހަގީގީ ޖަޒީރާއެއް ދައްކާލެވޭނީ

    60
  9. ސޮރީ

    ޥަގުތ އިސް ބަޔާސްޑް، މި ކޮމެންޓް ވެސް ޖަހާކައް ނުކެރޭނެ. މި ސަރުކާރު އައީ ފުރިހަމަ އަގުލަބިޔަތުން.. ޔޫ ގޮޓް ޓު ކަޓް ދެމް ސަމް ސްލެކް. ރިޕޯޓް ކުރާނީ ފުރިހަމަ މައުލޫމާތު ލިބުނީމަ. އަދި އެނގޭނެ.

    9
    52
    • Anonymous

      ކޮންމެ ސަރުކާރެއްވެސް އަންނަނީ އަޣްލަބިއްޔަތުން. އޭގެމާނައަކީ ރައްޔިތުންގެ މުދާ ނުބަލަހައްޓާ ހަލާކުކޮށް ފަނާކޮށް، ރައްޔިތުންގެ ފައިސާ އިސްރާފުކުރާށޭތަ؟

      44
      3
  10. ހެއްލުމަކީ ގެއްލުމެއް

    އެއްޗެއްގެ ފެންވަރާއި ބޭނުން އެގޭނީ އެއެއްޗެއް ދަންނަމީނުންނަށެވެ. ރައީސް ނަޝީދުގެ ދޮގުވާހަކަގައި ޖެހި ހެއްލުނު މީހުނަކަށް ނޭގޭނެ..
    ދަރުމަވަންތަ ހޮސްޕިޓަލްގެ އިންފްރާ ސްޓްރަކްޗަރ ފެންވަރަކީ ސިްނގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓލާއި ތައިލެންޑްގެ ބުމްރުން ގުރާޑު ހޮސްޕީޓަލްގެ ފެނވަރު... ނިކަން ގޮސް ބަލާބަލަ..
    އަނެއްކަމަކީ އެތަން ހެދީ ދިވެހިންނަށް ރަނގަޅު ޚިދުމަތައް ދިނުމަށް.. ވީމާ މިހާރު މިތިބަ ގަމާރުންގެ ޖަޒީރާ ކޮންސެޕްޓައް މިތަކް ކަމަކުނުދާނެ.. ނުވަސް އެގޭނެ...

    59
    1
  11. ދެކޮޅުޖޭހޭ

    މެޑިކަލް ޓުވަރިޒަމް ބޮޑުވެގެންދޯ ޓީރީޓޮޕް ފެންވަރު އާންމު ފެންވަރާ އެއްވަރު ކުރަނީ .ތިހާ ޤައުމުވެގެން އުޅޭއޮފިޝަލް ނަން ޖަހާލިނަމަ ދޯ

    4
    43
  12. މަސް ހިޔަޅު

    އަގު ބޮޑު ކޮޓަރިއެއްގަ އޮވެވުނީމަ ނިމުނީއެއް ނޫނޭ! ފުރަތަމަ ރަނގަޅު ފެންވަރުގެ ބޭސްފަރުވާ ލިބޭނެ ގޮއިތް ހަދާބަލަ! ހޮސްޕިޓަލް އަޅާށޭ ކިޔާފަ ބިލިޔަނުން ކާލީމަ ނިމުނީކީ ނޫނޭ!

    10
    51
    • ޙައުލާ

      ކަލޭމެނަށް ލިބެންވީ ވަރަށް ލިބި ނިމިފަ ތިތިބީ. ދެން ތަސްބީހަހެން ފެންނަނަހާ މީހަކަށް ވަގަށް ގޮވާ، މީހުން ހުސްވީމަ އަމިއްލައަށް ވަގަށްގޮވާ. ބޭސް ފަރުވާ ފައިބާނެ. ސިކުނޑި އުނި އެކަމަކު ހިތްވެސް މޮޅު ގަމާރު ބައެއް ރީނދޫ ޕާތީގަ މިތިބެނީ. މިގައުމުގައި ތިބި ހިރިހާ ޖާހިލުންގެ ޕާތީ ވީމަ އިތުރު ކަމަކަށް އުންމީދުވެސް ކުރާކަށް ނުވާނެ.

      27
  13. ނަމަ

    މީއަދި ރައްޔިތުންނަން ފެންވަރު ރަންގަޅު ބޭސްފަރުވާދޭން ހެދިތަނެން ނޫންތާ މުއްސަދިން އަތުން ނަފާހޯދަން ހެދިތަނެއްތާދޯ

    7
    39
    • Anonymous

      ކޮންމެ ކަމެއްވެސް ދެމެހެއްޓޭނީ އެތަނަށް ހިނގާ ޙަރަދު ލިބޭނެ ގޮތެއް އޮވެގެން. އަހަރެމެން ފައިސާ ނުހޯދާތަ ދިރިއުޅުމުގެ ހުރިހާ ކަމެއް ފުރިހަމަ ކުރަނީ.

      24
      1
  14. އުދާސް

    ތީ ހަމަ ވަރަށް ބޮޑު ޖަރީމާއެއް. ތިގޮތަށް ފްލޯތަކަށް ބަދަލުކޮށްގެން އެތަން ހަލާކުކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. ކުރީފަހަރުވެސް ވެރިކަމށް އައިސް ރައީސުން ނަށް ޚާއްޞަ ކޮށް ހެދި އަގުބޮޑު ގަޑުވަރު އެހެރީ ސުޕްރީމް ކޯޓަށް ހަދާފަ. ޓެކްސް ފައިސާ ނަގައިގެން މިކަހަލަ ޖަރީމާތައް ނުހިއްގުމަށް ގޮވާލަން.

    50
    1
  15. އަފްލާ

    މިސަރުކާރު 5އަހަރު ބިމޭނީ ސަލާން ޖަހައި ގައުމު ނުހިންގި ފެއިލް ވެގެން 7 ވީ އިރު ސިމެންތި ހަނދިޔެއްވެސް މިސަރުކާރުން އެޅިފަ ނެތް އަދިވެސް ތިކަނޑަނީ ރ ޔާމީނުގެ ރިބަން ކަލޭމެން ގުދޯ ގޮވާއިރު ފަނާކުރި 3އަހަރު ނިމުނީ ގައުމު ހަލާކު ކޮއް ވީރާނާ ކޮއް އެބްމެފަހުން އިސްތިއުފާދީފަ ޝަރުޢީ ދާއިރާ 20 އަހަރު ފަހަތައް ޖެއްސީ ކަލޭމެން ތިހާ ސާފް ނަމަ 2012 ފެބްރްއަރީ 8 ގަ ހިންގި ބޮޑު ހުޅުވެސް ތަހްގީގް ކުރަންވީނުން ތަންފޮރު ނޭނގުނަސް ބޮޑުވަރު ދޯ

    28
    1
  16. Anonymous

    ރީނދޫ ގުންޑާއިންނަށް ހީވާނީ އެހެން އެންމެންވެސް އެމީހުންހެން މޮޔަހެން. ސިހުރުގަ ޖެހުނީމަވެސް އެހެންވާނެއެއްނު.

    41
    2
  17. އ. ޖ. އ

    މިއަށް ކިޔަނީ ޖަރީމާ އެއް ނޫން.. ތަފާތުކުރުން ނައްތާލުން..

    3
    21
  18. Anonymous

    ރައީސް ޔާމީން ދިވެހިންނަށް ގެނެސްދިނީ ބެކްޔާޑް ތަރައްޤީއެއް ނޫން. ސްކޭންޑިނީވިއާގެ ގައުމުތަކުގެ ތަރައްޤީ. އެކަމަށް ހަސަދަވެރިވާނީ މިގައުމުގައި ތިބި ދިވެހިންގެ ދުޝަމަނުން. ދިވެހިންނަށް ލިބެންޖޭ މިންވަރަށްވުރެ ފުރިހަމަ ވީމަ ކަމަކު ނުދާނެ.

    33
    1
  19. ކުރީ ސަރުކާރުގެ އިސް އޮފިޝަލް

    އެއީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ބޮޑު ޖަރީމާއެއް

    1
    37
  20. Anonymous

    އެއީ ހަސަދަ. ހިތަށް އުނދަގޫވަނީ. އެވަރުގެ ތަރައްގީއާ ފުދުންތެރިކަން ދިވެހިންނަށް ހޯދާ ދިނުމުގެ ގާބިލްކަން މިސަރުކާރުގައި ނެތީމަ ދެން ކޮންމެވެސް އެއްޗެއް ކިޔަންވާނެ ނު ދޯ.

    60
    1
  21. ދިވެހި ވިންދު

    ރައްޔިތުންނަށް އޮޅުވާލަން ދަރުމަވަންތަ ހޮސްޕިޓަލާއި ބުރިޖު އަގު ބޮޑޭ ކިޔައިގެން ވެރިކަމަށް އައި ބައިގަނޑަށް އެޔަށްވުރެ އަގު ހެޔޮކޮށް އެ މުއްދަތުގައި އެ ދިގުމިނުގެ ބުރިޖެއް އަޅައި، އެ ފެންވަރުގެ އެ އސުްމިނުގެ އިމާރާތެއް އަޅާފަ މީހުންނަށް ވަގަށް ގޮވާނީ، ވައްކަން ކުރުމަށްޓަކައި މީހުންނަށް ވަގަށް ގޮވަމުން އައި ވަގުންތަކެއް މިހާރު އެތަނާ ހަވާލުވެގެން އެ ތިބެނީ.

    31
  22. ދިވެހިން

    އެމްޑީޕީ ވެރިކަމުގައި ކުރާހާވެސް، ކުރިހާވެސް ކަމަކީ ތަންތަން ފަނާކުރުން. އެމްޑީޕީ ފިކުރަކީ ފަނާކުރުވަނިވި ފިކުރެއް. އެމީހުން ނަމޫނާއަކަށް ބަލާ ޔޫރަޕު އަދި އެމެރިކާއިންވެސް މިހާތަނަށް ނެތް އެއްވެސް އިސްލާމީގައުމަކަށް ތަރައްގީއެއް ގެނެސްފައެއް. ހަމަ ފަނާކުރީ. މިހާވަރުން ދަންޏާ މިތާތިބި 100% މުސްލިމް ދިވެހިންވެސް ފަނާކޮއް ގަތުލްއާންމު ހިންގާނެ

    28
  23. ސާމިރ

    ކުރިން ހަމަތިގޮތައް ތީމުގެ ސްޕުރިމްކޯޓްއައް ބަދަލުކުރުމައް އިމާރާތުގެ ސީޓްތައްތޮރުފާ މުޅިތަނައް ބަދަލުގެނައީ އަންނިގެ ގާތްސޮރަކައް ލާރިގަންޑެއް ދޭންވެގެން

    28
  24. އިކްލީލް

    މި ސަރުކާރަށް ލިބުނީ ފަސްމީހުން ޚަރަދުކޮށްގެން ޞައްޙަ 40000 ވޯޓް! ދެން އިތުރަށް ގުނި ވޯޓުތަކަކީ ޝަރީފްމެދުވެރިކޮށް ވައްކަންކޮށްގެން ދަވައިލި ވޯޓު! އެގިއްޖެތަ؟

    27
    3
  25. ޒާ

    ކަމެއް ކުރަން ނުދަންނަ ދުނިޔޭގެ އާޑުފާޖާ ނުދަންނަ ގަމާރުން ކަންކަމާއި ހަވާލުވީމާ ވާނެ އެތި މިވަނީ. ދެންބުނާނެ ދަރުމަވަންތަވެސް ނުހިންގޭނެއޭ ޚަރަަދު ބޮޑުކަމުން. ސަރުކާރުގައި ނެތް އެއްވެސް ކަމެއްގައި ދައުލަތަށް ނަފާހޯދޭނެ އެއްމެ ބޮލެއްވެސް.

    25
  26. ޝިޔާމް ރީޖަނަލް

    ތިކަހަލަ ކިތެއްޖަރީމާ؟ރީޖަނަލް އެއަރޕޯޓްތަކަށް ސާމީ އަގީލު އަޑީގައި ހުރެގެން ގެނައި ބާ ވެހިކަލްތަކާ މިސަރުކާރުން ހަވާލުވުމަކީ ޖަރީމާއެއް ނުންތަ؟ގދ.ކާޑެއްދޫ އެއަރޕޯޓަށް ފޮނުވާފައި އޮތް ފަޔާރ ވެހިކަލް ބަލާލަބަލަ.ދޮރެއްލއެްޕެނީއަކީނުން.ޓޭންކްގެ މަތިގަނޑެއްހުރީއަކީނުން.ދަބަރުޖަހާ ވެލްޑިންގ އަޅާފަ.މިނިސްޓަރ އަލީ ވަހީދުވެސް އެވެހިކަލް ބެލި. އެކަންވެސް ހަމަ އޯކޭތޯ؟

    6
    6
  27. ވިސްނާ

    އަގުބޮޑު ބޭކާރު ކަންތަަކަށް ޚަރަދުނުކުރައްވާ ވެރިކަމަށް ވަޑައިގަތުމަށް ވެލައްވާފައިވާ ވަޢުދުތައް ފުއްދެވުން ރަށްޔިތުންނަށްމާފައިދާކުރާނެ ޖަރީމާހިންގުމަކުންމަކުން ގައުމާ،ގައުމުގެ ރަށްޔިތުންނަށް
    ފައިދާއެއްނުކުރާނެ މިހެންމިބުނީ ދަރުމަވަންތަހޮސްޕިޓަލް ތަޅާލައްވާ އެތަނު އެހެންހޮސްޕިޓަލެއް
    އަޅުއްވަން ނިންމަވާފާނެކަމަށް މިހާރުހުރިތަނަށް ބަދަލުނުގެނެސް ޚިދުމަތްދެއްވާ ބަދަލުނުގެނެސް
    ޚިދުމަތްދެވެން ނެތީތޯ؟

    16
  28. ޢަހުމަދު

    ޙާސް ނުވޭ. ޥެރިކަން ބދަލުވީމަ ރީޑިސައިން ކުރާނީ

    8
    2
  29. ރިހާކުރު

    މޮޔައިން ވަރަށްގިނައިން ހޭކަމަށް ދީރާސާތަކުން ދައްކާ

    25
    4
  30. ވގ

    ނިމިދިޔަ ސަރުކާރުގެ ސިޔާސީމީހުންނައް ތައްޔާރުކުރިތަނެއް ބޭނުންކުރެވޭގޮތް ނުވީމަ ކަޑަވީ

    3
    21
  31. އަންނި

    މޯދީ ބުނެގެން ތަނުގެ ފެންވަރު ދައްކުރަނީ ރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާއަށްދާ ދިވެހިންގެ އަދަދު މަދުވެދާނެތީ! އެހެންނުވާނި މާރީތިކޮށް ވައިގެމަގުން ގުޅުވާލެވެންއޮތް ކޮޗި އާ ރާއްޖެއާ ދެމެދުވެސް ކަޑުމަގުން ފެރީދަތުރު ކުރަން ވިއްޔަ އެ ވިންނަނީ. ޕެސިންޖަރ ލައިނެއް ބޭއްވި ނަމަވެސް ތަންކޮޅެއް ތާހިރުވީސް ތޯއްޗެ.

  32. ހޭއަރާ

    މިދެން ކިހާ ބޮޑުކަމެއް. ތަނެއް ހަލާކުވީމާ މަރާމާތުކޮށްދެނީކީ ނޫން. ބަލާބަލަ ތިއޮއް ބްރިޖެއް. ޑިވައިޑަރުތައް ހަލާކުވެފަ އޮންނަތާ ކިހާދުވަހެއް ވެއްޖެ. ހަދާކަށް ނޫޅެއެއްނު. ގައިމު ކެނެރީގޭ ނަޝީދުވެސް އެ ބްރިޖްމަތިން ދަތުރުކުރޭ. ދެން އެހާ ފުރިހަމައަށް ހަދާފަ އޮތް ހޮސްޕިޓަލް ހަލާކުކޮށްލަންވީ. ޙޮސްޕިޓަލްތައް ހަދާފަ ހުންނަނީ ތަފާތު ފެންވަރުގެ މީހުންނަށް ތަފާތުކޮށް ކަމެއް މި ތަނެއްދޮރެއްނޭގޭ ސަލީމަކަށް ސާފެއް ނުވޭ. ތިމާއަކީ މިހާރު އަގެއްހުރި މީހެއްނޫންކަމާއި ދައްކާ ވާހަކައިން ރައްޔިތުން އަންނަނީ ރުޅިކަމެއްވެސް މިއަކަށް ނޭގޭކަމީ އަޖައިބެއް.

    16
  33. ސަމާ

    ދިވެހިދައުލަތުން އެހާބޮޑުޚަރަދު ތަކެއް ކޮށްގެން ކޮށްފާ ހުރި މަސައްކަތެއް ހަލާކުރުމަކީ މިސަރުކާރަށް ހެދޭ ޅައެއްޗެއް.ޒާތީ ޙަސަދަ ފިލުވާލުމަށް ކުރާކަމެއްކަމަށް ތިކަން ނުކޮށް ވަގުތުން ހުއްޓާލާ. ތިޔައި ދިވެހީންގެ ފައިސާއިން ކޮށްފައި ހުރި މަސައްކަތެއް. އިތުރަށް ބަދަލުގަެންނަން ކުރާ މަސައްކަތަށް ވެސް އަގުދޭނީ ދިވެހީންގެ ފައިސާއިން. މިމީހުން ނަށް ދިވެހިރާއްޖެ ދިފައިވަނީ ތަބަކަށް ލާފައި. މިމިޙުންގެ އެއްވެސް ޙިއްސާއެއް މަސައްކަތެއް. ނެތް ކަންކަމަކަށް ގޮތްގޮތް ނަހަދާ.

    14
    1
  34. Bolbey

    Is there a government in the Maldives now.
    Dead slow

  35. ޖޯޝް

    ކުރިން ވައްކަން ކުރިމީހުން ގެ ވާހަކަ ފަނޑު ވާނީ ....ކުރިޔަސް ނުކުރިޔަސް އެހެން މީހުން ނާދިމާ ލަށް ވަގަށް ގޮވާގެން. އެހެން ނޫނަސް މިހާ ރު ވެއްޓުނު ސަރުކާ ރު ގެ ކުދިން ގެވވަޒީފާ އަކީ އެއީ.....ސަލާމް

    10
  36. Juhaa

    އައި.ޖީ.އެމް ހޮސްޕިޓަލް ހިންގަން މިހާރު ހުރީ ޖީ.އެމް.އާރއަށް އެއަރޕޯޓް ވިއްކާލި ކަލޭގެ.

  37. އަލްޖިބްރާ

    ދަރުމަވަންތަ ހޮސްޕިޓަލް ހަދަން އަގުގެ ޑަބަލް ދަވާލީ ކޮން ސަރުކާރަކުންތަ ؟ އަގަގަޅާތި!

    1
    8
  38. ޙަމް

    ޙޮސޕިޓަލް ޑިޒައިން ކުރި މީހުން ޑިޒައިން ކޮއްފަހުރީ އެންމެ ޒަމާނީ ކުދި ކުދިކޮށް ހުންނަ އިކްވިޕްމަންތްސް ލާގޮތަށް. ސަރުކާރުން އަގުހެޔޮ ކުރަން ވެގެން ގެނައީ ބޮޑެތި ކޮށް ހުންނަ ކުރީ ޒަމާނުގެ އިކްވިޕްމެންތްސް އެ އެއްޗެތި ވައްދައިގެން ދޮރެއް ނުލެއްޕޭ. ޜޫމް އެއްކޮށް ފުރުނީ. ދެން ނުތަޅާ އުޅެވޭނީ ކިހިނެއް.

  39. ޟުން

    ޙުރިހާ ޖަރީމާއެއް ހިންގަނީ ޔާމީނު ޢެކްސްރޭ މެޝިން ބަހައްޓަން ކުރިން ބޭނުންވާ ސައިޒްގެ 1/2 ގަ މިހާރުގެ އެކްސްރޭ މެ ސިނެއް ބެހެއްޓޭނެ. ޢަގުހެޔޮ ކުރަން ގެނެއްސަ ޚުރީ ކުރީ ޒަމާނުގެ އެކްސްރޭ މެޝިން . ޢެ ގެނެސްގެން ތަނަށް ފިޓްނުޥީމަ ތަޅަން ނުން ޖެހޭނީ.