ރާއްޖޭގެ ސިއްހީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޑރ.ފަރުޒާނާ ޚާތޫން ނިޔާވެއްޖެ އެވެ.

ފަރުޒާނާ ނިޔާވީ އިނގިރޭސިވިލާތުގައި ފަރުވާ ދެމުން ގެންދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ފަރުޒާނާ އަކީ ކަރުންމަތީގެ މަޝްހޫރު ޑރ.މުހައްމަދު ވަހީދުގެ އަނބިކަނބަލުންނެވެ. މިދިޔަ ރޯދަ މަހުގެ ފަހުކޮޅުން ފެށިގެން ފަރުޒާނާ އޮންނެވީ ކޯމާއެއްގަ އެވެ.

ފަރުޒާނާ އަކީ ޕާކިސްތާނަށް އުފަން ބޭކަނބަލެކެވެ. ރާއްޖެއަށް އޭނާ ފުރަތަމަ ވަޑައިގެންނެވީ ތެލެސީމިއާ ސެންޓަރުގެ ވަޒީފާއަކަށެވެ. މީގެ 10 ވަރަކަށް އަހަރު ކުރިއާއި ހަމައަށް އޭނާ ހުންނެވީ ތެލެސީމިއާ ސެންޓަރުގެ ސީނިއާ ރަޖިސްޓްރާ އިން މެޑިސިންގެ މަގާމުގަ އެވެ.

ފަރުޒާނާ ސަރުކާރަށް ޚިދުމަތް ކުރައްވާތާ 20 އަހަރު ވުމާ ގުޅިގެން އޮކްޓޫބަރު 31 2002 ގައި ވަނީ ސަރުކާރުން ވަނީ އޭނާ އަށް ޕެންޝަން ދެއްވާފައެވެ.

ރިޓަޔާ ކުރެއްވުމަށް ފަހު ފަރުޒާނާ އިނގިރޭސި ވިލާތުގައި ދިރިއުޅުއްވި ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގަންނަވަ އެވެ. އެންމެ ފަހުން ރާއްޖެ ވަޑައިގަތީ މިދިޔަ ރޯދަ މަހު އެވެ.

ފަރުޒާނާ ނިޔާވުމާއި ގުޅިގެން ވަރަށް ގިނަ ދިވެހިން މީސް މީޑިއާގައި ހިތާމަފާޅުކޮށް ފަރުޒާނާ އަށް ހެޔޮ ދުޢާ ކުރަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބޮޑުބެ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    66
  2. އަދާލަތު

    އަލް-މަރުޙޫމާ ޑރ. ފަރުޒާނާ ވަޙީދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. ޢާއިލާޔަށް ދުޅަހެޔޮކަމާއި، ކެތްތެރިކަން ދެއްވާށި. އާމީން

    35
  3. ނަމަ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    25
    1
  4. މިނާ

    ވަރަށް ރަނގަޅު ބޭފުޅެއް..ހިތްތިރި އޯގާތެރި ޑޮކްޓަރެއް. މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތަ ލައްވާށި

    31
    1
  5. ޢަލީ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    21
    1
  6. Anonymous

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    13
  7. ޝަކީލާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    14
  8. މސ

    މަރުހޫމާ އަށް ހިޔޮރަހްމަތް ލައްވައި ސުވަރުގޭގެ
    ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން.

    15
    1
  9. ހެޔޮއެދެ

    انالله وانااليه راجعون

  10. ޖ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

    10
  11. ރ.ޑ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ވަރަށް ހިތްހެޔޮ ޑޮކްޓަރެއް މަރުހޫމާގެ ފުރާނަައައް ސުވަރުގޭގެ ދާއިމީ ނިއުތް މިންވަރު ކުރައްވާށި އާމީން

    • ޢެމް އެސް

      إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ