ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، މިއަދު އަދި އިތުރަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު އިންޒާރު ނެރެފިއެވެ.

ހުދު އިންޒާރު ނެރެފައި ވަނީ ގއ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އިންޒާރު ނެރެފައި ވަނީ މިއަދު މެންދުރު ފަހު 14:15 އާއި ހަމައަށެވެ.

އިންޒާރު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނަަށްް އުތުރު އަތޮޅުތަކަށް ވައި ގަދަ ވާނެ ކަމަށް ލަފާ ކުރެވެއެވެ.

ރާއްޖޭގެ ކަނޑުތައް މަޑުވި ނަމަވެސް، ވިލާގަނޑުގައި އުތުރު އަތޮޅުތަކަށް އާދައިވަރަކަށް ގަދަވާނެެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވެއެވެ.

އިއްޔެ ވެސް ބައެއް ރަށްތަކަށް ވަނީ އުދަ އަރާފައެވެ.