މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ޕިކަޕެއްގެ ކުރީ ދެފުރޮޅު ފަޅައިގެންގޮސް ޕިކަޕް ކޮންޓްރޯލް ނުކުރެވުމުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ވިދާޅުވީ ރޭ 2:14 ހާއިރު ހުޅުމާލެ އިން މާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއްގެ ކުރީ ދެ ފުރޮޅު ފެޅި ކޮންޓްރޯލު ނުވެ، އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.

ރޭގެ އެކްސިޑެންޓްގައި ވެސް ހައިވޭ ރޯޑް ޑިވައިޑަރުގައި ޕިކަޕް ޖެހި ޑިވައިޑަރުތައް ވަނީ ހަލާކުވެފަ އެވެ. އަދި އެވަގުތު އެސަރަހައްދުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގައި ވެސް ޕިކަޕުން ޖެހި ބަހަށް ވެސް ވަނީ ގެއްލުން ވެފައެވެ.

އެކްސިޑެންޓު ހިނގި އިރު ޕިކަޕު ދުއްވަން އިން މީހާ އަތުގައި ލައިސެންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މި އެކްސިޑެންޓު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރޭގެ އެކްސިޑެންޓްގައި ވެސް މަގުގެ ޑިވައިޑަރަށް ގެއްލުންތަކެއް ލިބުނު އިރު މީގެ ކުރިން ވެސް އެކި ފަހަރުމަތިން ތަފާތު އެކްސިޑެންޓްތަކުގައި ޑިވައިޑަރަށް ވަނީ ގެއްލުން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޤާޟީ

    މިއީ ގަސްތުގައި ހިންގާ ޖަރީމާ! ރައީސް ޔާމީންގެ ތަރައްޤީގެ ވަސް ފިލުވާލެވޭތޯ ރޭވިގެން ސަރުކާރުން ހިންގާ ޖަރީމަ! ކިތަންމެ ވަރެއްކުރިޔަސް މި ސަރުކާރަށް އެކަން ނުކުރެވޭނެ!

    27
    6
  2. ނަމަ

    އަނެންކާވެސް ނިދި ޖެހުނީބާ

    17
  3. ޖޫތީ

    ދުއްވަން ވާނީ ފުރުޅު ފެޅުނަސް ކޮންޓްރޯލް ކުރެވޭ ވަރަށެވެ. ނަމަވެސް އެއާ ޚިލާފަށް މިހާރަކަށްއައިސް ވެހިކަލްތައް ދުއްވަނީ މަޑުން ދުއްވާފައި ދާއެއްޗަށްވެސް ނުރައްކާ ވާ ފަދަ ގޮތަކަށެވެ. އެއްވެސް އެނގުމެއްނެތި ބާރު ސްޕީޑްގައި އައިސް ވައަތްފަރާތުން ވެސް ކުރިއަރައިގެން ދަނީއެވެ. ސައިކަލް ލޭނުން ކާރު ވެސް ދުއްވަނީއެވެ. ކާރުލޭނުން ސައިކަލް ވެސް ދުއްވަނީއެވެ. ލަދެއް ޙަޔާތެއްވެސް ނެތީއެވެ.

    25
    2
  4. ޢާލިމް

    ދެފުރޮޅު އެކީގަ؟ އެ ކިހިނެއް ވީ ކަމެއްބާ؟!!

    16
  5. އަހްމަދު

    މައްސަލައަކީ ތިޔަވަރުގެ ކުރު ހައިވޭއެއްގާ މާމަތީ ސްޕީޑްގައި ދުއްވަން ހުއްދަދިނުން. ބްރިޖާއި ހައިވޭގައި ގަޑިއަކު 35 ކިލޯމީޓަރަށްވުރެ ބާރަށްދުއްވުން މަނާ ކުރަންވީ. އޭރުން ވަރަށްބޮޑުތަން ހައްލުވާނެ.

    11
    2