ޤަަވައިދާއި ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހައިގެން ފުލުހުން ހަފްތާއެއް ތެރޭގައި ހަތްލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައުލަތައް ހޯދައިދީފިއެވެ.

ފުލުހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ހަފްތާގައި ފުލުހުން ވަނީ 978 ވެހިކަލްގައި ސްޓިކާ ޖަހާފައެވެ.

ޕާކިންގ ވަޔަލޭޝަނސް ސްޓިކާ ޖެހުމުން، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު ނަމަ ދައްކަން ޖެހެނީ 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ 500 ދައްކަން ޖެހޭއިރު، ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.

ފުލުހުން ސްޓިކާ ޖެހި ވެހިކަލްގެ އަދަދާއި، ކޮންމެ ސްޓިކާއެއްގެ ޖޫރިމަނާ އަކީ 750 ރުފިޔާ ކަމަށް ބަލައިގެން ހިސާބު ހަދައިފިނަމަ ސްޓިކާ ޖަހައިގެން ފުލުހުން ހޯދި ފައިސާގެ އަދަދު 733500 (ހަތްލައްކަ ތިރީސް ތިންހާސް ފަސްސަތޭކަ) ރުފިޔާ އަށް އަރައެވެ.

ސްޓިކާ ޖެހުން ހުއްޓާލުމަކީ އަލަށް އިންތިޚާބުވި އެމްޑީޕީގެ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދެކެވެ. ވެރިކަމާއި އެ ޕާޓީން ހަވާލުވި ފުރަތަމަ ދުވަސްކޮޅުގައި ސްޓިކާ ޖެހުން ހުއްޓާލިނަމަވެސް ދާދި ފަހުން ފުލުހުން ވަނީ އަލުން ސްޓިކާ ޖަހަން ފަށާފައެވެ.

ފުލުހުން އަލުން ޕާކިން ސްޓިކާ ޖަހަން ފަށާފައި ވަނީ މާލޭގެ ނުވަ ސަރަހައްދެއްގައި ގަވާއިދާ ހިލާފަށް ޕާކް ކުރުމުންނެވެ. އެ ސަރަހައްދުތަކަކީ މިސްކިތްތައް ކައިރި އާއި، ކަފިހި ހުރަސްތަކާއި، ގޯޅިތަކުގެ ކަންމަތީގައާއި، ސްކޫލްތައް ކައިރިއާއި، ހޮސްޕިޓަލްތައް ކައިރިއާއި، ބޭންކްތައް ކައިރިއާއި، ބޮޑުތަކުރުފާނު މަގުގެ ތާރު އެޅި ސަރަހައްދާއި، ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދުތަކާއި، ޑަބަލް ލައިން ދަމާފައިވާ ސަރަހައްދުތަކެވެ.

ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖެހުމަކީ އާއްމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލަބަރިބޭ

    ސްޓިކާޖެހުން ހުއްޓާލާނޭކަމަށް ވަޢުދުވެގެން އައި މީހުން ދޯ މިއީ؟

    41
  2. އިސްޓިކާރ

    ދައުލަތުގެ އާމްދަނީ އިތުރުވާނެކަމަށް މިބަލަނީދެން

    31
  3. ނަމަ

    ހަތްލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދީމަ ގާނޫނު ތަންފީޒު ވޭބާ

    32
  4. ކޮރަލް

    މާމަދެވެ. ދުވާލަކު 5 މިލިއަން ހޯދޭނެއެވެ. ސިނގިރޭތް ބޯ މީހުން އަތުން ވެސް މަސައްކަތް ކޮށްލަނިކޮށް މަހަކު މިލިއަނެއް ލިބިދާނެއެވެ. އޭރުން ސިޔާސީ މީހުންގެ މުސާރަ އާ މަޖްލިސް މުސާރަ ދެވޭނެއެވެ.

    31
    1
  5. ތައްޚާން.

    ރާއްޖޭގެ ލޭނާރަކީ ސްޓިކާޖެހުން ކަމަށް މިއޮތީވެފައެވެ. ސިގިރޭޓް ބޯމީހުން އަތުން ޖޫރިމަނާ ހޯދޭނަަމަ އިޤްތިޞާދު ވަރަށް ބޮޑުތަން ކުރިއަރާ ދަނެއެވެ. ތީ ހުއްޓާލާވަރުގެ ކަމެއް ⁰ ނުފެނޭ އަދިވެސް އިތުރު ހިއްވަރެއް ކޮށްލަން ފެނެޭ.⁰

  6. މަލީޙު

    ސްޓިކާރޖެހުން: ރަންބިސްއަޅާ ކުކުޅު. 🙂

  7. عبد الرحمن

    މަދު. ހާދަ ބަޔަކު ގަވާދާޚިލާފަށް ޕާކު ކުރޭ. ތަންކޮޅެއް ބޮޑަށްވެސް މަސައްކަތް ކުރެވެން އެބަޖެހޭ.

    1
    2
  8. Anonymous

    ކިނބުލަށް ބައި އަޅަން ޖެހޭނެތާ ދޯ

    14
    1
  9. އައިމަން

    މިނޫންގޮތެއް ނެތިގެން އެހެން ހަދަނީ މިހާރު ފުލުހުން ދަނީ ގޭދޮށައް އައިސް މިބުނަނި ކޮބާހޭ ލައިސަންސް ކިޔާފަ ޖޫރިމަނާ ކޮށްލަނީ މީ ރޭގަ ފެނިފަހުރި މަންޒަރު

    7
    1
  10. އަފްލާ

    ޢިގްތިސާދީ ގޮތުން މޮޔަ ސިކުޑިތަކައް ލާރި ހޯދޭނެ އެންމެ ފަހުގެ ވަސީލަތް މަހެއްގެ މައްޗައް 1 މިލިއަން އެބަނަގާ ސްޓިކާ ޖަހައިގެން މީ ތޯ ހެއޮ ވެރިކަމަކީ އިބު ބްރީގެ ލޯވަޅު އަގުހެޔޮ ވެފަ ކުޑަވީ