އިންނަމާދޫގައި އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ފިލި ޒުވާނަކު ހޯދަން އެރަށު ރައްޔިތުން ނިކުމެ، އޭނާ ހޯދައިފިއެވެ.

ރަށުގެ ރައްޔިތުން ނިކުމެ އޭނާ ހޯދީ ރަށުގެ ވަލުތެރޭގައި ހުއްޓައެވެ. އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރ.އަތޮޅުގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ "އުނގޫފާރު.ކޮމް" ގައި މައުލޫމާތު އެނގޭ މީހަކާއި ހަވާލާދީ ބުނެފައި ވަނީ އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެ އޭނާ ފިލާފައި ވަނީ މާލެ ދާން އެޅުމުން އާއިލާ އިން އެކަމާ ދެކޮޅު ހެދުމުން އުފެދުނު މައްސަލައެއްގެ ސަބަބުންނެވެ.

އޭނާ އަކީ މަސތުވާތަކެތީގެ މައްސަލާގައި އެކި ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސައީދު

  އަމިއްލައަށް މަރުވިއްޔާ ދެރަވާނީ މަރުވިމީހަކަށް. ރެކޯޑްއޮތަސްނެތަސް މަރުވާން ބޭނުންމީހަކު މަރުވާންވީ. މުސްލިމުން މަސްތުވާތަކެތި ބޭނުންކުރާނެކަމަކަށް ގަބޫލެއްނުކުރެވެޭ.

 2. ރަށްދު

  ދަންޖެހެން އުޅުނީވެސް މޮޔައެއް ހޯދަން ދިޔައީވެސް މޮޔައިން

  2
  3
  • ތިއީ ކުށްހީ އެއް!

   ދަންޖެހެން އުޅެނީކީ ހަމަ އެކަނި މޮޔައިންނެއް ނޫނެވެ. އެއީ އީމާންތެރިކަން ކުޑަ މީހުންނެވެ. އަދި އެފަދަ މީހަކު ހުއްޓުވާނީކީ ވެސް މޮޔައިނެއް ނޫނެވެ. މީހަކު އަމިއްލަ ފުރާނަ ދުއްވާލައި، ﷲ ޙަރާމް ކުރެއްވި ކަމަކަށް އަރައިގަންނަން އުޅެނިކޮށް އެކަންތައް ހުއްޓުވާނީ ވަރަށް ވިސްނުންތެރި، ހެޔޮލަފާ ބައެކެވެ. އެފަދަ ބަޔަކަށް ގިނަގުނަ ސަވާބު ލިބޭނެ އެވެ. އަދި، މަރުވާން އުޅުނު މީހާގެ ފުރާނަ ސަލާމަތްވެ، އޭނައަށް ތައުބާ ވުމުގެ ފުރުޞަތު ލިބޭނެ އެވެ. މުސްލިމުންނަކީ ހުރިހާ ކަމެއްގައި ވެސް ރަނގަޅު ގޮތް އިޚްތިޔާރު ކުރަންޖެހޭނެ ބައެކެވެ.

   2
   1