އޫދް އަލް ސަބާޔާ އިން މަޝްހޫރު ހަތަރު ބްރޭންޑެއްގެ ޕާފިއުމް އަތަރު ނެރެފިއެވެ.

މިއަދު އެ ފިހާރައިން މަޝްހޫރު ހަތަރު ބްރޭންޑެއްގެ އަތަރު ނެރުނުއިރު، މިހާރުން ފެށިގެން މާލޭގައި ހުންނަ އޫދް އަލް ސަބާޔާ ފިހާރައިން އަތަރު ލިބެން ހުންނާނެ ކަމަށް އޫދު އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވިއެެވެ.

އޫދް އަލް ސަބާޔާއިން ނެރުނު އަތަރު ބްރޭންޑްތަކަކީ

ވަސާޗޭގެ ޑައިލާން ބްލޫ

ލަކޯސްޓޭގެ ޓަޗް އޮފް ޕިންކް

ވިކްޓޮރިއާ ސީކްރެޓްގެ ލަވްމީ މޯ

ޖޫޕްގެ ވޯވް

މިއީ އަލަށް އެ ފިރާހައިން ނެރެން ހަމަޖެހިފައިވާ ހަތަރު ބްރޭންޑެއްގެ އަތަރެވެ. މި އަތަރުތަކުގައިވެސް މީރުވަސް ދުވާނެ ކަމުގެ ޔަގީންކަން އެ ފިހާރައިން ދެއެވެ.

ޝަބީން ވިދާޅުވީ، ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި މުޅިން އަލަށް އެ ބްރޭންޑްގެ އަމިއްލަ އުފެއްދުމެއް ނެރޭނެ ކަމަށާއި، އެކަމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އޫދް އަލް ސަބާޔާ ބްރޭންޑަކީ ދިވެހިން ވަރަށް ގަޔާވާ އަތަރު ބްރޭންޑެއްކަން ފާހަަގަކޮށްލަން ޖެހެއެވެ. އެ އެ ބްރޭންޑްގެ އެކި ވައްތަރުގެ އަތަރާއި، ޕާފިއުމްވެސް ލިބެން ހުންނައިރު، އެ ބްރޭންޑްގެ ފިހާރަތަކަށް އެހެނިހެން މަޝްހޫރު ބްރޭންޑްތަކުގެ އަތަރާއި ސެންޓް އަދި ލޯޝަން ވިއްކަމުން ދެއެވެ.

މި ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަތަރު

    ކޮންތާކުބާ މިތަން ހުންނަނީ!

    6
    3
  2. ފުނަދޫ

    ޢިހުސާން ފިހާރަކައިރީގަ

    6
    1
  3. ތޭރަ

    ކަލޯ ވަރަށް ސަޅި އިނގޭ

  4. މާލެ

    ވިކްޓޯރިޔާ ސީކްރެޓުގެ އަގުޖަހާލަބަލަ