މިއަދު މެންދުރު ފަހު 1:35 ގައި ލަންކާއިން ފުރަން ޝެޑިއުލްކޮށްފައި އޮތް UL115 ފްލައިޓް އެމްޑީޕީގެ މެންބަރުން ޝޮޕިންގް ކުރަން ހަދައިގެން ޑިލޭވެއްޖެއެވެ.

މިވަގުތު ލަންކާގައި ތިބި އެމްޑިޕީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި ނައިބު ރައީސް ފައިސަލްވެސް ދަތުރު ކުރި ފްލައިޓް ގިނަ އިރުތަކެއް އެބޭފުޅުންގެ ސަބަބުން ޑިލޭ ވުމުން ގިނަ ބަޔަކު ދަނީ މީސްމީޑިޔާގައި ނުރުހުން ފާޅު ކުރަމުންނެވެ.

"ވަގުތު" އަށް މަޢުލޫމާތު ދިން މީހަކު ބުނީ، ގިނަ މެންބަރުން ފްލައިޓަށް އަރާ ވަޑައިގެންނެވީ ފްލައިޓް ފުރާ ގަޑިއަށްވުރެ ފަހުން ކަމަށާއި، ބައެއް މެންބަރުން ފްލައިޓަށް އަރާވަޑައިގެންނެވީ ނައިބު ރައީސަށްވުރެވެސް ފަހުން ކަމަށެވެ.

އެންމެ ފަހުން ފްލައިޓަށް އަރައި ވަޑައިގެންނެވީ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބެވެ. އޭނާ ފްލައިޓަށް އަރާ ވަޑައިގެންނެވީ 2 ޖަހާ ބޮޑުވި ފަހުން ކަމަށްވެއެވެ.

"މެންބަރު ޔައުގޫބް އަށް ވިދާޅުވި ކޮބާ ހޭ އެންމެން އަރައިފިއޭ، ވީޕީވެސް އަރައިފިއޭ. ޔައުގޫބް ވިދާޅުވީ ޑިއުޓީ ފްރީގައި ވިޔަފާރިކޮށްލަނީ ކަމަށް" އެ ފްލައިޓް އިން ދަތުރު ކުރި މީހަކު ބުންޏެވެ.

އޭގެ ފަހުންވެސް ޔައުގޫބްގެ ހަބަރެއް ނުވުމުން ފްލައިޓްގެ 6 ވަރަކަށް ކްރޫން އިން ބައެއް މެންބަރުން ކައިރިއަށް ގޮސް އޭނަ އަވަހަށް ފްލައިޓްއަށް އަރާވަޑައިގަތުމަށާއި ނޫނީ ފްލައިޓް އިތުރަށް މަޑު ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އިއްޒަތްތެރި މެންބަރުންގެ ސަބަބުން ފްލައިޓް ޑިލޭ ވުމުން ކްރޫން ތިބީ ވަރަށް ބޮޑަށް ހިތް ހަމަ ނުޖެހިފައި ކަމަށެވެ.

"އެންމެ ފަހު ވަގުތު ވެސް މެންބަރުން ކުށް ޤަބޫލެއް ނުކުރައްވާ. ވިދާޅުވި އަޑު އިވުނު އަޅުގަނޑުމެންގެ ފަހުން މީހަކު އަރައިފިއޭ." ފްލައިޓް އިން ދަތުުރު ކުރި މީހަކު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

 1. ރާކަނި

  އިއްޒަތްތެރި މަޖިލީހަކަސް ނުކިޔަވާ މީހުން ތިތާ ގިނައީ

  161
  6
  • ޖ

   ފުރަތަމަ އިސްކާހު ކުރަންވީ ދިވެހި ރަެްޔިތުން. ރައްޔިތުން.

   45
   3
 2. ދޮންބެ

  ފުރަތަމަ މި މީސްމީހުން އިސްލާހު ވެގެންނެއްނު ފަނޑިޔާރުގެއަކާއި އަނެއްތަނަކާ އިސްލާހު ކުރެވޭނީ.. ހީވަނީ މިއީ ދެން މާމަތީ ބައެއްހެން.. ކޮންމެ ތަނަކަށް ދިޔައަސް އެތަނެއްގަ އޮންނަ ގަވާއިދުތަކާ އުސޫލުތައް މުގުރުމުގަ ލާމަސީލުބައެއް މި އެމްޑީޕީ މެމްބަރުންނަކީ.. ހާއްސަކޮށް އެމެންގެ ރޫހާނީ ލީޑަރު..

  180
  7
 3. އަލް ނޫރު

  ވިޔާ ނުދާ ބައިގަނޑެއް...

  73
  3
 4. ބޯހަލާކު

  އަވަށްޓެރިންނަށްވެސް ދުއްޕާން މި އާލާތުންނާހެދި. އިހްތިރާމުގެ ކަންފުޅެއްވެސް ނުހުރޭ

  85
  2
 5. Anonymous

  އަލަށް ތަންތަނަށް ދިޔައިމަ ތިކަހަލަ ކަންކަންވާނެ. ބަލާލަބަލަ، ދައުލަތުގެ ބަޖެޓުންތޯ ތިދަތުރު ޚަރަދުކުރީ.

  78
  1
 6. ހުސޭނުބޭ

  މުޅި ދުނިޔެއަށް މި މީހުންގެ ނުހޮރުއްޕާން އެބަޖެހޭ!

  75
  1
 7. ޙައުލާ

  އޭތް، ޒާތްޒާތުގެ ވާހަކަ ނުދައްކާ. މިބޭބޭބޭބޭފުޅުން މިދަތުރު ކުރެްވީ ލަންކާގެ އިކޮނޮމީ ދަށްވުމުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިން ލަންކާއަށް އައިސްދިނުމަށް އެދި ގޮވާލުމަށް. ލަންކާއަކީވެސް ދިވެހި މަޖްލިހުގެ ބެލުމުގެ ދަށުގައި އޮތް ތަނެއް.

  55
  1
 8. ޙައުލާ

  ދަމާކަނޑާ ގުރޫޕްގަނޑެއް.

  62
  1
 9. އައްޑޫ މީހާ

  އެމް.ޑީ.ޕީ އަށް ނިސްބަތް ވެއްޖެތާ ބަލާނެ ކަމެއްނެތް އެއްވެސް ބަޔަކަށް އަދަބު އިހްތިރާމް ކުރުމެއް ނޯންނާނެ އަމިއްލަ އެދުން ކޮންމެ ކަމެއްގަވެސް އިސްކުރާނެ އެހެން މީހުންގެ އިހުސާސްތަކަކީ އެހާބޮޑު އަގެއް އޮންނަ އެއްޗެއްނޫން ބޮޑާކަމާއި ކިބުރުވެރިކަން އިންތިހާއަށް ގޮސް ތިބޭބައެއް އެމީހުން ބައިގެ މީހުންނާ ނޫނީ ހެޔޮހިތުން ވާހަކަވެސް ނުދައްކާނެ މިއީ ހަގީގަތް ދެން ފްލައިޓް ޑިލޭވީ ވާހަކަތާ ކިތަންމެ ކަމެއް ޑިލޭކުރާނެ މާމަތީ ބައެއްތީ

  56
  2
 10. ސައުފާ

  ޝޮޕިން ކޮއްލީދޯ. ސާބަހޭ.

  44
  3
 11. ގެރިކިރު

  އަދި ރަގަޅުވާނެ، އާކޮޅުވީމަ ވީގޮތްދޯ ! އިއްޒަތްތެރީން

  40
  2
 12. ހސފހ

  ތިޔަ މީހުނަށް އިއްޒަތްތެރި މެމްބަރުންނޭ ކިޔާނެކަމެއްނެތް. ނަމުގަ މެމްބަރުންނަށް ވެގެން ތިތިބީ އުޅޭވައްތަރު

  49
  1
 13. Anonymous

  ޢިއްޒަތްތެރި ބައުޔޫޤް....ދޯ. ޢައްދޭ ތިޔައީ އަދި މާކުރީގައުޅޭ މެމްބަރެއް. ތިމާއަށް ތިމާފެނިފަ.

  47
 14. ބޯހަލާކު

  ސާބަސް އަލަށްތަ ރާއްޖެއިން ބޭރަށް ދެވުނީ؟

  51
 15. ނަފާ

  ގުއިނުފެއްން ކާޅަށް ވީވަރު ދޯ މިވީ. ހެއްހެއްހޭ

  55
  1
 16. ޖޮއްބެ

  އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންނަކީ ހުރިހާ ކަމަކުން ވެސް އިސްތިސްނާ ބައެއް. ގާނޫނުތަކުންވެސް ގަވައިދު ތަކުންވެސް އިސްތިސްނާ ބައެއް. އެހެންވީމާ އެމީހުން ނުޖެހޭނެ ބޯޓު ފުރާގަޑިއަށް ބޯޓަށް އަރާކަށްވެސް.

  41
  2
 17. ވާފިރު

  މަޖިލީހަށް ހޮވުނަސް ތަހުޒީބުގެ އެއްވެސް ކަންފުޅެއް ނެތޭ!

  51
 18. ޖާ

  މެންބަރުން ވިދާޅުވަނީ ތިމަންނަމެންގެ ނަން އެއާޕޯޓުން އެނައުނސްކުރީ ނުބައިކޮށޯ ނަމުގެކުރިޔައް އިއްޒަތްތެރި ނުކިޔާތީ ތިމަންނަމެނައް ނޭގުނީޔޯ މިފަދަ ގަމާރުމީހުން މަޖުލިސް އިދާރާއިން ނުނިކުމެތިބީމަ ރަންގަޅުވާނީ

  48
 19. އިބުރޭ

  ކޮށްފަ ނުކުރާނެ ކަމެއް ނޭންގިގެން އުޅޭބައިގަނޑެއް! ރިސްވަތުގެ ފައިސާ ހާޑިންހަމް އާއި މޯދީ މިފަހަރު ދިނީ ލަންކާ މަގުން ކަންނޭންގެ!

  46
 20. ތިމަންނަ

  ކަޑުކޮހުން ހޮވީމާ ވާނީ ތިޔަހެން...

  47
 21. އުދަ

  ތިމާއާއި އެކަށިގެން ނުވާވަރުގެ މަގާމެއް ހަވާލު ވުމުން ވާނެގޮތް! ޢިއްޒަތްތެރި މެމްބަރުގެ މައްސަލަ އެއްނޫން! ދާއިރާޜައްޔިތުން އެތަމްސީލު އެކުރައްވަނީ! ކުރި ހުވާމަތިން ވެސް ހަދާން އެބަހުރިބާ! ޢިންޑިޔާ ،ލަންކާ އަކުން މެމްބަރުން ބައި ހަދާފައި ދަތުރެއް މިރާއްޖެ އަކަށް ނުކުރޭ!

  42
  1
 22. ޙާޖީ ތުއްތު ދީދީ

  ތިޔައީ އެހެން މީހުންގެ އިހުސާސްތަކަށް ވިސްނުމެއްނެތި އެމީހުން ކުރިވަރަށް ފިނޑި އަދި ވަރަށްވެސް ދަށުދަރަޖައިގެ ޢަމލެއް!

  53
 23. ޖ

  ގޮތެއްފޮތެއްނެތް ބައެއް ކޮންއިއްޒައްތެރި އޭކިޔާކައް

  14
 24. އަހްމަދު

  އަސަރެއްކުރާނީ، ސްރިލަންކަން ޖެހޭނީ އެމް.ޑީ.ޕީ ބޭފުޅެއްނަމަ މަޑުކުރަން. ހަޖަމްވިޔަސް ނުވިޔަސް ޕީޕީ ކުދިންނަކަށް މަޑެއްނުކުރާނެ.

  1
  21
 25. ފާއިޒް

  ކިހާ ބޮޑު ލަދެއް މި ޤައުމަށް އެމީހުންގެ ޔޫރިން ޓެސްޓް ކުރަން ޖެހޭނެ އެހާ ހަޔާތްކުޑަ ވާކަށް ނުޖެހޭނެ....

  12
 26. އިފްއައި

  މާލެ- ވިލިނގިލި ބްރިޖުން ގުޅާލަން 488 މިލިއަން ޑޮލަރު މަޝްރޫއެއް ރައީސް އިބޫގެ ސަރުކާރުން އެކުލަވާލުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ހީކުރަމޭ ރައީސް އިބޫ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގައި ތިބޭ މާލެ ދެކެ ޖެލަސްވާ ޕޮލިސީ ސެކްރެޓަރީ މެން ބުނާ ގޮތަށް ހުރިހާ ކަންކަން ދީލާ ނުލާ ރާއްޖޭގެ އާބާދީގެ %99 މީހުން ދިރިއުޅުމަށް ޓަކައި ބޭނުންވާ އަދި ރާއްޖޭގެ އެންމެން ބިން ބޭނުންވާ މާލެ ސަރަހައްދުން ބިން ދިނުމަށް ޓަކައި އަހަރަކު 20 ބިލިއަން އަކަފޫޓް ހިއްކާ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ކުއްޔަށް ދައްކާ ގޮތަށް ކުއްޔަށް ދެމުން ދާނެ ކަމަށް އެއިރުން ސަރުކާރުން ނުޖެހޭނެއޭ އިންކަމް ޓެކްސް ވެސް ނަގަން އަދި ޖީއެސްޓީ ވެސް ނަގަން އައި ވިޝް ދެޓް އަވަރ ޑްރީމް އިޒް ގޮނާ ކަމް ޓްރޫ ޔޭެއް އިފް އައި އޭމް އޭބަލް ޓު ޓެލް ޔޫ އައި ވުޑް ޑޫ އިފް އައި އޭމް އޭބަލް ޓު އައި ވުޑް އިފް އައި އޭމް އޭބަލް ޓު އައި ވުޑް...

 27. ގަބުޅި

  އިއްޒަތްތެރި މެންބަރުން ކޮންމެތާކުވެސް އިއްޒަތްތެރިވާ އެހެންވެއޭ އިންތިހާބުގައި މިލިއަނުން ޚަރަދުކުރީ ނުކިޔާވަ އުޑެއްބުޑެއް ނުދަންނަމީހުން ތިޔަތިބީ މަޖިލީހަށް ހޮވަފަ ދެންވާނެ ހުރިހާ ހަެއްޗެއްވެސް ވަނެ ލަދުންބޯހަލާކު އިއްޒަތްތެރި މެންބަޅުންނާހެދި

 28. ނަވާރަ

  މީދެންލަދެއް ހަޔާތެއްހުންނަބައެއްނޫނިއްޔަ އެކައްޗެއްނޭންގޭމީހުންނައްވުރެންވެސް މިމީހުންގެ ގަމާރުކަންބޮޑު

  11
 29. ??

  ދެން މިމީހުން ބުނެފާނެ ފްލައިޓް ދުއްވާނީވެސް ތިމަންމެނޭ ޕައިލެޓަކަށް ނޭގެއޭ ދުއްވަން. ކޮންމެ ތަނެއްގަވެސް ގައްޑާކަން ދައްކާނީ.

  11
  1
 30. އެމްޑީޕީ މީހާ

  ފޯރި އެބަހުރި އެމް.ޑީ.ޕީ އަށް ހަޖޫޖަހަން.

  2
  7
 31. އައި

  ޤާނޫން ހަދާ މަޖިލީހުގެ މެންބަރުން ތަންތަނުގެ ގަވައިދުތަށް މުގުރަނީ....

 32. ރަށުމީހާ

  މިއީ ފިޠުނަ ޚަބަރުލިޔާ ނުހެއް

  1
  7
 33. ބޮލި މުލައް

  ތިޔަ ނައިބު ރައީސަކީ ގާސިމުގެ ނިވަލުގަ ހުރި އެމްޑީޕީ ދާދާއެއް

 34. ސަޓޯ

  ގޮތެއްފޮތެއް ނެތް ބަޔަކު ކޮންމެތާކަށް ދިޔަޔަސް އުޅޭނީ އެހެންދޯ.،..

 35. ފަރޭ

  އަވައްޓެރި ގައުމުތަކަށް މި ދެއްކުނީ ދިވެހިރާއްޖޭގައި ތިބި ބޮޑެތި މީހުންގެ ފަރުވާ ކުޑަކަން. ދެން ކިހިނެ ގައުމު ހައްލު ކުރާނީ. ކުޑައިރު ބުނާނެ ބޮޑެތި މީޙުން އުޅޭހެން އުޅޭށޭ. މިހެން އަހަރުން އުޅެން ފަށައިފިއްޔާ ދެން އެއްވެސް ގައުމަކަށް ދިވެހިންނެ ނާރުވާނެ