ރަސްފަންނު ކައިރީގައި ބީޗްވިއުއަށް މަތީ ފެންވަރުގައި ތަރައްޤީކުރާ ފްލެޓްތައް އެޅުމަށްޓަކައި ބަންދުކޮށްފައިވާ "ރަސްފަންނު އައުޑްޑޯރ ޖިމް" ދޮޅުމަސް ތެރޭގައި އަލުން ހުޅުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

ރިފާއު ވިދާޅުވީ، ރަސްފަންނު އައުޑްޑޯރ ޖިމް ރީ ލޮކޭޓް ކުރުމަށް ހަމަޖެހިފައިވަނީ މިހާރު ޖިމް ހުރި ސަރަހައްދަށްވުރެ އުތުރަށް އެސްޓީއޯ ހެޑް އޮފީހާއި ކައިރިއަށް ކަމަށާއި، އެ މަސައްކަތް ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ނިންމައި ރައްޔިތުންނަށް ޚިދުމަތް ލިބެން ފަށާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 45 ވަރަކަށް ދުވަހުގެ ތެރޭގައި އެ ޖިމްގެ ޚިދުމަތް ލިބޭވަރު ވާނެ" ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ، އަލުން ޖިމް ހުޅުވާއިރު ޖިމް ބަންދުކުރިއިރު މައްސަލަ ޖެހިފައިހުރި އިކުއިޕްމަންޓްސް ރަނގަޅު ކުރުމަށް ހަމަޖެހިފައިވާއިރު، އަލުން ހުޅުވިގެންދާނީ ކުރިއަށްވުރެވެސް ފެންވަރު ރަނގަޅުކޮށް ކަމަށެވެ.

މި ޖިމް އެސްޓީއޯއާއި ކައިރީގައި ރަސްފަންނާއި އިންވެގެން އޮންނަ ހުސް ބިމަށް ބަދަލު ކުރެވިގެންދާއިރު، ރަސްފަންނު ސަރަހައްދުގެ ތަރައްޤީގެ ތެރެއިން އެތައް ހައުސިން ޔުނިޓްތަކާއި ޝޮޕިންގ މޯލްއާއި، ކުޅިވަރު އެރީނާވެސް ފުރިހަމަވެގެންދާނެ ކަމަށާއި، މި ޕްރޮޖެކްޓްތަކާއެކުނެ.ްފަންނާއި އިންވެގެން އޮންނަ ހުސް ބިމަށް ބަދަލު ކުރެވިގެންދާއިރު، ރަސްފަންނު ސަރަހައްދުގެ ތަރައްޤީވެ ދާއިރާގެ ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ފަހިވެ، ވިޔަފާރިވެރިންނށް އިތުރު ވިޔަފާރީގެ މަންފާތަކެއް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް ރިފާއު ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތްވެސް އަޅަމުންދާ ސިންގަޕޫރުގެ ޗަންހުއާ އިން މަތީ ފެންވަރުގެ ފްލެޓް އިމާރާތްތަކުގައި އެޕާޓްމަންޓްތަކާއި، ހޮޓާ އަދި ޝޮޕިން މޯލެއް އެޅުމަށް ރަސްފަންނު ސަރަހައްދުން އެހެން ސަރަހައްދަކަށް ޖިމް ބަދަލުކުރުމަށް ބަންދުކޮށް އެކަން ހައުސިންގ މިނިސްޓްރީން މީގެ ކުރިން އިއުލާނު ކޮށްފައިވާއިރު އެ ސަރަހައްދުގައި ހުރި ފުޓްސަލް ދަނޑު ބަންދުކޮށް ބިން ހުސްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުގާ

    އޭ ރިފާއު. ކާކު ގުނބޯ ހައްދާލާނަމޭ ހިތައް އަރައިގެން ތިއުޅެނީ. ކަލޭނައް 1 ވޯޓުވެސް ދެން ނުލިބޭނެ. ހައްޔަރުވާން ތައްޔާރައް ހުންނާތި. ނުފިލޭނެ. މިހާރު ކާވަރަކައް ކައިގެންހުރޭ.

    • ލައިލާ

      ކެކެކެކެ. ތީ 500 ރުފިޔާއަށް ވޯޓް ވިއްކާ ޗީޕް ބައިގަނޑު.

  2. ގާދިރު

    އެއްޗަކައްއެއްޗެއްލިޔެފަދޯކޮއްލުމަކުނއަދިނުފުދޭދޯ މި ލިޔެވެނިކޮންޗެއްތޯވެސްބަލަންޖެހޭދޯދޮޅިމަހާ ދޮޅުމަހާ މި ވަރައް ތަފާތު ދެބަސް