ވިލާ ގްރޫޕުން ހިންގަމުން އަންނަ ފްލައިމީން ސީޕްލޭން ހިދުމަތްދޭން ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

މިއަދު ފްލައިމީ އިންވަނީ ސީޕްލޭންގެ ގެ ޑިޒައިން ކަމަށްވާ “ޔެލޯފިން ޓޫނާ“ ޓްވިޓާ މެދުވެރިކޮށް ދަށްކާލާފައެވެ. އެ ވީޑިއޯގައި މަސްތައް އެއް ގަނޑަކަށް ގޮސް ސީޕްލޭންގެ ޑިޒައިން ފުރިހަމަ ކޮއްލައެވެ.

ފްލައިމީ އިން ޓްވިޓާގައި އާންމު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރިސޯޓްތަކަށް ސީޕްލޭން ހިދުމަތް ދިނުމަށް އެ އެއާލައިނުން ތައްޔާރު ވަމުން އަންނަ ކަމަށެވެ

މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި މިހާރު ސީޕްލޭންގެ ހިދުމަތް ދެމުން އަންނަނީ ގައުމީ އެެއާލައިން މޯލްޑިވިއަން އާއި ޓީއެމްއޭއިންނެވެ. އޭގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި މި ހިދްމަތް ފޯރުކޮށްދެމުން އަންނަނީ ޓީއެމްއޭއިންނެވެ.