މާލޭގެ ފިހާރައަކުން އެކި ފަހަރު މަތިން ވައްކަން ކުރަމުންދިޔަ މީހަކު، އަތުލައިގަނެފިއެވެ.

އެ މީހާ އަތުލައިގަނެފައި ވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ވައްކަން ކުރި އެ މީހާ އަތުލައިގަނެ އެ މީހާގެ ގައިގާ ވަނީ ތަޅައިގެންފައެވެ. އޭނާގެ ގައިގާ ތަޅައިގެންފައި ވަނީ ފިހާރައިގައި މަސައްކަތް ކުރާ މީހުންނެވެ.

ވައްކަން ކުރި އެ މީހާ އެކަމަށް އެއްބަސްވެފައި ވަނީ އޭނާގެ ގައިގާ ތަޅައިގަތުމުންނެވެ.

މަންޒަރު ދުށް މީހަކު ބުނީ، އޭނާގެ ގައިގާ ތަޅައިގަތުމުން އޭނާ އެކަމަށް އެއްބަސްވި ކަމަށެވެ. އަދި އެ ސަރަހަައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ވައްކަން ކޮށްފައި ވަނީ ދުނބުރި މިސްކިތް އިންނަ ކާނޭޝަން މަގުގައި ހުންނަ ފިހާރައަކުންނެވެ. އެ ފިހާރައިން އޭނާ އެތައް ފަހަރެއްގެ މަތިން ވައްކަން ކުރިއެވެ. އޭނާ އެ ފިހާރައިން ވައްކަންކޮށްގެން ނަގަނީ ފެން ކޭސްތަކެވެ. އޭނާ ވައްކަން ކުރި ކަމަށް އެއްބަސް ކުރުވަންވެގެން އެ ފިހާރައިގެ ހަރުކޮށްފައި ހުރި ސީސީޓީވީގެ ފޫޓޭޖުވެސް ވަނީ ދައްކާފައެވެ.

އެކި ފަހަރު މަތިން އޭނާ އެ ފިހާރައިން ވައްކަންކޮށްގެން 24 ކޭސް ފެން ނެގިއެވެ.

އޭނާ ވައްކަންކޮށްގެން ނަގާ ފެން ކޭސްތަަކަކީ އެ ފިހާރައާއި ޖެހިގެން އިންނަ ދޮރެއް ލާފައި ހުންނަ ގޯޅިގަނޑެއްގައި ބަހައްޓާފައި ހުރި ފެން ކޭސްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފިހާރައަކުން ފެން ކޭހެއް ނަގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި، އެކަން ބަލަމުން އަންނަ ކަމަށެވެ.

އަދި އެމައްސަލައާ ގުޅޭ އިތުރު ތަފްސީލު ލިބުނުހާ އަވަހަަކަށް ހިއްސާކުރާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައިންތު

    ރަނގަޅު،ފުލުހުންނަކަށް ގިނަފަހަރު ސާބިތެއްނުވާނެ.ރަނގަޅަށް ތަޅާލީމަ ގިނަދުވަހަށް ހަނދާން ހުންނާނެ ކީއްވެކަށް ތެޅީ.

    10
    5
  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ރައްޔިތުން އެމީހުންގެ އަމިއްލައަށް އިންސާފު ގާއިމުކުރާހިސާބަށް ދާންޖެހުނީ ސަބަބެއް ނެތިއެއްނޫން. ތިވޯޑިއޯ ފުޓޭޖުތަކަކީ އިންސާފުގަ ބަލައިގަންނާނެ އެވިޑެންސެއްނޫން. އަދި އެމީހާ އިންކާރުކޮށްފިއްޔާ އެކަން އެ ނިމުނީ. އެކަމަކު ރެޑުހޭންޑުކޮށް ހިފާ ވެރިމީހާ އަމިއްލަޔަށް އިންސާފު ހޯދަން ޖެހެނީ ކަމެއްވެގެން. މާދަމާ ޓުވީޓެއްކުރާނެ، އަމިއްލޔަށް އެކަން ނުކުރަން. އެމީހުނާ ހަވާލުކުރީމަ އަނެއްދުވަހު ވަގު އުޅޭނީ މިނިވަންކަމުގަ.

    10
    1
  3. ލޯންގޭ

    ފެންތާގި އައް ލާބަލަ އޭނަ ފެންކުންފުނީގެ.

  4. އަލީ

    ވައްކަމާއި ފޭރުމުގެ މައްސަލަ ދުވަކަށްވުރެ ދުވަހަކު އިތުރު ވަނީ. ދެން ވާންވީ ކިހިނެތް؟