މާލޭގައި ލޯބިވެރިޔާއަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ 7:20 ހާއިރު ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަަށް ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން، ފުލުހުން ސީންއަށް ދިޔައިރު، އެއީ ރައްޓެހިވެގެން އުޅޭ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ ގެވެށި އަނިޔާގެ މައްސަލައެއްކަން ފާހަގަަކުރެވިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ އަންހެން މީހާގެ އަތަށާއި ބޮލަށް އަނިޔާތަކެއް ލިބިފައި ހުރިކަން ފެންނަން ހުރި ކަމަށާއި، ފުލުހުން އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސްދީފައިވާނެ ކަމަށެެވެ.

އިތުރަށް ފުލުހުން ވިދާޅުވީ، އަންހެން މީހާއަށް އަނިޔާކުރި އެ މީހާ ވަގުތުން ހައްްޔަރުކޮށްފައިވާއިރު، އެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފައިވާކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުރާންތި

    ތިއޮތީ ލޯބި އުތުރި އަރާފައެއްނު.. އެވަރުކަމެއް ވެދާނެ..

    36
    4
  2. ދަތްދޫނި

    އަސްލު ޙަޤީގީ ލޯތްބަކީ ތިއީ. މިކަހަލަ ޙަޤީގީ ލޯބީގައި މިކަހަލަ ކިތަންމެ ކަމެއް ހިނގާނެއެވެ. މިހިރަ މހިރަ ކަންކަން ތީގެ ތެރެއިން ކޮންމެ ލޯބި ވެރިއަކުވެސް ހުންނާނީ ތަޖުރިބާ ކޮއްފަކަން ޔަޤީނެވެ. ތިކަހަލަ ލޯބި ވެރިންގެ މެދައް އެހެން ބަޔަކު ވަނުމަކީ އެ ލޯބީގެ ދެމެދަށް އެލޭ ހުރަހެއްގެ ގޮތުގައި މަމެންދެކޭ ވާހަކަ ދަންނަވަން.

    10
    7
  3. ކޮތަރު

    އަދި ގެވެށި އަނިޔާއަކަށްނުވޭ. އަދި ވާނީލޯބިވެށި އަނިޔާ އަކަށް.

    21
    2
  4. ާައަލީ

    ކޮން ލޯބި ވެރިއެއްތަ؟ ޒިނޭ އަކީ ލޯބިތަ؟

    6
    2
  5. ޙަސަނު

    އަލީ ޒިނޭއަކީ ލޮއިއްބެއްނޫން ، ލޮއިއްބަކީ ޒިނޭ.

  6. ހަސަނު

    އަލީ މެންކަހަލަ ހަަމަ ނުޖެހޭ މީހުން ލިޔާ ކަހަަލަ ބަސް ކޮޅުއް ނޫން ތިޔައީ.