މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
އެރޭ ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި ވަނީ، ޙުކުމް ތަންފީޒު ކުރަމުން ދިޔަ ނުވަ ގައިދީއަކު ވަގުތުން މިނިވަން ކުރަން އަމުރުކޮށްފައެވެ. އަދި އޭރު މަޖިލިސް މެންބަރުކަން ގެއްލިފައިވާ ކަމަށް ނިންމާފައިވާ މެންބަރުންގެ މެންބަރުކަން ނުގެއްލޭ ކަމަށް ވެސް އަމުރުގައި ވެއެވެ.
ކުއްލި އެ އަމުރު ނެރުނުތާ ފަސް ވަނަ އަށްވީ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރިއެވެ. އަދި ސުޕްރީމް ކޯޓުން އަމުރު ބާތިލް ކުރިއެވެ.
އެ އަމުރު ބާތިލު ކުރަން ނެރުނު އަމުރުގައި ސޮއިކޮށްފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
މައުލޫމާތު ލިބޭގޮތުގައި، ޖޭއެސްސީއަށް ހުށަހަޅާފައި ވަނީ އެ އަމުރު ބާތިލު ކުރަން އަމުރު ނެރުނު މި ތިން ފަނޑިޔާރުގެ ސުލޫކީ މައްސަލައެކެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ.
ހަމަ ސީދާ ބަދަލު ހިފުމުގެ ރޫހެއްގައި ތިޔައުޅެނީ. މިފަހަރު ވެރިކަން ކުރެވިދާނެ ރައްޔިތުންނަށް އޮޅުވާލައިގެންތިބެ. އެކަމަކު ދެނެެއް ނާދެވޭނެ. ރައްޔިތުން ދެން ނުދޭނެ ވޯޓެއް. ބަދަލު ހިފުމަކީ އިސްލާމް ދީން ހުއްދަ ކަމެއް ނޫން.
އަލީ ބިން އަހުމަދަށް ބަދަލު ހިފުމަކީ ކޮބައިކަން ނޭގުނީތީ ހައިރާންވެއްޖެ. މުސްލިމުންނަށް އަނިޔާވެރިވި ބަޔަކަށް އެމީހުން ކުރިކުށައް ހައްޤްވާއަދަބު ދިނުމަށް ބަދަލު ހިފުމޭ ކިޔުމަކީ މިދުނިޔެމަތީ ފާފަކުރާމީހަކަށް ޤިޔާމަތް ދުވަހު ހައްޤް ޖަޒާދިނުމަށްވެސް ތިބޭފުޅާ ބުނާނެތާ ބަދަލު ހިފަނީއޭ ދެއްތޯ
ތިތިންފަނޑިޔާރުންގެ ފެންވަރާއިމެދު ސުވާލު ނުއުފެދޭނެ ކިރުބޯޅަކުއްޖަކުވެސް މިޤައުމަކު ނުހުންނާނެ. ތިތިންމީހުން އަމިއްލައަތުން ސޮއިކުރި އަމުރެއް 5ދުވަސްފަހުން ހަމަތިތިންމީހުންގެ އަތުން ބާތިލްކުރީ. ތިވަރުގެ މީހުން އެންމެމަތީ ކޯޓްގައި އިސްލާމީ ޤައުމެއްގައި މުސްލިމުންނަށް ޙުކުމްކުރަން ތިބުމަކީ އިސްލާމީ ޝަރީޢަތައް މަލާމަތް ކުރުންނޫންދެން ކޮންކަމެއްތޯ؟؟
ފެބްރުއަރީ އަމުރުގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިހާރު ހުންނާނެ ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި މަމެން ބުނީމެއް ނޫން ތަމެން ކެނޑި ކަނޑުލުގެ ހިތި ތަމެންނަށް ފިލުވާލާނެ ކަމަށް ތަމެން ރިޔާސީ އިންތިޚާބުގެ ނަތީޖާ ގައި މައްސަލަ އުޅޭ އިރު ވެސް އެކަން ޓްވިސްޓް ކޮށްގެން ނެރުނު ހުކުމް ނެރުނު ދުވަހުން ފެށިގެން ތަމެންގެ ދުވަސް ދުއްވާލަން މަމެން ނިންމައިފީމޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ މަމެންގެ ވެރިކަން ފޭރިގެންފައި ކަޓް ކާލައިގެން އަނެއް އަތަށް ތަމެން ޖެހީ ތަމެންނަށް ސަލާމަތް ވެވޭނެ ކަމަށް ހީކޮށްތޭ ރަނގަޅަށް އަލާފިލުވާލާނަމޭ މިފަހަރު އަލިފާނޯއި އޭ ކިޔާ ދެން ދުވާނެ ކަމެއް ނެތޭ އިނގޭތޭ...
އެމްޑީޕީ މިއުޅޭނީ ގޮންމުށުގެ ވެރިކަމެއްކުރަންތަ؟
ތިތިންފަނޑިޔާރުންގެ ފެންވަރާއިމެދު ސުވާލު ނުއުފެދޭނެ ކިރުބޯޅަކުއްޖަކުވެސް މިޤައުމަކު ނުހުންނާނެ. ތިތިންމީހުން އަމިއްލައަތުން ސޮއިކުރި އަމުރެއް 5ދުވަސްފަހުން ހަމަތިތިންމީހުންގެ އަތުން ބާތިލްކުރީ. ތިވަރުގެ މީހުން އެންމެމަތީ ކޯޓްގައި އިސްލާމީ ޤައުމެއްގައި މުސްލިމުންނަށް ޙުކުމްކުރަން ތިބުމަކީ އިސްލާމީ ޝަރީޢަތައް މަލާމަތް ކުރުންނޫންދެން ކޮންކަމެއްތޯ؟؟
ފަނޑިޔާރުންގެ ނަމްގައި ތިބި ޖާހިލުން ތަކެއް ؟
ވަހުތާނެއްހެން އިރުއިރުކޮޅާ ވިސްނުން ބަދަލުވަންޏާ މައްސަލަ ހުށަހަޅާނެތާ.
ބަލަ އެމީހުންނޭ މިހާރު ވެރިކަމުގަ ތިބި މީހުން ވެސް ދޫކުރީ...އެވެސް ކުއްވެރި ވާންޖެހޭ
ތި ތިން ފަޑިޔާރުންގެ މައްސަލަ ބަލައި ތި ތިން ފަޑިޔާރުން ވަކިކުރަންޏާ އަލީހަމީދާއި އަބްދުﷲ ސައީދު އެދެމީހުންގެ މަގާމަށް އަންނާނެތާ. އަދި އުއްތަމަފަނޑިޔާރުގެ މަގާމު އަބްދުﷲ ސައީދަށް ލިބޭނެތާ. މަބުނާނީ ތިއުޅެނީ ކުޑަކުދިންނާބެހި ނުބެހޭ ކަމަށް ހެދިގެން އުޅޭ އިސްގާޒީއަކަށް ފަނޑިޔާރުކަމެއް ދޭންވެގެންނޭ.