ދިރާގު ދިވެހި ލީގުގައި ކުޅުނު ފުރަތަމަ މެޗްތަކުން މޮޅެއް ހޯދައި ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން ކަން ކާމިޔާބު ކޮށްފައިވާ ޓީސީ ސްޕޯޓްސް ކުލަބާއި ފޯކައިދޫން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޓީސީ ބައްދަލު ކުރި މެޗް ޓީސީ އިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާ އަކުންނެވެ. ޓީސީ އިން ވަނީ މިއަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށް ސީޒަނަށް ވަރަށް ވަރުގަދަޔަށް ތައްޔާރުވެފައެވެ.

މި މެޗުގައި ޓީސީއަށް 2 ގޯލު ޖަހައިދިނީ އިބްރާހިމް ސަފްރާޒް (ޝަފްލޭ) އެވެ. އަދި މުހައްމަދު އަޖުފާން އަދި އިބްރާހިމް އަތީގް (އިއްބެ) އެވެ.

ދެވަނަ މެޗްގައި ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި އިރު ފޯކައިދޫ އިންވަނީ 2-1 ގެ ނަތީޖާ އަކުން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮއްފައެވެ. މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ފޯކައިދޫން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އެގޮތުން ފޯކައިދޫން ވަނީ ބޭރު ކުޅުންތެރިއަކު ވެސް އެޓީމަށް ގެނެސްފައެވެ.

ހަމަހަމަ ކުޅުމެއް ދެޓީމުންވެސް ފެނިގެން ދިޔައިރު މެޗްގެ ފުރަތަމަ ގޯލް ޖަހާފައިވަނީ ފޯކައިދޫ އިންނެވެ. އެ ގޯލް އެޓީމަށް ކާމިޔާބު ކޮއްދީފައިވަނީ އަލީ ޝާމިއު (މައިތޯ) އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިޗްގައި ޔުނައިޓެޑް ވިކްޓަރީ ގެ ކެޕްޓަން އަހުމަދު ނާޝިދު (ނާއްޓޭ) ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮއްލާފައެވެ. ފޯކައިދޫ އަށް މޮޅުވި ލަނޑު ކާމިޔާބު ކޮއްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް ނުކުތް ހަސަން ފުއާދު (ޖެކް) އެވެ. އެއީ މެޗްގެ 75 މިނަޓްގައެވެ.