ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަަސް މެންބަރަކާއި ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެއީ ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް އެ މައްސަލަ ދިރާސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ދީދީ ފުލުހުންނަށް ހުށަހެޅީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންނަވާ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުން މަޖިލީހު މެންބަރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އާއި ޖޭއެސްސީ އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ޑރ.އަލީ ޝަމީމްގެ މައްސަލައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު ދީދީ ފުލުހުންނަށް ޖޭއެސްސީގެ ފަސް މެންބަރުންގެ މައްސަލަ ހުށަހެޅީ އަދުލްއިންސާފު ގާއިމް ކުރުމަށް ޖޭއެސްސީގެ ފަސް މެންބަރުން ހުރަސް އެޅިކަމަށް ވިދާޅުވެއެވެ.

މިފަސް ބޭފުޅުންނަކީ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރު ކުރުމަށް އެއަމުރު ގަބޫލު ނުކުރާނެ ކަން އިއުލާން ކުރުމަށް ޖޭއެސްސީގައި ވޯޓް ދެއްވި ބޭފުޅުންނެވެ.

ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ނިންމި ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 08 މެންބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 07 މެންބަރުންގެ ތެރެއިން 05 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަންބުއްދި

    ކޮންމެ ބަޔަކާވެސް ކޮންމެވެސް ދުވަހަކުން ގާނޫނު އަރާ ހަމަކުރާނެއެވެ.މިތިބަބަޔަކު ކެއްނުލަވައިގެން ބިރުން މިތިބަ ތެޅިފޮޅެނީ ހަމަ ނަޒާހަތްތެރިކަން މާބޮޑަށްވެސް އިތުރުވެފަ ތިބީމަތޯ ނުވަތަ ކުރެވުނު ހެޔޮކަންތައް ގިނަވީމަތޯ."ކާންޓް ވެއިޓް ޓިލް ދަ ލޯޓޭކް އިޓްސް އޮން ކޯސް"

    4
    1
  2. ހެމް ހެމް

    ޕޮލިހުންގެ ގާނޫނީ ޒިންމާއަށް ހުރަސް އެޅުމުގެ މައްސަލަ އަކީ ޖިނާޢީ ކުށެއްކަމަށްވައްޏާ ފަނޑިޔާރުންގެ ޒިންމާއަށް ހުރަސް އެޅުމަކީވެސް ޖިނާޢީ ކުށަކަށް ވާނެ ކަމަށް ދެކެން.

    11
    1
  3. އަހްމަދު

    ޖޭ އެސް ސީ އިން ފުރަތަމަ ބަލަންވީ ވޭތިވެދިޔަ ދައުރު ރައްޔިތުންގެ މަޖްލީހުގެ ގިނަ މެންބަރުންތަކެއްގެ ހައްގު ގެއްލުވާލާ ސްޕްރީމް ކޯޓުން ދައުލަތުގެ އެއްބާރުގެ ބާރު ކަނޑުވާލާ އެކި ސާކިއުލާތައް ނެރެ ކިޑްނެޕް ކޮށްފައިވާ މައްސަލަ. އަދި އެކަން ކަމުގައި އިސްކޮށް ބައިވެރިވި ފަނޑިޔާރުންނާ އެކި މިންވަރަށް ބައިވެރިވި ފަނޑިޔާރުން ބަލާ ފިޔަވަޅު އަޅަންވީ. ދެން ބަޔަކު ރިޝްވަތު ދީގެން 1 ފެބްުރުއަރީގައި އަމުރެއް ނެރެފައިވޭތޯ ބަލާ އެފަނޑިޔާރު އެއެއް ނެރެފައި އޮތް ގޮތް ބަލާ އެއަށް ފިޔަވަޅު އަޅަންޖެހޭ

    8
    2
  4. އިހުސާނާ

    މި ދީދީ އަކީ ކާކުތަ ދެން މާ ފުއްޕައިގެން މި އުޅެނީކީ! މަޖުލީހުން މީނަ ބޭރު ކުރަންވީނުންތަ އަވަހަށް!

    2
    8
  5. ވާވާ

    ސްޕްރީމް ކޯޓުގެ އަމުރުގައި އެއްވެސް ފަޑިޔާރަކު ސޮއިކޮށްފައި ނެތީ ކީއްވެބާ؟
    ކީއްވެތޯ 01 ފެބުރުވަރީގެ އަމުރު ތަންފީޒް ނުކުރީމާ ކޯޓަށް މައްސަލަ ހުށަނޭޅި.
    ކީއްވެތޯ ފަޑިޔާރު އަބްދުﷲ ސައީދާއި ފަޑިޔާރު ހަމީދު ޖޭއްސްސީއިން ވަކިކުރުމުން ސްޕްރީމް ކޯޓުން އަމުރެއް ނުނެރުނީ.