ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަކީ ޤާނޫނީ އެއްގޮތައް ނިންމާފައިވާ ނިންމުމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަލް ކޮމެޓީ އިން ފާސްކޮށްފިއެވެ.

އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަަސްކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ގަބޫލުނުކޮށް، ޖޭއެސްސީގެ ނިންމުމަށް ތާއިދު ކުރަން މަޖިލީހުގެ ޖުޑީޝަލް ކޮމެޓީން ފާސްކުރީ މިހާރު ކުރިއަށްދާ އެކޮމެޓީގެ ބައްދަލުވުމެއްގައެވެ.

މަޖިލީހުގެ ޖުޑީޝަލް ކޮމެޓީން މިރޭ ނިންމީ އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ ޤާނޫނު އަސާސީ އިން ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި އެނިންމުމާއި މެދު ޤާނޫނީ ގޮތުން ސުވާލު އުފެދޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަދި އެއީ މިހާރު ވެސް ދެމިއޮތް ނިންމުމެއް ކަމަށާއި އެނިންމުމަށް ފުރިހަމައަށް ދައުލަތުގެ ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރަން ޖެހޭނެ ކަމަށް." ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނީ އިހްތިޞާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަސައްކަތައް ސުޕްރީމް ކޯޓުން ހުރަސްތައް ކުރިމަތިކޮށްފައިވާ ކަމަށް ކޮމެޓީއަށް ފާހަގަ ކުރެވޭތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމަވާ ނިންމެވުންތަކަކީ ޤާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމެވުންތަކެއް ކަމާއި، މިގޮތުން ކޮމިޝަނުން 12 ޖޫންގައި ނިންމެވި ނިންމެވުމަކީ (އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމެވި ނިންމެވުން) ޤާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށާއި ދައުލަތުގެ އެހެން މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ޤާނޫނީ އިހްތިޞާސްގެ ތެރެއަށް ނުވަނުމަށް ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމަށް ފެންނަކަމަށް ކޮމެޓީ އިން މިރޭ ތައްޔާރު ކުރި ރިޕޯޓްގައި ބުނެފައިވެއެވެ.

ޖުޑީޝަލް ކޮމެޓީގެ ނިންމެވުން މަޖިލީހަށް ހުށަހަޅާނެ ދުވަހެއް އަދި ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޗޭންޖް

    ވެރިކަން ވެއްޓޭ ކަށް ދެން ގިނަދުވަހެއް ނުވާނެ...

    117
    7
  2. ތަރަސޯޓު

    ވަގުންތަށް ބިރުން ތެޅިފޮަޅެނީ
    1 ފެބުރުއަރީ ތަންފީޒް ނުކުރި ހަދާން
    އަދި ހަނދާންނެތޭހާދުވަހެއްނުވޭ ދޯ.!
    މީހުން މެރިމީހުނާ ވަގުންތަށް މިހިރަފަޅާއަރަނީ އެނގިދާނެތާ
    އެނގާހާވެެސް އެއްޗަކީ ނުނިދާ ބިރުން އެތެޅެނީ ކަމެއްވާންއުޅޭތީ ދޯ ހެހެހެ

    17
    67
    • Anonymous

      ތެޅި ފޮޅޭމީހުން އިރާދަކުރެއްވިއްޔާ ވަރައް އަވަހަށް އިނގޭގެ. ކެތްކޮށްލާ

      16
  3. ޙާލުގެ ދުލުން

    މަ މޮޅު އިންތި

    102
    3
  4. އަބްދުލާ

    ސުޕްރީމް ކޯޓުގެ އަމުރު ގަބޫލުނުކުރަން މަޖިލީހުގެ ކޮމެޓީން ނިންމައިފި

    ޝަރުޢީދާއިރާގެ އެންމެ ފަހުގެ ނިންމުން ނިންމަނި މިހާރު ދެން ކޮންފަރާތަކުން.

    M D P އަކީ ކުރިންވެސް ސުޕްރީމް ކޯޓުގަ އެމީހުންގެ ރޫެހާނީ ލީޑަރު ގެ އިޚްތިސޯސްގެ

    ދަށުން ބޮޑު ތަޅުއެޅުވި ބައެއް.

    109
    2
  5. ފިއްތި

    ބަލަގަމާރާ އެނގޭތަ ގާނޫނުއަސާސީގަބުނާ އެންމެފަހުބަސްބުނާފަރާތަކީ ސްޕްރީމްކޯޓުކަން ދެބަންދިހާރުވެގެންނޫޅޭ

    18
    1
  6. Anonymous

    ހެއްދެވިފަރާތެއް ވޮޑިގެންވާކަންވެސް ހަނދުމަނެތް ބައެއް، ހިތާމައިގެ ކޮޅެއްނެތް، މިފަދަ ނުބައިވެގެންވާ ބައެއްގެ ތެރެއަށް ކޮންފަދަ މުޞީބާތެއް ކަމެއްވެސް ނޭގެ އަންނާނީ

    18
  7. ތައްޚާން.

    ޤައުމު މިއަދު މިވަނީ ފާލުން ނައްޓާފައެވެ. ނޭގި ނުވަތަ އެގިގެން ނަމަވެސް ރައްޔިތުންނަށް މިވަނީ ހަމައެއް ލަމައެއް ނެތް އިންސާފެއް އުޞޫލެއް ނެތް ބައެެއްގެ އަތް މައްޗަށް މި ލޮބުވެތި ޤައުމު ދޫކޮށްލާފައެވެ. މިއަދު ޤައުމު ކަރުނައަޅާ އެ ރޮނީ އަޅުގަނޑުމެން އެއްވެސް ވިސްނުމެއް ނުބަހައްޓާ ކުރި ކަމަކާ ގުޅިގެންނެވެ. މި ފަސްގަނޑުގެ މިނިވަން ކަމަށްޓަކާ އެ ބޭފުޅުންލަށް ދެއްވި އެންމެ މަތިވެރި ނިއުމަތުން މަހުރޫމް ވެގެންދިޔަ އަބްތޯލުންނަށް އަދު އަޅުގަޑުމެން މި ދިނީ ކޮން ސަރަފެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލަބަލާށެވެ.

    18
    1
  8. ޏަމްޏަމް

    ހަމަހިިލާ ތިހިނެއް ތިކަމެއްނުވާނެ މަޖުލީހުންވެސް ގަދަދައްކަންް އުޅޭނެ ކަމެއްނެތް ހީވަނީ ވެރިކަން ވެއްޓެން އުޅޭހެން..

    19
    2
  9. ސުހާނާ12354

    ތީތި ކަޑަ

    10
  10. އައްޑޫ މީހާ

    މަޖްލިސްތަ؟ ނޫނީ އޑޕ އިންތަ؟ މިހާރު ރައްޔިތުންގެ މަޖްލިހެއް ނޯންނާނެ އޑޕ ކުދިން ޕާޓީ ހިންގާގެ

    16
  11. ރާއްގެ މީހާ

    މިހާރު މަޖްލީހަކީ އެންމެ ފަހުބަސް ބުނާ ތަނަށް މިވީ

    13
  12. ޞިރާޠު

    ޤާނޫނުއަސާސީގެ ދިފާޢުގައި ސޭކު ޢިމްރާނު ނުކުންނާކަށް ނުވޭތަ ؟ ޤަވްމުގެ ދިފާޢުގައި ޖަހާލަތުން ނުކުންނާކަށް ނުވޭތަ؟ ތިތިބީ ނަމެއްގަ ބޮޑުމަޤާމުދީފަ އަގަމަތީގައި ޓޭޕްއަޅާ ހަތރެސްފައި ބަދެފަ! ކަށިކެޔޮގަނޑެއް ރޫޅިގެންދާހެން ޤަވްމު ރޫޅިގެންދިޔަސް މަޤާމުގެ ދިފާޢުގަ ދެންހަމަ ތިބެންވާނީ!

    15
  13. ބަރުގޮނު

    މިސަރުކާރުން ބަރާބަރަށް ކުރިޔަށް ގެންދާތަން މިފެންނަނީ ރައީސް ނަޝީދު ގެ އަމިއްލަ ޒާތީ މަޝްރޫޢުތަކެއް. އޭނާއަށް ޙުކުމް އިއްވި ފަޑިޔާރަށް އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ނަމަވެސް ލަޑެއް ދޭން ހޭ ވައްޓާލައިގެން އުޅޭ މަންޒަރު.

    18
    1
  14. ޔަގީން

    އަވަސްގޮތަކަށް ތިޔަކޯޓުތަކުގެ ކަންތަށް ނިންމައި ރައްޔިތުންނަށް ހަމަނޭވާލެވޭވަރު ކުރަން ގޮވާލަން

    4
    18
  15. ހާލު

    މިއޮތީވާ ގައުމެއް. މިހާރުމިއޮތީ މުޅިންވެސްފަހުބަސްބުނާ ތަންތަންބާ؟ ރައްޔިތުންމަޖިލީހުންވެސް މިބުނަނީ ފަހުބަސްބާ؟ނުވަތަ ދައުލަތުގެ ތިންބާރުންކުރެ ކޮންމެބާރަކަށްވެސް ފަހުބަސްބުނުމުގަ ސްޕްްރީމް ކޯޓާއެއްފަދަވީބާ؟ ރައްޔިތުންނައް ދައްކައިދެމުން މިދަނީ ކޮންކަހަލަމިސާލެއްބާ؟ މިއީގައުމެއްގެ މުޅިދުސްތޫރީނިޒާމް ގަޑުބަޑުވުންނޫންބާ؟ ގައުމެއްގެ ހިންގުންތެރިކަން އޮންނަންޖެހޭނީ ހަމަމިފަދަނިކަމެތިހާލެއްގަބާ؟ ރައްޔިތުންކިޔަމަންވާން ޖެހޭނީ މިތަނުން ކޮންބާރެއްގެ ނިންމުމެއް ނުވަތަނިންމުން ތަކެއްގެ މައްޗައްބާ؟
    މިގޮތުގާ ގައުމެއްހިންގަން ބޭނުންވާނަމަ ކޮންމެޕާޓީއަކުންވެސް އެޕާޓީއެއްގެކުލައިން ގާނޫންއަސާސީއެއް ތައްޔާރުކޮށް އެއިރެއްގަ ވެރިކަން ކުރާޕޓީއެއްގެކުލާގެ ގާނޫން އަސާސީއަކަށް އަމަލުކުރަމުން ގެންދިއުން ކިހިނެއްވާނެބާ؟ ބޯހަލާކު.؟؟؟؟؟....؟؟؟؟؟

    11
  16. މލ

    އިންޗި އަކީ އަބަދުވެސް ހިހޫތަނުން ކެއުމަށް
    އާދަވެފައިވާ އެއްވެސް އޮއްޓަރެއް ނެތް މީހެކެވެ

    13
  17. ނިޔާޒާ

    މިދާގޮތަށްދަންޏާ ދުވަސްކޮޅަކުން ޝަރީޢަތްތައް ހިންގާ ޙުކުމްކުރާ ތަނަކީ ކެނެރީގެ ކަމުގައިވުން ވަރަށްގާތް! ޝަރީޢަތްތައްހިންގާ ޙުކުމްކުރުމަށް ފަޑިޔާރުންގެގޮތުގައި މާރިޔާ އިމްތިޔާޒް އީވާ ރޮޒޭނާ ތިބެފަ އުއްތަމަބޮޑޭއަކަށް އަންނި ހުރުން ވަރަށް ގާތް! މިހާރު ހަމަ މަޖުލިސްގެ ޖަލްސާއެއްބާއްވާފަ ނަންތައްހުށައަޅާ ވޯޓަށް އެހުމާއެކު ފާސްވާނެ! އޭރުން ވާނީ މަޖްލިހުން ފަސްވެގެން ހިންގާ ޖަރީމާއަކަށް! ﷲގެ ކޯފާއާއި ޢަޒާބަށް އަމިއްލައަށް ހުށއެޅިގެންމިދާ ދިޔުމުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލްވާގޮތުގައި ﷲގެ ކޯފާއެއް ނުފޮނުއްވާންދޭވެ!

    14
  18. ހޯރަ

    ސްޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ކޮމިޓއަކުން އެންގޭނެތަ؟ ސްޕްރީމް ކޯތަކީ ހުރިހާ ކަމެއްގަ ފަހު ބަސް ބުނާ މީހުން. ކޮބާ ފެބްރުއަރީ 1ގަ އަމުރު ތަންފީޒުކުރަން ހަޅޭލެވި މީހުން.. މި މީހުންނާ ޖެހުނީމަ އޮންނަނީ މުޅިންވެސް ޗާޓުން ބޭރުން.. ދިވެހިންނަށް އެއްޗެއް ވިސްނެންފަށާނެ މިހާރު.

    11
  19. މުޖައްރިބް.

    ފަހުޒަމާނައްއައިސް މައިންބަފައިންގެ އަމުރައްކިޔަމަންވުން ދަރީންގެމައްޗައް ވާޖިބެނުވާނެ. އެއާޚިލާފައް ދަރީންގެއަމުރައް މައިންބަފައިން ކިޔަމަންވާން ޖެހޭނެ. އެކްމަކުއެއީ ގަދަކީރިތިވަންތަﷲސ ވ' ހަތްއުޑުމަތިންބާއްވާލައްވާ އެކަލާންގެ ވަހީކުރައްވާ އަމުރުކުރައްވާވަފަވާގޮތެއްނޫން ކަންޔަގީން.. އެއީއެގޮތުގާކުރެވޭކަމަކަށް ވާނަމަ އެއީނަހީކުރެއްވި ކަމަކަށް ގޮންޖެހުން.. ތައުބާވެ ބިރުވެތިވެއިސްލާހުވާންޖެހޭނެ. ދުނިޔޭގެ އެއްވެސްކަމެއް ތިމާމެން ހިތުހުރިކޮންމެގޮތަކައް ބަދަލުކޮށް އެއިރެއްގަ ތިމާމެން ބޭނުންވާހާގޮތަކައް ކުރަންނިންމަމުން ދާނަމަ އޭގެނިމުންވަރަށް ހިތިވާނެ. އެއީދުނިޔެ ދައްކާދީފަވާމިސާލް.

    10
  20. އަލިބެއްޔާ

    ޑިޕްލޮމާ އެއް އޮތް މީހަކު އަމިއްލަ އަމިއްލަ އަށް "އަލް އުސްތާޒު" ކިޔަން ވީމަ ދެން އޭނަ ގެ ތަޢުލީމީ ފެންވަރާ މެދު އަހަރެމެން ހައިރާނެއް ނުވޭ.. ޒާތީ ވުމާއި އަމިއްލަ މަސްލަޙަތު އެއްކިބާވާނެ ހަމަ އެއްގޮތެއްވެސް ތި ކޮމިޓީ އަކު ނެތް.. ނިމި ދިޔަ ސަރުކާރުގަ ވެސް ޤާނޫނު އަސާސީއަށް ފުރައްސާރަ ކުރި މަންޒަރު ފެނުނީ. މި ބޭފުޅުން ވެސް ހަމަ އެގޮތް.. މަޖްލިސް އިން ޖުޑިޝަލް ރިވިއު އެއް ނުކުރެވޭނެ.. މަޖްލިސްގެ ހަޤީޤީ ބޭނުމުން ބޭރު ތިވަނީ.. ޤާނޫނު އަސާސީއަށް އިޙްތިރާން ކުރަންވީ..

    10
  21. އަހުމަދު

    މަޖިލީހުން ފާސްކުރާ ޤާނޫނަށް ތަބާ ނުވާން ރައްޔިތުން ނިމްމާފި.

    11
  22. ސަންކަރު މިއާ

    މިފަހަރުވެސް ތިޔަދަނީ ބޮޑުތަޅާ ދިމާލައް..ތިޔަ އިންތިއަކީ ވަކަރުގޭ ކުއްޖެއް އުޅޭހެން މަޖިލީސްގަ އުޅެމުންދާ މީހެއް..

    10
  23. އަހަންމދޭ

    މިހާރުމިވަނީ ކިހެނެއް އެކަމަކުގާނޫނުގައި މިބުނަސްޕްރިމްކޯޓަކީ އެންމެފަހުބަސްބުނާތަންކަމަށް ކޮންމެބަޔަކުވެސް އުޅެނީއަމިއްލަފައިދާހޯދަން ތިމާގެނުފޫޒާއިބާރުދައްކަން

    10
  24. އަލިބެއްޔާ

    އިންތިގެ ތަޢުލީމީ ފެންވަރަކީ ޑިޕްލޮމާ.. ދެން ކޮން އަލް އުސްތާޒެއް އޭނައަށް މި ކިޔަނީ؟ ތަޢުލީމީ ޤާބިލް މީހުނަށް މަޖުލީހުން ޖާގަ ނުލިބެނީ މިކަހަލަ މީހުންނާ ހެދި..

    13
  25. މުހަންމަދު

    ސުޕްރީމް ކޯތަނީ އެންމެ ފަހުބަސް ބުނާތަން އިޔޮތީ ބުނެފަ އެކަމާ ދެކޮޅު ހެދުމަކީ ގާނޫނު ފުޑާލުން

  26. ފަރޭ

    މިހާރު އެމްމެ މަތީ ކޯޓު އިނީ މަޖިލީސް ތެރޭގަތަ؟

  27. ނިކަމެތިމީހާ

    ފެބްރުއަރީ 1 ގެ އަމުރު ކުށާ މަށާލިމީހުން މިހާރުވެސް އެތާ އެތިބީ ދެން އެވެރިންނެއް ނޫންތޯ އެ އަމުރުގެ ޙުރުމަތާ ކަރާމަތާ އަމިއްލަ ނަފްސުގެވެސް އެއްޗެއް އޮތިއްޔާ ބާލާ ދަމާ ވީދާ ކުދިކުދި ކޮއްލީ! އެދުވަހަށް ފަހު ތި ސްޕްރީމް ކޯޓަކީ މާބޮޑު ކަރާމާތަކާ ޙުރުމަތަކާ ޢިއްޒަތެއް އޮތްތަނެއްކަމުގަ ކުރިން ބެލިމީހުންވެސް އެތިބެނީ ލަދުން ފިއްކަނޑައިގެން ދާވަރުވެފަ!

  28. މަލާ

    ބަދަލް ވާ ކޮންމެ ވެރިކަމެއް މިގޮތަށް ދަންޏާ މިރާއްޖޭގައި ދުވަހަކުވެސް ސުލްޙަ މަސްލަހަތެއް ޤާއިމެއް ނުކުރެވޭނެ.. އެމްޑީޕީ ވެރިކަމަށް އައިސް އެމްޑީޕީ އަށް ތާއީދުކުރާ ފަނޑިޔާރުން ފަނޑިޔާރު ގެއަށް . ޕީޕީ އެމް އިން އައިސް ޕީޕީ އެމަށް ތާއީދު ކުރާ ފަނޑިޔާރުން ސުޕްރިމް ކޯޓަށާ ފަނޑިޔާރު ގެއަށް . މިއީ ދެން ބޮޑު ކަމެއް ނޫން.