ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ނުހުއްޓުވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރ އަދި ޖޭއެސްސީގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ރޭ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ނިންމުމާއި ގުޅުވައި، ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުޑިޝަލް ރިފޯމްގެ މަސައްކަތް ދަނީ އެއް މިސްރާބެއްގައި ކުރިޔަށް ކަމަށާއި، އެ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ.

"މިދިޔަ ރިޔާސީ އިންތިހާބުގައި އާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން ސަރުކާރަށާއި، މަޖިލިސްއަށް ދިން މެންޑޭޓް ވަރަށް ސާފު. ފަނޑިޔާރުގެ އިސްލާހްކުރުން ޖުޑިޝަލް ރިފޯމްގެ މަސައްކަތް ދަނީ އެއް މިސްރާބެއްގައި ކުރިޔަށް. އެ މަސައްކަތް ނުހުއްޓުވޭނެ" ހިސާން ވިދާޅުވިއެވެ.

ރޭ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ޖޭއެސްސީ އިން ނިންމި ނިންމުމަކީ ޤާނޫނު އަސާސީ އާއި، ޤާނޫނުތަކުން އެ ކޮމިޝަނަށްދީފައިވާ ބާރުތަކުގެތެރެއިން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ ކޮޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފާސްކޮށްފައިވެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނީ އިހްތިޞާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަސައްކަތައް ސުޕްރީމް ކޯޓުން ހުރަސްތައް ކުރިމަތިކޮށްފައިވާ ކަމަށް ކޮމެޓީއަށް ފާހަގަ ކުރެވޭތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމަވާ ނިންމެވުންތަކަކީ ޤާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމެވުންތަކެއް ކަމާއި، މިގޮތުން ކޮމިޝަނުން 12 ޖޫންގައި ނިންމެވި ނިންމެވުމަކީ (އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމެވި ނިންމެވުން) ޤާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށާއި ދައުލަތުގެ އެހެން މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ޤާނޫނީ އިހްތިޞާސްގެ ތެރެއަށް ނުވަނުމަށް ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމަށް ފެންނަކަމަށް ކޮމެޓީ އިން ރޭ ތައްޔާރު ކުރި ރިޕޯޓްގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ރީއާ

    ކަމަނާ ދެން ވެއްޓޭކަށް ދުވަހެއް ނެތް. ކުރިން ޢަބްދުﷲ ގާޒީ، މިހާރު ޢަބްދުﷲ ދީދީ

    37
    • ނަސީދު

      މީނަޔައް ކަމަނާ ކިޔަން ހެއުނުވާނެ.

      26
  2. ނަޞްރާ

    އިޞްލާޙްކުރުމޭ ތިޔަ ކިޔަނީ އޮޅުވައިލުމަށެވެ. ޙަޤީޤި ބޭނުމަކީ ޝަރީޢަތްތަގެމައްޗަށް ތިމާމެންނަށް ނުފޫޒް ފޯރުވޭ ވަރުގެ ބަޔަކު އެތަންތަނަށް ލައި ވަކި ބަޔަކަށް ނުޙައްޤުން އަދަބު ދިނުމެވެ. އެހެންނަމަވެސް އަޅުތަކުންގެ ތަދުބީރުގެމައްޗަށް މާތްﷲގެ ތަޤުދީރު ގަދަވެގަންނާނެއެވެ. މިކަން އަދި ތިޔަ ބާގައިގެމީހުންނަށް އެގޭނެއެވެ. ދެރައީ މިފަދަ ނުބައި ޙީލަތްތައްހަދަަމުންދާއިރުވެސް މާތްﷲގެ ހުކުމްފުޅުތަކަށް ފޅުގައި ގޮންޖަހާބައެއްގެ ކައިރީގައި ޢިލްމުވެރިންނޭ ކިޔާ ބައިގަނޑު ބައިޢަތުހިފައިގެން ތިބޭކަމެވެ.

    54
  3. ކިނިކްސް

    ފަނޑިޔާރުގެ އިސްލާހު ނުކުރެވޭނެ. ފަނޑިޔާރުގެ ޖެހޭނީ ރޫޅާލާފަ އަލުން އާ ދަނޑިތަކާއި ފަން ހޯދައިގެން އަޅަން.

    27
    3
  4. ކަލޭ

    ކަލޭގެ ސިޔާސީ ހަޔާތް ވަރަށް ބަނަ. ކަލޭޔާ ކަލޭގެ ބައިގަނޑު މައިތިރި ކުރަން ޒުވާނުން ވަރަށް އަވަހަށް ނުކުންނާނެ.

    45
    2
  5. ރިސް

    ފަނޑިޔާރުގެ އަހުރެމެންގެ މުށުތެރެޔަށްލުން ނުހުއްޓުވޭނެ! މިގޮތަށް ބުނަންވީމާ ގޯސްކޮށް ތިޔަބުނީ!

    20
  6. އަޒިލްތާ

    ފަނޑިޔާރުން އިސްލާހު ކުރުމަކީވެސް އޮތް ކަމެއް.. އެކަމަކު ހިސާނުމެން ލައިގެން ކުރެވޭނީ އިސްލާހެއް ނޫން.. އެލްޖީބީޓީ ހުއްދަކުރެވުމަކުން އިސްލާހުވީކީއެއް ނޫން.. އިސްލާމީގައުމެއްގަ ފަނޑިޔާރުން އިސްލާހުކުރަން ނިކުންނަންޖެހެނީ ދީނީ އިލްމުވެރީން.. އޭގެ ބަދަލުގައި މިފެންނަނީ ދިވެހި ފަރަންޖީން އިސްލާހޭ ކިޔައިގެން އިންސާފުގެދާއިރާއައް އިސްތިއުމާރީ ކެމްޕޭނަކާއި އެކު އަރައިގަންނަ މަންޒަރެވެ. މިކަމުން ހެވެއް ނިކުންނާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ. އެއީ ދީނީ ގޮތުންވިޔަސަ އިޖުތިމާއީ ގޮތުން ވިޔަސްމެެއެވެ. ހުޅަނގުގެ ހުރިހާކަމެއް ގަދަކަމުން އަހަރެމެން ދިވެހީންގެ ބޮލައް ފައްތަން ރީނދޫ އެޖެންޓުން ސަރުކާރު އިންފިލްޓަރޭޓް ކޮއްގެން ކުރަމުންއަންނަ ޣައިރު މުސްލިމު އެޖެންޑާގެ އެންމެ ބޮޑު ޕުރއިއޯރިޓީއަކީ އިންސާފުގެ ދާއިރާ ހައިޖެކްކޮއްލުމެވެ. މިހާރު ތިޔަފެންނަނީ އެކަމުގެ އަމަލީ މަންޒަރުތަކެވެ. މި ބުނަނީ ޝަރުއީދާއިރާ އިސްލާހައް ބޭނުން ނުވާ ވާހަކައެއްނޫނެވެ. އެކަމަކު މިވެރިން ކުރަން މިއުޅެނީ ހަގީގަތުގައިވެސް ހަމަ އިސްލާހުތޯއެވެ.؟

    19
  7. ހަމްޕު

    ފަނޑިޔާރުގެ އިސްލާހު ކުރަން ބިކިނީ ލައިގެން ތިބޭ އަންހެންވެރީން ނިކުމެ ގެންނަ އިސްލާހު ރަނގަޅުވާނެބާ؟

    25
  8. ހައްސާނު

    ފަނޑިޔާރުގެ އިޞްލާޙް ކުރަން މިތިބީ ނުބައިނުލަފާ ގައްދާރުން ދެންވާނީ އިތުރަށް ނުބައި

    23
  9. Anonymous

    ކަމަނާއަށް ލިބިވަޑައިގެންނެވި މެޖޯރިޓީ ނަހަމަގޮތުގައި ބޭނުން ކުރާނަމަ އެމެޖޯރިޓީ ދެއްވެވި ފަރާތުން އަނބުރާ އެމެޖޯރިޓި ގެންދެވުމަކީ މާދުރުގައިއޮތް ކަމެއްނޫންކަން ކަމަނާއަށް ހަނދުމަފުޅުކޮށް އަރުވަން އިންޝާ ﷲ

    22
  10. މުޙަންމަދު

    ތީ ޙަރާން ކޯރު މީހެއް! ނުބައި ޖާހިލު އަނިޔާވެރި އަންހެންގަނޑެއް!

    22
  11. ހައްހައް

    ތި ކުރާ ކަމަކަށް އިސްލާހޭ ކިޔޭކަށެއް ނެތް. އިސްލާޙު ކުރަން ބޭނުމިއްޔާ ގާނޫނުތަކަށް ބަދަލު ގެނޭ ފުރަތަމަ ހެޔޮ ނިޔަތާއި އެކު. އެކަން ނުކޮށް ބަޔަކާއި ވިއްދައިގެން އުޅޭ އުސޫލުން އުޅެންޏާ ނެތް ތިކަމަށް އިސްލާހޭ ކިޔޭކަށެއް.

    19
  12. ޢައިސަ

    އަޅެފަހެ މާގިނަ ދުވަސްތަކެއް އަދި ވީކީނޫންވިއްޔަ ހަދާން ނެތޭވަރުވީ
    ކުރީގައިވެސް ތިކަމަކާހެދި ވެރިކަން ވެއްޓުނީ

    16
  13. ކުރަފާ

    މިހާރު ވަރައްފުއްޕާނެ ކަމަކާޖެހޭދުވަހަކުން ބުނާނީ ތިމަންނަމެން ދެނަހުރިލަމެއްވެސްނޫނޭ މިހެންބުނަން މިޖެހުނީ އަބުދުﷲ ގާޒީ ކަންތަކުގަވެސް އޭރުއެމްއެންޑީއެފް ލޯޔަރ ޒުބައިރ އައް ކަންކުރަންވީގޮތް ލިޔުމުންފޮނުވާފަ މުޅިއެތި އަތައްގޮވީމަ ބުނީ ތިމަންނާނުދެނަހުރީމޭ

    12
  14. އަމިއްލަ އަތުން ހަލާކުވެގެންނަނީ

    ކުރީފަހަރުވެސް ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ނުހުއްޓުވުނު، ފަހަރަކު ކަމެއް، ފަހަރަކު ކަމެއް ކުރަމުން ގޮސް ވަރަށް އިސްފަނޑިޔާރަކު ކިޑްނެޕްކުރުމަށްފަހު ހުއްޓާލީ. އެކަމަކު އެއްވެސް ގައުމަކު ޖުޑިޝަރީއާ ކުޅުމުގެ ނަތީޖާ ރަނގަޅު ގޮތަކަށް އަދި މިހާތަނަށް ނިކުމެފަ ނެތީމާ އައީ 7 ފެބްރުއަރީ. އަމިއްލަ އަތުން ކޮންމެ ބަޔަކުވެސް ހަލާކުވެގެންނަނީ.

    18
  15. ހާމަ

    ކަމަނާ ބޭނުންގޮތެއް މިއަދު ހެދޭތޯ ބެލިދާނެ. އެކަމަކު ހަދާނަށް އަންނަނީ ވަކި މީހަކު ބޭނުންވެގެން ކުރާކަމަކީ ހަމަޔާ އިންސާފެއް ނޫނޭ ކިޔާ ހަޅެއްލެވި އަޑު. މިއަދު ހުރިހާކަމެއް ބަދަލު ވެއްޖެ. ކުރިން ގޯސްވި ވަރަށްގިނަކަންތައްތައް ރަގަޅުކަމަށް ބަލާ އެގޮތަށް ކަމަނާއާއި ކަމަނާގެ ބައިގަނޑު އަމަލު ކުރާތަން ފެންނަނީ.
    ވަކި މިހަކު ކުރީމަ ގޯސް ހަމަ އެކަންތައް ވަކިމީހަކު ކުރުމުން ރަގަޅު. މީ ވަރަށް ދެރަކަމެއް. ކޮންމެ ފަރުދަކަށް އިންސާފު ލިބުމާމެދު މިހާރު ވަރަށްބޮޑަށް ޝައްކު ވެއްޖެ. ސަނާކިޔާމީހާއަށް އިންސާފު ލިބުން މީ ޑިމޮކްރަސީގެ ގޮތްބާ؟

  16. ހހައި ހިސާން

    ހިސާން ހާދަ މޮޔައޭ، ތިން ބާރު ވަކިވެފައިވާ ކަމަށް ހުރިހާ ޕާޓީއަކުންވެސް ޤަބޫލުކުރޭ. އެކަމަކު މަޖިލީހުން މިބުނަނީ ޖުޑިޝަރީ އިސްލާހުކުރާނަމޭ، އަދި ހަމަ ރައީސް ބުނަނީވެސް ހަމަ މިގޮތަށްބާ! ދެން ޖުޑިޝަރީވެގެން މަޖިލީސް އިސްލާހު ކުރެވިދާނެބާ އަދި ޖުޑިޝަރީއަށް ރައީސް އިސްލާހު ކުރެވިދާނެތަ!

    އަހަރެންނަށް ފެންނަގޮތުގައި ކޮންމެ ބާރެއްވެސް އިސްލާޙުކުރަންޖެހޭނެ. އަދި އެއިސްލާހުތަށް އަންނަވާނީ އެބާރެއްގެ ތެރެއިން. މަނައަކީ ޖުޑިޝަރީ އިސްލާހުކުރަންޖެހޭނީ ޖުޑިޝަރީން ނެވެ. މަޖިލީސް އިސްލާހް ކުރަންޖެހޭނީ މަޖިލީހުންނެވެ. އަދި ރައިސް އިސްލާހުކުރަންޖެހޭނީ ރައިސްގެ ބާރުތަކެވެ.
    އެއްބާރުން އެހީތެރިކަން ފޯރުކޮށްދެންވާނީ އަނެއް ބާރުއެކަމަށް އެދުމުންނެވެ.
    ގަދަބާރުން ކުރަން އުޅުމުން ގައުމު އެއިގެ މައްޗަށް ބިނާވެފައިވާ ތިން ތަނބުގެ ތެރެއިން ތަބެއް މުގުރިއްޖެނަމަ އެއީ އަގުނުކުރެވޭނެ ބޮޑު ގެއްލުމެއް.

  17. ސަމަ

    ޝަރުޢީނިޒާމާ ކުޅެންޏާ ވެއްޓެން މާގިނަ ދުވަހެއް ނުނަގާނެ. ތިއޮތީ މާޒީ އިޢަދަވެފައި.

  18. Anonymous

    ފަނޑިޔާރުގެއެއްނޫން ތިޔައިސްލާހުކުރަނީ ތިޔައީ
    ނަސީދަށް ޖަލުހުކުމް ކުރީތީވެ އެކަންކުރިފަރާތަށާއި
    ކުރިއަށް އޮތްތަނުގައި ފަނޑިޔާރުން ބިރުގަންނަވައި
    އިނދަޖައްސާލުމަށްޓަކާ ހިންގާ ހައްދުފަހަނައަޅާފައި
    ވާ ޖަރީމާ އެކެވެ މިހާރުން މިހާރަށް ތިޔަކަން
    ހުއްޓާލުމަށް ގޮވާލަމެވެ

  19. އިބްރާހިމް

    އަޅުގަނޑުމެން އެމްޑީޕީ ވެރިކަމަށްގެނައި އެއްކަމަކީ ފަނޑިޔާރުގެ އިސްލާޙްކުރާށެވެ. ނަމަވެސް އެކަންކުރާނީ ގާނޫނުން ބޭރަކުންނޫނެވެ. ގާޒީއަކު ވަކިކުރަންބޭނުންވީމާ އޭނާއަށް ތުހުމަތެއްކޮށްފަ އޭނާ ބޭރުކުރުމަކީ ހަމައެއްނޫނެވެ. ތުހުމަތެއް ކޮށްފިނަމަ އެކަމަށް އެޕީލްކުރުމުގެ ފުރުސަތު ގާޒީއަކަށްވެސް އޮންނަންޖެހޭނެ ނޫންތޯއެވެ. އެމްޑީޕީން ހަމަ ބޭނުންވާހައިކަމެއް ކުރުމަކަށް ފުރްސަތެއް ނުދެވޭނެއެވެ.