ދިވެހި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ "މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް" މިއަދު ފަށައިފިއެވެ. ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި މި ފޯރަމް، ހުޅުއްވައިދެއްވްމުގެ ގޮތުން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

މިއަދާ މާދަމާ ކުރިޔަށްދާ މި ފޯރަމުގައި ނައިބު ރައީސް ފައިޞަލް ނަސީމު ވެސް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ އިތުރުން ކެނބިނެޓުގެ ވަޒީރުންވެސް މި މިފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިޔަށްގެދާ ފޯރަމެކެވެ.

މިފަދަ ފޯރަމްތަކެއް 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެސް ބޭއްވި އެވެ. އެމްޑީޕީގެ ވެރިކަމުގައި މިފަދަ ތިން ފޯރަމެއް ބާއްވާ، ބޭރުގެ އެތައް މިލިއަން ޑޮލަރެއްގެ އެހީ ލިބުނު ކަން އޭރުގެ ސަރުކާރުން އިއުލާން ވެސް ކުރިއެވެ. ނަމަވެސް އެއެހީތައް ދައުލަތައް ލިބިފައެއް ނުވެއެވެ.

މިއަދު ފެށި ފޯރަމުގެ ތީމަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބުލް މޯލްޑިވްސް" އެވެ. މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ސެޝަންތަކުގައި ރާއްޖެއިން އިޤްތިޞާދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިޤްތިޞާދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާގޮތް ފޯރަމުގެ ބައިވެރިންނާއި ޙިއްސާކުރެވޭނެ ކަމަށާއި މީގެ ތެރޭގައި "ނޫ އިޤްތިޞާދު" ގެ ތަސައްވަރާއި ޖަޒީރާ ރާއްޖޭގެ ތަސައްވަރާއި ބެހޭ މައުލޫމާތު ހިމެނޭ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މަހޭޝް

    އެހީ ހޯދުމުގެ ފޯރަމެއް ނޫން. ރަނގަޅު ގޮތަކީ " ސަލާންޖެހުމުގެ ފޯރަމް "

    59
  2. ކޭކުލި

    ސަލާމް ޖެހުމަށް ނިކުތީ މި ހަތަރު މީހުންތޯ

    53
  3. ތިނޯހު ފަގަ

    މީ 4 މީހުން..... ފަހަތުގަ ރަޫހާނީ ކިރުސައި ރަސްގެފާނު ޖުމްލަ 5

    35
  4. އެމް ޑީޕީ

    އެހީ ހޯދަން 1412 އަށް ގުޅާލާ!

    28
  5. ހޯރަ

    އާވައްތަރެއްގެ ސަލާންޖެހުމެއް. މިގޮތައް ގައުމު ހިންގަން ރާއްޖޭގެ ގިނަބަޔަކު ތާއީދުކުރީ. އެހެންވީމަ އެއްވެސް މައްސަލައެއްނެތް .

    37
    1
  6. ނަސީދު

    އެެެއްވެސް ލޯނެތް ނަގައިގެން ނުވާނެ އޭރުން ދަރިންގެ ދަރިން ދަރާވިކިދާނެ ކަލޭމެން ދެއްކިވާހަކަ މީ އަޅުގޑުދައްކާވާހަކައެއްނޫމީ

    26
  7. ދުމައިން

    ސަލާން ޖެހުމުގެ އާދާކާދައެއް ގެންގުޅެ އެހެންމީހުންގެ ތައްޕާހުން އުޅެގެނެއް މިގައުމަކަށް ފާގަތިކަމެއް ނުގެނެވޭނެ.

    35
  8. މުދިންބެ

    ސަލާންޖަހަން ނާށިގަޑު ހިފައިގެން ނުކުތީދޯ؟!. މާލެ، ވިލިގިލި. ގުޅީފަޅޫ. ތިލަފުށި ގުޅާލަން ހާދަބޮޑުއަގެއް ބޭނުންވަނީ. ހުޅުމާލެ ބުރިޖްއަށްވުރެ ފަސޭހައިން އެޅެންއޮތް ބުރިޖެއްތީ. ތިބުރިޖް އަޅަންދާނީ 150 މިލިއަން ޑޮލަރ. ކޮބައިތޯ ހުޅުމާލެ ބުރިޖް އަގުހެޔޮކަން ކޮއްދޭންބުނި ބޭރު ކުންފުނިތަށް؟ އެމީހުންނާ ވާހަކަދައްކައިގެން ތިޔަބުރިޖް އަޅަންވީނު. ތިއޮތީ ތަމެންނަށް ފުރުސަތު ލިބިފަ. ކީއްވެބާ އެއްބިލިއަން ޑޮލަރ ބޭނުންވާނޭ ނުބުނީ.

  9. ވަލީދާ

    ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ނަައިބު ރައީސާއި ފޮރިން މިނިސްޓަރު އެތިބީ ސަލާންޖަހަން ނިކުމެ.. ޝޭމްއޮންޔޫ..

    21
  10. ހަސީބް

    ޖަޒީރާ ޕުރޮޖެކްޓުތައް.. އަސްލު މަޝްރޫތައް.. 1. އިންޑިޔާ ކުންފުޏަކައް އެޔާޕޯޓާއި އަދި ސީ ޕީޓު ދިނުން. 2. ވެރިކަން ހޯދައިދޭން އިންޑިޔާއިން ދިން އެހީތެރިކަމައް ދައްކަންޖެހޭ ފައިސާކޮޅު އިންޑިޔައައް ފަނަލް ކޮއްދިނުން. 3. ކުރީ ސަރުކާރުގެ އިސްމީހުން ޖަލައްލާފައި އަދީބު މިނިވަންކުރުން. 4. ޖުޑީޝަރީއަކީ އެމްޑިޕީގެ 100 ޕަސަންޓު ބާރުގެ ދަށުގައި އޮންނަ އެއްޗަކައް ބަދަލުކުރުން. 5. އިނގިރޭސީން ބޭނުންވާ ބަދަލުތައް ގާނޫނު އަސާސީއައް ގެނައުން. މިއެވެ.

    24
  11. ނަމަ

    އަބަދުވެސް އެހީހޯދަން ކޮބާބާ ގައުމު އަށް ލިބޭ ފައިސާ

  12. އިބްރާ

    ރާއްޖޭގެ ސަރުކާރުން ވަނީ ޖުޑިޝަރީ ފުނޑާލަން ތައްޔާރުވެ ކޯޓްތަކުގެ ފަނޑިޔާރުންނަށް ބިރުދައްކަމުން. މިފަދަ ޙާލަތެއްގައި އޮތް ސަރުކާރެއް އޮއްވައި ރާއްޖޭގައި ބޭރުގެ ބަޔަކު އައިސް އިންވެސްޓްކުރުމަކީ ފޫނެތް ފަޔަކަށް ފެންފުރުން ފަދަކަމަކަށް ނޫނީ ނުވާނެއެވެ.

    10
  13. ދަވްތޫރް އަބުދުލް އަޒީޒް

    މިރާއްޖޭގައި އެންމެ ބޮޑުމަސް އަލަޔަކީ ބޯހިޔާ ވަހި ކަމުގެ މަސް އޫރޭ ޕޯޑިއަމް ތަކުގައި ވާހަކަ ދައްކަވާއިރު އެއީ ސީދާ ރަށްޔަތުން އަޅުވެތިކުރަން ހިންގި ނަސްލީ އިމްތިޔާޒެއް 3000 ވަރަކަ އަހަރުވެއްޖެ މީހުން އުޅޭތާ 1978އަހަރާހަމަޔައް މިގެދޮރުވެރިކަމުގެ މަސްއަލައެއްނެތް މިހުރިހާކަމެއް މިޖެހުނީ ރާވައިގެން ރަށްޔަތުންލައްވާ ބިންހިއްކުވަން މަސައްކަތް ކުރުވާފައި ހަމައެކަނި މާލޭގެ ރަށްޔަތުންނައް ގޯތިނުދީ ބިންތައް ހިސޯރުކޮއް ފުލެޓްގެ ނަމުގައި ގެސްޓުހައުސް ވިޔަފާރި ސީދާ ރައްޔަތުންނައް އަމާޒްކޮއްފެއްޓީ މިކަން ވަރައްސާފު މީގެ ކުރީގައިނޯވޭ ބައްޕަގެ މަންމަގެ މުނިމާމާގެ މުނިކާފައިގެ ބިންކޮޅެއް އޮވޭތޯ އަނބިމީހާގެ ބިންކޮޅެއް އޮވޭތޯ 18 އަހަރު ހަމަވީމާ ސަރުކާރުން ގޯތިދޫކުރަށްވާ ހެދުމާ ނުހެދުމާ އައީ އަމިއްލަ ކަމެއް މިހާތަނައް އަމިއްލަޔައް ގުދޮރު އްޅައިގެން އުޅުނީ މީވަރއް ސިންޕަލްކަމެއް މިހާރުވެސް ރައްރަށުގައި ގޯދި ދޫކުރާހެން ގޯތި ދޫކޮއްބަލަ މަސް އަލަ ހައްލުވީ ހައްތާވެސް ބަލަނީ ރައްޔަތު މީހާ ދާއޮހޮރުވާ ލައިގެން ހޯދާފައިސާކޮޅު ފުލެޓް ގެސްޓް ހައުސްގެ ދަށުން އަތުލާ އަޅުވެތި ކުރަން

    2
    1
  14. އީޖާބޭރާއްޖެ

    މިރާއްޖޭގައި އެންމެ ބޮޑުމަސް އަލަޔަކީ ބޯހިޔާ ވަހި ކަމުގެ މަސް އޫރޭ ޕޯޑިއަމް ތަކުގައި ވާހަކަ ދައްކަވާއިރު އެއީ ރަށްޔަތުން އަޅުވެތިކުރަން ހިންގި ނަސްލީ އިމްތިޔާޒެއް 3000 ވަރަކަ އަހަރުވެއްޖެ މީހުން އުޅޭތާ 1978އަހަރާހަމަޔައް މިގެދޮރުވެރިކަމުގެ މަސްއަލައެއްނެތް މިހުރިހާކަމެއް މިޖެހުނީ ރާވައިގެން ރަށްޔަތުންލައްވާ ބިންހިއްކުވަން މަސައްކަތް ކުރުވާފައި ހަމައެކަނި މާލޭގެ ރަށްޔަތުންނައް ގޯތިނުދީ ބިންތައް ހިސޯރުކޮއް ފުލެޓްގެ ނަމުގައި ގެސްޓުހައުސް ވިޔަފާރި ސީދާ ރައްޔަތުންނައް އަމާޒްކޮއްފެއްޓީ މިކަން ވަރައްސާފު މީގެ ކުރީގައިނޯވޭ ބައްޕަގެ މަންމަގެ މުނިމާމާގެ މުނިކާފައިގެ ބިންކޮޅެއް އޮވޭތޯ އަނބިމީހާގެ ބިންކޮޅެއް އޮވޭތޯ 18 އަހަރު ހަމަވީމާ ސަރުކާރުން ގޯތިދޫކުރަށްވާ ހެދުމާ ނުހެދުމާ އައީ އަމިއްލަ ކަމެއް މިހާތަނައް އަމިއްލަޔައް ގުދޮރު އްޅައިގެން އުޅުނީ މީވަރއް ސިންޕަލްކަމެއް މިހާރުވެސް ރައްރަށުގައި ގޯދި ދޫކުރާހެން ގޯތި ދޫކޮއްބަލަ މަސް އަލަ ހައްލުވީ ހައްތާވެސް ބަލަނީ ރައްޔަތު މީހާ ދާއޮހޮރުވާ ލައިގެން ހޯދާފައިސާކޮޅު ފުލެޓް ގެސްޓް ހައުސްގެ ދަށުން އަތުލާ އަޅުވެތި ކުރަން މިކަހަލަކޮމެންޓެއްވިއްޔާ ނުޖަހާޏެ ދެން ކޮން މިނިވަންކަމެއްތީ

  15. ޜަ

    ހެހެހެ