ރ.މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ޢަދުނާން ޙުސައިން، އެކޯޓުގެ ތިން އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރަމުން އަންނަތާ އަށް އަހަރު ވެއްޖެ ކަމަށް އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް ކަށަވަރު ކޮށްދީފިއެވެ.
މި ތިން މުވައްޒަފުންގެ ތެރެއިން އެއް މުވައްޒަފު މިހާރުވަނީ އެ ކޯޓުގެ ވަޒީފާއިން ވަކިވެފައެވެ. ޢަދުނާން ޙުސައިން މި ތިން ޒުވާނުންނަށް ޖިންސީގޮތުން ބެހި ގަދަކަމުން ތުންފަތައް ދޮން ދޭން މަސައްކަތްކޮށް ޖިންސީ ގުނަވަންތަކުގައި އަތްލާ ހަދާފައިވާކަމަށް މި މުވައްޒަފުން ބުނެއެވެ.
ޢަދުނާން ޙުސައިންއަކީ އެމްޑީޕީގެ ކެމްޕެއިން ދުވަސްވަރުތަކުގައި ފާޅުގައި އެމްޑީޕީގެ އެކްޓިވިސްޓެއްހެން ކެމްޕެއިން ޙަރާކާތްތަކުގައި އުޅުއްވާ ބޭފުޅެއް ކަމަށް މައުލޫމާތު ލިބެއެވެ. ޢަދުނާން ޙުސައިންގެ ނުފޫޛު ވަރުގަދައަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށާއި، އަދި މަތީ މަރުޙަލާގެ ކޯޓުތަކުގައާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށްވެސް އޮތްކަމަށް މި ޢަދުނާން ޙުސްއިން ބުނަމުން ގެންދާތީ ތިން ޒުވާނުން ވަޒީފާއިން ވަކިކޮށްފާނެކަމުގެ ބިރާއި، އަދި ޢާއިލާގެ ބޭފުޅުންނަށް ރަށުގައި ޢަދުނާން ޙުސައިންގެ ފަރާތުން އޮތް ބިރަށްޓަކައި މިކަން ރިޕޯޓް ނުކުރީކަމަށް މިތިން ޒުވާނުން މައުލޫމާތުދޭ ކަމަށް "ވަގުތު" އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެއެވެ.
އަދުނާން ހުސައިންގެ އޯޑިއޯއެއް ވެސް "ވަގުތު" އަށް ވަނީ ލިބިފައެވެ. އެއޯޑިއޯ އަކީ އޮފީސް ތެރޭގައި އޭނާ އަންހެން މުވައްޒަފަކާއި ވާހަކަދައްކާފައިވާ އޯޑިއޯއެކެވެ. އޯޑިއޯގައި ތަކުރާރުކޮށް އަދުނާން ހުސައިން މުވައްޒަފު ކައިރިން އެދެނީ އޭނާ އާއި ކައިވެނި ކުރުމަށެވެ.
އޯޑިއޯ އިން އިވޭ އަޑުތަކަށް ބަލާއިރު އަންހެން މުވައްޒަފުންގެ ގައިގާ އަތްލާ އޭނާ އަށް ޖިންސީ ގޯނާ ކުރަން އަދުނާން ހުސައިން މަސައްކަތް ކުރެއެވެ.
"އަޅެ މަގޭ ކުރިމަތީގައި މިހިރަ ލޯބިގަނޑާ ކީއްވެތަ މަށާ ނީންނަން ތިއުޅެނީ، އަޅެ ޕްލީސް މަށާ އިންނަން ޤަބޫލުވެބަލަ، އަޅޭ މިއޮށް ލޯބި ރީތި ތުންފަތެއް (ޢަދުނާން)" "ދެން އަތް ނުލާބަލަ އުނހޫނ ދެން ނުހިފަބަލަ (އަންހެން މުވައްޒަފު އިންކާރު ކުރަމުން)" ބުނެފައި ވެއެވެ.
"މާކުރަތު މެޖިސްޓްރޭޓް ކޯޓުގައި ތިބެނީ ހުސް އަންހެން މުވައްޒަފުން. މީގެ ތިން އަހަރު ކުރިން ފިރިހެން މުވައްޒަފަކު އެކޯޓުގައި މަސައްކަތް ކުރި. ނަމަވެސް ޢަދުނާން ޙުސައިންއަށް އެކަށީގެންވާ ގޮތެއްގައި މި ތިން އަންހެން ކުދިން ގަޔަތް އެރުމުގެ ފުރުޞަތު ނުލިބޭތީ، ފިރިހެން މުވައްޒަފުގެ ބޮލުގައި ބަދުނާމެއް އަޅުވައި ޑީޖޭއޭއަށް ލިޔެ އެމުވައްޒަފު ވަޒީފާއިން ވަކިކުރި. ޖެހުނު މައްސަލައަކީ ދިމާވި ދެބަސްވުމަކާ ހުރެ ކަޓަރު ހިފައިގެން މި ފިރިހެން މުވައްޒަފު ޢަދުނާން ޙުސައިންއާ ދިމާލަށް އައުންކަމަށް ބުނެ ޢަދުނާ ޙުސައިން ޑީޖޭއޭއަށް އެމުވައްޒަފު ވަކިކުރަން ފޮނުވުން. ނަމަވެސް އެމުވައްޒަފު ބުނާ ގޮތުން ދުވަހަކުވެސް އެ މުވައްޒަފު އެފަދަ ޢަމަލެއް ހިންގާފައެއް ނުވާނެ." މައުލޫމާތު ދިން މީހާ ބުންޏެވެ.
އެނގިފައިވާގޮތުން މި މައްސަލަ ވަނީ ޖުޑިޝިއަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް ހުށަހަޅާފައެވެ.
މިކަމާއި ގުޅިގެން މެޖިސްޓްރޭޓްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.
ހާދަ ނުލަފާ މެޖިސްޓްރޭޓެއް ތީ.
ގައްޑާ
މަ މީނަ ދަންނަން. ވަރަށް ގޮތް ކުޑަމީހެއް މިއީ!!
ތި އަދުނާނަކީ ވަރަށް ކޮރަޕްޓް މީހެއް.....އޭނާއަކީ ބާރާއި ނުފޫޒު ބޭނުންކޮށްގެން އޭނަ ދިރިއުޅޭ ގެއާއި ޖެހިގެން ހުރި ގެއިން އަދުނާނުގެ ދިރިއުޅޭ ގޯތިތެރެއަށް ބައެއް އިތުރުކުރި މީހެއް.. ގާތްގަނޑަކަށް 10 ފޫޓް ވަރު ނަގަން މަސައްކަތްކޮށްފައިވޭ
ރަނގަޅު ވަގުތުން މިކަހަލަ ކަންކަން މިހާސާފްކޮއް ގެނެސްދޭކަން. މިކަހަލަ ކަންކަމުގައި ކޮންމެސް ބަޔަކު އިސްނަގައިގެން ހައްލު ކުރެވޭނީ.ސާބަސް ވަގުތުނޫސް ??. ވަޒީފާގެ ބިރައް އިއްޒަތްތެރި ކަން ނަގާލާތީ ހިތާމަވުރަން. ވަރަށް ދެރަވަމެއް.
ރާއްޖޭގައި އުޅޭ ގިން ގާޒީންގެ ޙާލަތަކީ ތިޔައީ! ކީއްކުރާނީ.
އަލްހަމްދު ލިއްލާހް ފައިނަލީ ދިގު އިނތިޒާރެއްގެ ނިމުން. ޙައްގު އަދަބު ދިނުން ވ ވ ބޭނުން
ރަށު ރައްޔިތުން ނުކުމެ ހައްވަރަށްދީ
ސަރުކާރުގެ ގިނަ މުއައްސަސާ ތަކުގެ ހާލަކީ މީއީ. ސަރުކާރުން އަންހެނުންގެ ރައްކާތެރިކަމަށް ކޮންކަމެއް ތޯ ކޮއްދިނީ.
އައްޗީޑި ކޮންފަދަ ހަޑިހުތުރު ޢަމަލެއް.
ޢެޛެންޑާ19 ގެ ދަށުން ވަކިކޮށްބަލަ
މަދާން
ޢަވަސް ފިޔަވަާޅު ާާާާާާާާާާާާާާާާާ
ޢަވަސް ފިޔަވަޅު އަޅަން ގޮވާލަން
ފާޅުކުރަން ނުކެރިފަ ހުންނަ ވާހަކަތައް ފެންމައްޗަށް ތިލަކޮށް ލިޔަމުން ގެންދާތީ ވަގުތު ވަރަށް ހަބ|ޭސް
އަޅުގަނޑުމެންނާއެކުވެސް މަސައްކަތްކުރި އެދުވަސްތައްކުގާ އުޅުނު އޮފީހުގެ ކުއްޖަކަށް ތިޔަބުނާ ގޯނާކުރި ވަރަށް އަބޫއިމީހެއްދޯ ވަރަށް ސަލާމް
ތިން މުވަެްޒަފުންގެ އާއިލާ އިން ނިކުމެ ހުކުން ކޮށް ތަންފީޒް ކޮށްލާ ރަގަޅަށް ....
މޯލްޑިވްސް ޕޮލިޓެކްނިކްގައިވެސ ތިކަހަލަ މީހަކު އުޅޭކަމަށްވޭ.....ވަގުތު ނޫހުން އެކަމާއި ގުޅޭ ރިޕޯޓެއް ގެނެސްދީބަލަ
މޮޅު ޙުތުބާ ދިން މާކުރަތު ދޯ
ބައްޕަ މަށަށް އަދި ނަސޭހަތް ދޭ. ބަސް އަހާށޭ ކިޔައިގެން. އެކަމް މިހިރީ ބައްޕަ އުޅޭގޮތް. މާކުރަތު ކައުންސިލްގެ ރައީސް ވިދާޅުވީ އަދުނާނަކީ ނަޒާހާތް ތެރިއެކޯ. ޙަސަނާ އެޖެންޑާ 19 އަށް ހުތުރު މި އަދުނާނުގެ ސަބަބުން.
ރައްޔިތުން ހޭލަ ބަލާށެވެ.
މާކުރަތު ކައުންސިލް ވެސް ހިސޯރު ކޮށްގެން އުޅެނީ އަދުނާނުގެ ބެސްޓް ފުރޭންޑް އަބުދުﷲ ނައީމް. އެތަކުންވެސް ގިނަ މުއަށްޒަފުންތަކެއްވަނީ ވަކިވެފައި. މިކަން ބައްލަވާ ދެއްވާ. ޢެތަނުގަ ވެސް އެއްވެސް ފިރިހެނެއް ހަރެއްނުލާ. ފުލް ކޮން ކޮރަޕްޝަން. ބިޑް ކޮށްފަ ދޭނެ މީހަކަށް މަސައްކަތްތައް ދެނީ.
ވީޑިއޯ އެއް ނެތްތަ؟ ތިކަހަލަ މީހުން އެބަޖެހޭ ބޭޒާރުކުރަން. ވީޑިއޯ އެއް އޮތީމަ ކޯޓުގައި ސާބިތު ނުވިއަސް ރައްޔިތުންނަށް އެނގޭނެ.
މިކަހަލަ ރޮމެންޓިކް މީހަކު ވިއްޔާ އެ ހުންނަނީ ރީނދޫ ހުން ޖެހިފައި ދޯ! ޔަޤީންވަނީ ޢަބްދުﷲ ދީދީމެން ދުރުއަޅުވާލާފައި އިންސާފު ޤާއިމްކުރުމަށް މިފަހަރު ގެނެސް ބައިންދާއީ ސްޕްރީމްކޯޓުގެ ބެންޗުގައިހެން!
ރަޖަމްކުރޭ
އަޖައިބުވެއްޖެ ތިހާ ދުވަހު ތިބީމަ.
މިކަހަލަ އަޚްލާޤެއްނެތް މީހުން މިއުޅެނީ ތަންތަނުގެ ވެރީންނަށް..ލަދުން ބޯހަލާކު..
މީނާ އަކީ މީހުން ލައްވާ މަސައްކަތް ކުުރުވާފަ ލާރިވެސްދޭ މީހެއްނޫން.ފުރަތަމަ ކުރި ކައިވެންޏަށް ލިބުނު 3 ދަރިންނަށް އެއްވެސް ހަރަދެއްނުުކުރޭ.މިހާރު އިނދެގެން އުޅޭ އަނބީގެދޮށީ އަންހެން ދަރިވެސް އުޅެނީ ހަމަ މީނަ އުޅޭހެން.މާލޭގަ ފިރިހެނުން ގޮވައިގެން.ލަދު ނުގަންނަކަން. މާކުރަތު ރައްޔިތުން ނިކުމެ މި ޝައިތާނު ހަވަރަށް ދީ.....???. ެ
ތިޔަ މެޖިސްޓްރޭޓަށް ފިޔަވަޅު ނޭޅުން ގާތީ ސަބަބަކީ ތީ އެމްޑީޕީ އެކްޓިވިސްޓެެއް ގޮތަށް މަސައްކަތް ކުރާ ބޭފުޅެއް އެހެންވީމަ ތީ މިޤައުމުގަ ތިބި ނަޒާހަތް ތެރި ޤާޟީންގެ ލިސްޓުގައި އޮންނަ ބޭފުޅެއް އެމީހުން ސާފުވާނެ ޙުދު ފޮތިކޮޅެއްހާ
މާކުރަތު ކޯޓުގެ މެޖިސްޓްރޭޓްގެ ވަޒީފާ ބަޔާނުގަ ހިމެނޭކަމަކީބާ އަނެއްކާ
އަދުނާނު ކަލޭ އެކުދީންނައް ޖިންސީ ގޯނާކުރުން ވަގުތުން ހުއްޓާލާ..
އަޑުއެހިން. ތިޔަ އަދުނާނު ކަހަލަ މެޖިސްޓްރޭޓަކު ބ. އަތޮޅު އެންމެ ދެކުނު 3 ރަށުގަވެސް ހުންނަ ވާހަކަ.
ކިހިނެއް އަދުނާނަން ފިޔަވަޅެއްއަޅާނީ، ކަމެއްކުރާނީ އެއީ އެމްޑީޕީ ގެ ވަރަށް ޙާއްޞަ އެކްޓިވިސްޓެއް. ވަގުތު ނޫހުގައި މިވާހަކަ ލިޔެގެން ސަސްޕެންޑް ކުރާނީ ނޫސް ކަމަށްވެސް ވެދާނެ.
ކަލޭ ހަދާންވޭތަ މަގޭ ކާފަޔަށް ހަދާލިގޮތް ކަލޭގެ ނިމުން ދާނީ ހިރާޠަކުރެއްވިއްޔާ އެންމެ ހިތިކޮން. ތިން މީހުންގެ އަށްގުގާ ހައްޔަރުކުރޭ.
ކައުންސިލުގެ ރައީސް ވަގު ހަސަނު ބުނީ އެއީ ބޮޑު ދޮގެކޯ...ހަސަނާ ބޮޑުވަގާ ކަލެއައްފެނޭތަރ ނަޒާހާތްތެރިން. ތިޔައީ އެއްވަރުގެ ދެ ނާޒާހާތްތެރިން...ވަރަށް ވެދުން
އަދުނާނު: ހޫން.. އެއީ އަޅުގަނޑުގެ އަޑާއި ވަރަށް ވައްތަރު މީހެއް... އަޅުގަނޑެއް ނޫން ..
ސައީ: އެކަމް ހާދަ ވައްތަރޭދޯ ލޯބީ...
އަދުނާނު: އާ.. އަޑުވަރަށް ވައްތަރު މީހުން އުޅޭނެ.. އެ ވެދާނެ މި ޕީޕީއެމު މީހުން ހަދައިގެން އުޅޭ އަޑުކޮޅަކަށްވެސް.. މީ ހަމަ ސިޔާސީ ކަންކަން...
ސައީ: ހޫން އެހަމަވާނީ އަދޫގެ އަގުވަށްޓާލަން ބަޔަކު ކުރިކަމަކަށް ..
އަދުނާނޫ: ހޫން އަޅާނުލާ .އެހެން ނޫނަސް މަށަކަށް ހަމަނުވާނެ އެއްކަމެއްވެސް ...އަހަރެމެންގެ ޝަރުކާރެއްނު((މީ އޭ އެބުނާ އެޖެންޑާ 19 އަކީ)) ............ތިޖޫރީ އިންތާ މިހާރު އިންނާނީ ވަޅުގަނޑެއް.... ހެހެ ރައްޔަތުން ނަށް ރޭކައިވެސްނުލާ...())))
ހަމަ ތިކަހަލަ މެޖެސްޓްރޭޓެއް އެބައުޅޭ ކ. ތުލުސްދޫގަވެސް.
ނޫނޭ. އެމް.ޑީ.ޕީ އެކްޓިވިސްޓް އެއްނު. އޯކޭވާނެ.
މާކުރަތު ކޯޓުގެ ޤާޟީ ކަހަލަ ބައިވަރު ޤާޟީން ތިބޭކަމަށް ތުންތުންމަތިން އަޑުއިވޭ، ގޮއި ފުޅަ ފެހެންދޫގަވެސް އެކަހަލަ ޤާޟީން އުޅޭވާހަކަ އިވޭ. ޖޭ އެސް ސީ އިން ސާރވޭ އެއް ކޮށްލަން ފެނޭ
އަދުނާނޫ1 ކިހިނެއް ތިޔަ އުޅެނީ؟