އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީން) ރާއްޖެއަށް 11 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.

މިހާރު ކުރިޔަށްދާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމުގެ ދަށުން އޭޑީބީން ރާއްޖޭއަށް 11 މިލިއަން ޑޮލަރު ދެނީ ރާއްޖޭގެ ބަނދަރުތަކުން މުދާ އެތެރެކޮށް، ބޭރުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ގާއިމްކުރުމަށެވެ.

އޭޑީބީން ބުނީ، ބަނދަރު ގާއިމްކުރާ މި އިލެކްޓްރޯނިކް ޕްލެޓްފޯމް ނިޒާމުގެ ސަބަބުން މުދާ ކްލިއަރކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރެވިމ އަވަހަށް މުދާ ކްލިއަރކުރުމަށް ފަސޭޙަވެގެންދާނެކަމަށެވެ. އަދި މުދާ ގެންނަ ފަރާތްތަކުން މުދާ ކްލިއަރކުރުމަށް ކުރާ ހޭދަވެސް މި ނިޒާމު ގާއިމްކުރުމުން ކުޑަވެގެންދާނެކަން ފާހަގަކުރިއެވެ.

މި ޕްރޮޖެކްތަށް 11.99 މިލިއަން ޑޮލަރު ހޭދަވާއިރު، އޭގެ ތެރެއިން 1.99 މިލިއަން ޑޮލަރު ދޭނީ ދިވެހި ސަރުކާރުންނެވެ.

މި ޕްރޮޖެކްޓް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ 2023 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަފާ

    ތިޔަޢީ ކައުންސިލް އިންތިހާބަށް އެރުވި ވެދުމެއް