ދިވެހި ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރަން ގޮސް ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނެސް ރިހެބިލިޓޭޓްކޮށް އަލުން އަނބުރާ އެމީހުން މުޖްތަމައަށް ނެރެވޭނެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިހެން ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތްތައް މަޝްވަރާކުރަން ރާއްޖޭގައި މިއަދު ފެށި ފޯރަމެއް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ހަމީދު ވިދާޅުވީ ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިން ދުނިޔޭގެ އެކި މަންޒިލަތަކަށް ގޮސްފައިވާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެމީހުންނާއި މެދު ކަންތަށް ކުރަންވި އެންމެ ރަނގަޅު ގޮތެއް ދައުލަތުގެ މުއައްސަސާތަކާއި ބައިވެރިވެގެން ކުރިއަށް ގެންދާކަމަށެވެ.

ކޮމިޝަނާރ މިހެން ވިދާޅުވި އިރު، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ހަނގުރާމަތަކަށް ދާ ދިވެހިން ރާއްޖެ އަށް އަނބުރާ ގެންނަން ބޭނުން ނުވާ ކަމަށެެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) ގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައިވަނީ ސީރިއާ ފަދަ ބޭރު ގައުމުތަކަށް ދިވެހިން ގޮސް ހަނގުރާމަތެރޭގައި ލިބޭ ކުދިންނަކީ ސަރުކާރަށް ޖެހޭ ގޮންޖެހުމެއް ކަމުގައެވެ. އަދި މައުސޫމު ތުއްތު ކުދިންގެ ރައްޔިތުކަން ކަށަވަރު ކުރުމަކީ އުނދަގޫ ކަމެއް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޓޯ

    އެމްސީ ހަމީދުއަށް އަޅުގަނޑު ހިޔާލެއް ދޭން ބޭނުން... ހަނގުރާމަ ކުރާ ހިތްވާ ދިވެހިންނަށް ސަރުކާރުން އެމްއެންޑީއެފް އިން ވަޒީފާ ދިނުން ކީއްތޯ ؟؟ އޭރުން އެހީމުން ވަރަށް އިޙުލާސްތެރި ކަމާއެއްކޮއް ވަޒީފާ އަދާ ކުރާނެކަމަށް ޤަބޫލް ކުރެވޭ