ސްޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވުމަށް ޖޭއެސްސީ އިން ނިންމާ، އެނިންމުމާއި ގުޅިގެން މުއައްސަސާތަކުން އަޅާ ކޮންމެ ފިޔަވަޅެއް ބާތިލްވާނެ ކަމަށް ސްޕްރީމް ކޯޓުން ކަނޑަ އަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިހެން ބުނީ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ސަސްޕެންޝަން ފަސްކޮށް އެއާ ގުޅޭ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނާޅަން އަމުރުކޮށްފައިވަނިކޮށް އެ ގަބޫލު ނުކުރަން ޖޭއެސްސީއިން ނިންމި ނިންމުމަކީ ޣައިރު ދުސްތޫރީ ނިންމުމެއް ކަޑައަޅައި ދާދި ދެންމެ އަކު ނެރުނު އަމުރެއްގައެވެ.

ސްޕްރީމް ކޯޓުގެ އަމުރުގައި ބުނީ ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް ނިންމާ ކޮންމެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކަމާބެހޭ އެހެން މުއައްސަސާއަކުން ނުވަތަ ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމެޓީއަކުން ވެސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

އަމުރުގައި އިތުރަށް ވާގޮތުން ޖޭއެސްސީގެ އެ ނިންމުމަކީ އެ ކޯޓުގެ ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް އަދުލު އިންސާފަށް ހުރަސް އެޅޭ ގޮތަށް އެ ކޮމިޝަނުން ނިންމާފައިވާ އައިރު ދުސްތޫރީ އަދި އައިރު ގާނޫނީ ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަކީ ޤާނޫނީ އެއްގޮތައް ނިންމާފައިވާ ނިންމުމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަލް ކޮމެޓީ އިން ރޭ ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ޖުޑީޝަލް ކޮމެޓީން ރޭ ނިންމީ އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ ޤާނޫނު އަސާސީ އިން ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި އެނިންމުމާއި މެދު ޤާނޫނީ ގޮތުން ސުވާލު އުފެދޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމެވީ، އޭނާއަށް ޖިނާއީ ތުހުމަތެއް ކުރެވި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

އެ މައްސަަލައަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރާ މައްސަލައެވެ. އެ މައްސަލަ ތަހުގީގު ކުރަންވެސް އެދިވަޑައިގެންނެވީ ރައީސް ނަޝީދުއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރޯ

    މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނުއަސަސިއާ ހިލާފު ނިންމުމެއް . ތަޅުމަށް ހުށަހަޅައިގެމް ނިންމައިފިނަމަ 19 ވަނަ މަލިސް ގައިރު ގާނޫނީކޮށް 18 ވަނަ މަޖިލިސް ސައްހަކޮށް އިންތިހާބު ބެއްވުމަށް އިލެކްސަނަށް އަމުރު ކުރުމުގެ ބާރު ސްޕްރީމް ކޯޓަށް ލިބިގެންވޭ.

  2. ޢަލީ

    ހުވާމިބުނި ތެޅިބާލަނީ ވެރިކަމަށް އަންނަންވެގެން މި ސަންގު އައްނި ގައުމު އިނދަޖައްސާފަވެސް އޭނަވެރިކަންކުރަން މިދެންކާކުތަ؟ ބަޔަކު މީނަޔަށްވެސް މުޑިނަގައިތާދޯ އަހަރެމެނަށް މިނުވޭ ފައިފުއްސަކަށްވެސް ދީނަށްފުރައްސާރަ ކުރާމީހަކު...

  3. އާދަނު

    ކަލޭމެން ދެބައި މީހުން ގުޅަކުޅޭ ފަސްގަނޑަށް ނިކުމެ ހިފައިގަންނަން ވީނު؟ އަހަރެމެން ރައްޔިތުންނަށް ޗަރުކޭސް ދައްކަން ނޫޅެ، ތިއަށްވުރެ ޕްރޮފެޝަނަލްކޮށް ތިކަން ހައްލުކޮށް ބަލަ،؟ ކުޑަކުދިންތަ ތީ، އެކަށްވުރެ އަނެކަކު ގަދަކަން ދައްކަން؟

  4. ޢާލިމް

    ކޮން ރައީސް ނަޝީދެއްތަ؟ އަދިވެސް އެއީ ރައީސް ތަ؟ މަޖްލިސްގެ ރައީސްއޭ ކިޔާ، ތިހާ ރައީސް ކިޔާ ހިތް ވަންޏާ.

  5. Anonymous

    ސްޕްރީމްކޯޓުން ތިޔަނިންމެވި ނިންމެވުމައް އިހްތިރާމް ކުރަން ޖެހޭ. ހިތާމަ އަކީ ދެއުޅިއެއްނުވާ ބައެއްގެ އަތްމައްޗައް ބާރުތަކެއްލިބި ފާލުންނެއްޓެމުންދާކަން.

  6. ތަހުޒީބު މީހާ

    ނަސީދު އަބަދުވެސް އުޅެނީ އެކަލޭގެއަށް އުޅެވޭގޮތް ގޯހޭ ބުނާ ކޮންމެ މީހެއްގެ ކަރުގައި ވަޅިޖައްސާ ބިރުދައްކަމުން. އަބުދުﷲ ގާޒީ 2012 ގައި ގެންގުޅުނު ގޮތުން ނަސީދުވަނީ އަނގަވަތަށް ވެއްޓި ބުރ އަށް ދަތްވަދެ ވެލިކެވި ބޭރުދުނޔޭގައި އެކަލޭގެ ފޮށާ ކަކުލުން ތިރިޔަށް ބޭލިފައި. މިހާރު އެ އަލިއަރުވަނީ ބޮވުނު އެއްޗެއްގެ ޒާތުން 7 ފެބުރުވަރީ ހަނދާނުން ކައްސާލައިގެން... މަޖިލީސް އުވާލަން ފެނޭ

  7. ޢަލީ 12

    މައްސަލައަކީ ޖޭއެސްސީގެ މެންބަރުންނަށް އެއްމެ އަކުރެއް މިހާރު ފެންނާތީ.. ފަނޣިޔާރެއްގެ މައްޗަށް ތުހުމަތކުރެވޭ މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ބަލަންވާނެ.. އެހެންނަމަވެސް އެ މައްސަލައެއް ބެލުމުގައި ޢަމަލުކުރަންވާނީ އިންސާފުން ޢަދުލުވެރިކޮށް.
    ފަނޑިޔާރެއްގެ މައްޗަށް ފިޔަވަޅެއް އަޅަންވާނީ އެ ކުރެވުނު ތުހުމަތާއި ގުޅޭގޮތުން އެ ފަނޑިޔާރެއްގެ ބަހެއް ހޯދުމަށް ފަހުގައޭ ޤާނޫނުގަ ބުނާއިރު، ޖޭއެސްސީން މި ޤާނޫނަށް ޢަމަލު ކޮށްފައެއްނުވޭ....
    އެހެންވީމަ ޖޭއެސްސީގެ ނިންމުން ރަގަޅެއްނޫން.. ބާރެއް ލިބުމަކީ ހިތުހުރިގޮތަކަށް ކަންތައްތައް ކުރުމެއް ނޫން... ޢަދުލުވެރި އިންސާފުގެ ޓެގް އަޒލުވައިގެން ސަރުކާރާ ޙަވާލުވީ.. އެހެންވީމަ ޢަދުލުވެިންނަށްވެ އެއްމެންނަށްވެސް އިންސާފު ކަށްވަރު ވާންވާނެ...

    ތިމާ ނުރުހޭ މީހަކަށްވާތީ ފްރޭމްކޮށް، ހެކު އުފައްދައިގެން އެއްވެސް މީހަކާމެދު ނުޙައްޤުން ޢަމަލުކޮށްގެން ނުވާނެ..