މިހާރު ރާއްޖޭގައި އޮށް ސަރުކާރުގެ އަމާޒަކީ ރައްޖޭގެ ކޮންމި ރަށަކުންވެސް ފުރައިގެން 20 މިނެޓް ތެރޭގައި ދެވޭހާ ދުރުމިނުގައި އެއާޕޯޓެއް ހެދުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމުގައި ވާހަކަދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ވަރަށް ބޮޑަށް ތަރައްގީ ކުރަން ޖެހިފައިވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ރައްޔިތުން މިހާރު އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ބޮޑު ހޭދައެއް ހަރަދުކުރަން ޖެހޭކަމަށާއި މިކަންކަން ހައްލުކުރުމަށް ފެރީ ދަތުރުގެ ނިޒާމް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް އިތުރު އެއާޕޯޓްތަކެއް އަޅަނީ ދަތުރުފަތުރުގެ ނިޒާމް އިތުރަށް ފަސޭހަކޮށްދިނަމަށް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒާ އެއްގޮތަށް ދަތުރުފަތުރުގެ ކަންތަށް ތަރައްގީކޮށް ފުޅާކުރުމަށް މަދުވެގެން ފަސް އެއާޕޯޓް އަޅަންޖެހޭނެ ކަމަށެވެ.

ސަރުކާރުގެ އަމާޒަށް މިފަސް އަހަރުގެ ތެރޭގައި ވާސިލްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.

ރާއްޖޭގެ އެކޮ ސަރަހައްދުތަކުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު ބައެއް ރަށް ރަށުގެ އެއާޕޯޓްގެ މަސައްކަތް މިހާރުވަނީ ނިމިގެންގޮސްފައެވެ. އެއާޕޯޓްގެ މަސައްކަތް ނިމިފައިވި ނަމަވެސް އަދި އާންމު ދަތުރުތައް ފަށާފައެއް ނުވެއެވެ.

ވެރިކަން ކުރާ ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓް ތެރޭގައި ދެވޭހާ ދުރުމިނުގައި އެއާޕޯޓެއް ހެދުން ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވާއިރު ނިމިގެންދިޔަ ސަރުކާރުން ވަނީ ކޮންމެ ރަށަކުން ފުރައިގެން ގިނަވެގެން 30 މިނެޓް ތެރޭގައި ދެވޭހާ ދުރުމިނުގައި އެއާޕޯޓެއް ހެދުމަށް ނިންމާ އެކަމާ ގުޅޭ ބައެއް މަސައްކަތްތައް ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    މޮޅުވާހަކަ ނުދައްކާ ހަނިމާދޫ އެޢާޕޯޓް ރަނގަޅު ކޮއްބަލަ

    17
  2. އަނެއްކާ

    ފައްޔާޒުގެ ފޮނިކެނޑުން ބާލީސް ދަށުގަބާއްވާފަ ގެޔާބަދިގެއާ ދެމެދު އެއަރޕޯޓެއް އެޅުމުގެވާހަދެއްކުން މާރަނގަޅުވާނެ ފޫނެއްފަޔަށް ފެންފުރުމަށް ފައްޔާޒުވަރެއްހަމަ ނެތް.

    19
  3. ޒަކީ

    ބަލަ މިހިރަ މިނިސްޓަރޫ ކޮންމެ ދެރަށެއްދޭތެރޭ އެއަރޕޯޓެއް އެޅިޔަކަސް ދަތުރު އޮތީ ހަމަ ކުރިންވެސް އޮންނަ ގޮތަށް. ގއ އިން އައްޑޫ ގަމަށް ދާންބޭނުންވާ މީހާ ދަނީ ގއ ކޫއްޑޫ-މާލެ-ގަން. އަނބުރާ އަންނަނީވެސް ހަމަ މިހެން. މިޖެހެނީ ކޮންތާކުތޯ ވަޒީރު

    14
  4. ކެޔޮޅު

    ފައްޔާޒުމެން ބުނި މރާއްޖެއައް އެއާރޕޯޱްތަކެއް ބޭނުނުއްނުވެޔޭ ބޭނުންވަނީ ޖަޒީރާވަންތަ ފެރީތަކެކޭ ކީކޭ ތިކިޔެނީ ހަމަހޭގަބާ؟؟

    16
  5. އަމީނު

    އެހެންވީމަ ހދ އަށް ބަލާ އިރު 10އެއަރޕޯރޓް ށ އަށް ބަލާއިރު 12އެއަރޕޯރޓް
    ނއަށް ބަލާއިރު 13 އެއަރޕޯރޓް ދެން ކިޔާނެކަމެއްނެތް. ބޯހަލާކު މިއޮތީވާ ސަރުކާރެއް. ސިއްހިކަންކަން ރަނގަޅުކުރަން ޑޮކްޓަރުންގެ މިނިސްޓްރީއެއް. ބޭސް މިނިސްޓްރީއެއް. ރޭޑިއޯލޮޖީ މިނިސްޓްރީއެއް. ސާރޖަން މިނިސްޓްރީއެއް. އޭރުން ޚިދުމަތް މެދެއް ނުކެނޑޭނެ އިގޭތޯ ބިތާްަމާރުވިސްނުން.

    16
  6. ނާޒުކު

    ކޮން އެއަރޕޯޓެއް. ޖަޒީރާ އަކަށް ބޭނުމެއް ނުވޭ. ހެންވޭރުން މާފަންނަށްވެސް ދެވެނީ 20 މިނިޓުން ދެން އެދޭތެރޭގައިވެސް އަޅަންވީނު އެއަރޕޯޓް.

    10
  7. ރަޝްނާ

    މިހިރަ ބީތާމާރާ! އަޑުއަހާބަލަ! ހއ ހޯރަފުށީ ކައިރީގައި ޔާމީން ފެއްޓެވި އެޔަރޕޯޓުން ހދ ހަނިމާދޫއަށް ކުޅުދުއްފުއްޓަށް 10 މިނެޓް. ހދ އެޔަރޕޯޓަކުން ށ ފުނަދޫ އެޔަރޕޯޓަށް 10 މިނެޓް. ފުނަދު އެޔަރޕޯޓުން ނ މާފަރު އެޔަޕޯޓަށް 15 މިނެޓް . މާފަރު އެޔަޕޯޓުން ރ އިފުރު އެޔަޕޯޓަށް 10 މިނެޓް ، އިފުރުން ބ ދަރަވަންދޫ އެޔަރޕޯޓަށް 10 މިނެޓް ، ދަރަވްނަދޫ އެޔަރޕޯޓުން ޅ. މަޑިވަރު އެޔަރޕޯޓަށް 10 މިނެޓް .މަޑިވަރު އެޔަރޕޯޓުން މާލެއަށް 20 މިނެޓް، ދެން ކިޔޭ އެއްޗެއް އެބަ އެގޭހެއްޔެވެ؟

    15