ސްކޭޓް ބޯޑް އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އެ އެސޯސިއޭޝަން އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީއެ އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ ހުކުރު ދުވަހުގެ ރޭ، 20:00 ގައި، ހ.ބޯޅަގެ، ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި މިޖަލްސާގައި، ކުރިއަށް އޮތް އަހަރު އެސޯސިއޭޝަންއިން ކުރަން ރާވާފައިވާ ކަންކަމާއި ބަޖެޓް ފާސްކުރުން ހަމަޖެހިފައިވާކަމަށާއި އަދި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ހުސްވެފައިވާ މަޤާމްތަކަށް މީހުން އައްޔަންކުރުމާއި މެދު ވޯޓުނެގުމަށް ހަމަޖެހިފައިވާކަމަށް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން އެ ޖަލްސާގައި ވީހާވެސްގިނަ މެންބަރުން ބައިވެރިވެ ވަޑައިގަތުމަކީ އެސޯސިއޭޝަންގެ ވަރަށްބޮޑު އެދުމެއް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ،

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9532676 އަޚްމަދް ނާއިޝް، ނުވަތަ 7602143 ހަސަން ސިޔާގް އާއި ގުޅުއްވުން އެދޭކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢާލިމް

    މީވެސް ހަމަ އުފެދިފައިވާ އެސޯސިއޭޝަނެއް ދޯ. ނުވެސް އެނގޭ ކުރިއަކުން.