ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުސީދާގޮތެއްގައި ވަރުގަދަ އިންޒާރެއް ސުޕްރީމް ކޯޓަށް ދެއްވައިފިއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމި މައްސަލާގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓަށް އަމުރުކޮށްފަައިވަނިކޮށް ރައީސް ސޯލިހު ދެންމެ ނެެރުނު ބަޔާނެއްގައި ވިދާޅުވީ، ޖޭއެސްސީއަކީ ފަނޑިޔާާރުންނާއި ގުޅޭ މައްސަލަތައް ބެލުމަށް ގާނޫނު އަސާސީން އެކަށައަޅާފައިވާ މުވައްސަސާކަމަށްވާއިރު، އެ މުވައްސަސާގެ ނިންމުންތަކާއި ގުޅިގެން އެ މުވައްސަސާ ޖަވާބުދާރީ ކުރެވޭނެ ގޮތްވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޖޭއެސްސީ މެންބަރުން ޖަވާބުދާރީ ކުރެވޭނީ ރައްޔިތުންގެ މަޖިލީސް އަށް ހާޒިރުކޮށް ސުވާލުކޮށްގެން ކަމަށާއި، ޖޭއެސްސީގެެ ނިންމުންތަކާއި ގުޅިގެން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނީ ރައްޔިތުންގެ މަޖިލީސް އަށް ކަމަށެވެ.

"އެއީ ގާނޫނު އަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ގާނުނު އަސާސީގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނު އަސާސީ ހުއްދަ ކުރާކަމެއް ނޫނެވެ". ރައީސް ސޯލިހުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރައީސްގެ އެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އަޅައި، ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ޤާނޫނުއަސާސީން އެމަނިކުފާނަށް މަތިކޮށްފައިވާ ޛިންމާއެއް ކަމަށެެވެ.

އަދި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ މި ދައުލަތުގެ އެންމެ އަސާސީ ސިފަ ކަމަށާއި، އެބާރުތައް ރައްޔިތުންގެ ފަރާތުން ހިންގުން މަތިކުރެވިފައިވަނީ ޤާނޫނުއަސާސީއިން އެކަށައަޅާފައިވާ ތިން ބާރުގެ މައްޗަށް ކަމަށް ރައީސް އެ ބަޔާނުގައި ވެއެވެ.

އިތުރަށް ރައީސްގެ އެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ޤާނޫނުއަސާސީ އިން އުފައްދާފައިވާ މުއައްސަސާތަކަކީ ވެސް އެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ތަންތަން ކަމަށާއި، އެ ބާރުތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ޤާނޫނުއަސާސީގައި ތަރުތީބުކޮށްފައިވަނީ އެއް ބާރުން އަނެއް ބާރަށް އަދި މުސްތަޤިއްލު މުއައްސަސާތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭނޭ ގޮތުގެ މަތިން ކަމަށެވެ.

"އެހެންކަމުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކާއި، ހުރިހައި މުއައްސަސާތަކުން ޤާނޫނުއަސާސީއަށާއި، ޤާނޫނުގެ ހަމަތަކަށް އިޙްތިރާމްކުރުމާއެކު، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނޭފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ". ރައީސްގެ އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. މަސްވެރިޔާ

    ކޮން ނުސީދާ އިންޒާރެއްތޯ، އޭނަވެރިކަމަށް އަންނަން ކުޅުއްވި ކުޅިނިމުނީމަ އެއްވެސްބަޔެއްގެ ބޭނުމެއްނެތީތޯ، އެކަމަކު އަމިއްލަ ލޮލަށް ފޭހުނު އިލޮށި ވަންނާނެ. ރ.ސޯލިހު އިސްތިއުފާ ދެއްވުން ޤައުމަށް އެންމެރަގަޅީ، ޤައުމުގެ 70% މީހުން ފޫހިވެއްޖެ ހަދާ ބޮޑެތި ފޮގުތަކާއި ނުލަފާކަމުން.

    160
    16
  2. ހަފީޒާ

    އިބޫސޯލިހު މަގާމުން އަޒުލު ކުރުމައް ގޮވާލަން.. ބޮލުރޮއްޖަކައް ވެރިކަންދީގެން އަހަރެމެންގެ މުސްތަގުބަލާއި ސިޔާދަތު ވެއްޔާމޮޑޭތަން ބަލާކައް ތިބެވޭކަށެއްނެތް. މިވެރީންނަކީ ބޭރު ނުފޫޒުތަކެއްގެ އެޖެންޓުންތަކެއް.. އެއްކަމެއްވެސް ނޯވޭ ބޭރުމީހުން ލައިގެން ނޫނީ ކުރެވޭކައް..

    97
    13
  3. ރާޅު ބޯއީ

    ނުސީދާ ކޮށް ހުރި މީހަކަށް ވާހަކަ ދެއްކޭނީވެސް ނުސީދާކޮށް. މިއީ ނުސީދާކޮށް ހުރި މީހާ އަޑީގައި ހުރެގެން ނުސީދާ މަގުން މަގުދައްކަން ހުރި ކެރަފާގެ ނަޝީދު ލައްވާ ދެ މީހުން ރޭވިގެން ހިނގާ ކަންކަން. މިއިން މި އެނގިގެން ދަނީ ލާދީނީ މިވެރިކަން ނިމުމުގެ ސިއްކަ ޖެހޭ މަންޒަރު.

    99
    9
  4. ވިސްނުން

    އެހެންވީމާ ޖޭއެސްސީ އަށް ފަނޑިޔާރުން ވަކިކުރުމާއި އައްޔަންކުރުމާއި އަދަބު ދިނުންވެސް
    ކުރިއަށް ގެނދެވޭނެތާ ދެއްތޯ މާމޮޅު ގޮތެއްތީ
    ސްޕްރީމް ކޯޓުން ނިންމާ މައްސަލއެއް މޑޕ އަށް ކަމުނުދާނަނަ އެފަޑިޔާރަކު ވަކިކުރެވިދާނެ
    ދެއްތޯ ޖޭއެސްސީއަށް

    72
    4
    • ޢާނި

      މިހާރު އޮތީ ގާނޫނާއި ޚިލާފު ސަރުކާރެއް ކަމަށް ނިންމަން ވަރަށް އާދޭހާއެކު ދަންނަވަން.

      16
  5. އަބްދޫ

    މިގައުމުގެ މަޖިލިސް މިހާރު މިއޮތް ހާލަތުން ރައީސް އަޒުލް ކުރުމުގެ ބާރުވެސް ކޯޓަށް އެބަޢޮތް

    74
    3
  6. ސޭކްސްތާން

    ޖުޑިޝަރީ އިސްލާހު ކުރާ ނަމުގައި ޖުޑިޝަރީ ފުނޑާލަން އެމްޑީޕީގެ އައުވާނުން މަސައްކަތް ކުރަމުންދާކަން އެންމެންނަށް ވެސް އެނގޭ. ރަމްޒީ ގޮތުން ހުރި ރައީސް މީހާ ވެސް ޝާމިލްާގޮތަށް މިކަމެއް ކުރިއަަށް މިދަނީ. އިދިކޮޅު މީހުންގެ ޕްރެޝަރުން އެންމެފަހުން ރަމްޒީ މީހާ އޭނާގެ ރައުޔު މިއޮތީ ނެރެފަ އަދި އޭނާ ހުރިގޮތާއި ޤާނޫނަށް ހުރުމަތްތެރިކަން ހިތާ މިންވަރު މިއޮތީ ރައްޔިތުންނަށް ފަޅާއަރާފަ.

    106
    3
  7. އެޖެންޑާ19

    ތިއަށްވުރެ ސީދާ ކޮށް ނުބުނެވޭނެ.

    60
    1
  8. ބިއާއި

    ހަމަ ހިނި އަންނަނީ

    66
  9. ޙާލިދު

    ޓްރަމް ކުރާ ކަހަލަ ކަންތައް މިކަލޭގެވެސް ކުރަނީތަ؟

    15
  10. ނަމަ

    ނުސީދާ އިންޒާރެއް ނޫނެންނު ޤާނޫނުއަސާސީ ބުނެލަދިނީނު

    4
    2
  11. އިހަވަންދޫ މީހާ

    ޖުޑިސަލް ކޮމިޝަން މިނިވަން ވާނީ ކިހިނެއް؟
    މެމްބަރުންނަށް، މަޖްލިސް ރައީސް، ސިވިލް ސާވިސްކޮމިޝަން ރައީސް، ރައީސްގެ މެމްބަރ، އެޓާނީ ޖެނެރަލް، މަޖްލިސް ކަޑައަޅާ މެމްބަރ، މީ ހަމަހުސް ނުފޫޒްނޫންތޯ، މިގައުމުގަ ތައުލީމީ ޤާބިލް ބޭފުޅުން ނެތީތޯ؟ މިނިވަން ކަމާއެކު މެމްބަރު ކަމަށް ހުޅުވާލައިގެން ކޮމިޝަނަށް މެމްބަރ ހޮވޭން.
    މިގޮތައް ކޮމިޝަންތައް އެކުލަވަންޔާ އެއްވެސް ކޮމިޝަނެއް މިނިވަނެއް ނުވާނެ..

    20
  12. ކުރިންބީ

    ކުރިން ސްޕުރީމްކޯޓް ބަދަލުކުރީ ޓީމުގެޔައް މިހަރު ފޫގަޅާފަ އެތިބީ ހެންވޭރު އެމްޑީޕީ ޖަގަހަޔައް ސުޕްރީމްކޯޓް ބަދަލުކުރައް ކަމައްފެންނަނީ

    19
  13. ބެއްޔާ

    "ޤާނޫނުއަސާސީގައި ތަރުތީބުކޮށްފައިވަނީ އެއް ބާރުން އަނެއް ބާރަށް އަދި މުސްތަޤިއްލު މުއައްސަސާތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭނޭ ގޮތުގެ މަތިން ކަމަށެވެ" މިހެން ކޮންެމެ މީހަކު ބުނިކަމަށްވީނަމަވެސް ރައްޔިތުންގެ މަޖްލިހުގެ މެމްބަރުންނާއި ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރުން ޖުޑިޝަލް ސާރވިސް ކޮމިޝަނުގައި މަސައްކަތްކުރުމަކީ 3 ބާރު އެކުވެފައިވާކަމުގެ ހެއްކެއް. މިކަމަށް އިބޫ ދޭނީ ކޮންޖަވާބެއް. ފުންނާބު އުސްކަމުން ނުހިނގިގެން އުޅޭ ވަކީލުން މިއަށް ޖަވާބެއްދީބަލަ.

    11
  14. އަހުމަދު ޒައީމް

    ތިގޮތައް ތެޅި ތެޅިތިއްބާ ހުޅުބު ދާނެ

    10
    1
  15. ބަކުރުބެ

    ޝަރުޢީދާއިރާ ހަމަފުޑާލާނީ ސްޕްރީމް ކޯޓަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ ! އެކަން ކުރަން އެންޑީޕީއަށް އިތުރަށް ބޭނުންވަނީ ހަމަ އެންމެ ވޯޓެއް އެކަން ގާސިމްކޮށްދޭނެ !

    3
    8
  16. މިއަދު

    ޤާނޫނު އަސާސީން ލިބިގެންވާ ކޮން ހައްގެއްބޭނުންކޮށްގެންތޯ ހޯރައިއްބެދޫކޮށްލީ

    13
  17. އިބްރާހިމް

    އިންޑިއާ މިހާރު ކޮބާ؟

    11
  18. ނާނު

    ރ ސޯލިހު ވަރަށްއަވަހަށް ވެރިކަމުން އަޒުލްކުރުމުގެ ކޮޅުމަތިި މިފެންނަނީ ނުކިޔަވާ މީހުން ވެރިކަމުގައި ހުރުމުންް ވާނެގޮތްތިވަނީ ދެން މިކަމުގެ ޒިންމާ ނަގާނެފަރާތަކީ ކޮބާ؟

    15
  19. އައްޔަ

    މާތާހިރުވާނެ ރައްޔިތުން މަޖިލިސް ނުޔާ އަންނި އޭގޮތް ނިންމާނި ބުނީޔާ

    12
  20. އައްދޭ

    ތަމެންގެ އަސްލުސިފަ ތިފެންނަނީ އމ ޑ ޕ މީހުން ހަދާފަ ނަހަދާނެއެއްޗެ ކޮއްފަ ނުކުރާނެ ކަމެއްވެސް ނޭގޭނެ. ކުދިންނޭ ވިސްނައިގެން އުޅޭތި

    16
  21. ބޮޑުބެ

    ޤާނޫނާ ޚިލާފުވާނަމަ އިސްތިއުުފާ ދޭންޖެހޭނެ! ވަޢުދާ ޚިލާފުވާނެޔޭ! ދޮގުވެސް ހަދާނެޔޭ

    15
  22. ކިނބޫ

    ރައީސޫ ފުރަތަމަ ތިޔަ ކޮމެޓީނަގާގޮތް އިސްލާހުކޮށްބަލަ ތީރައީސުމީހާގެ ނަސްލަހަތު އޮތް ކަމިޝަނެކޭ... މަޖުލިހުގެ ރަޢީސް ތިބޭޅާ ޕާޓީގެރަޢީސް.މަޖުލީހުމެންބަރު ތިބޭޅާ ޕާޓީ މެންބަރު އިބޭޅާގެ ބަންޑާރަ ބޮޑުނައިބު އިބޭޅާ އައްޔަން ކުރާ މެންބަރު. ދެން ކޮން އިންސާފެކޭ ފަޅޮލެކޭ ތިކިޔަނީ

  23. ޕާޓޭ ގެ ޑެޑީ

    މިތާ ކޮމެންޓް ކުރާ ކުދިންނައް ތިހެން ފެލި ފެލި ތިބެންޖެހޭނީ ދެން ލަލަލާ

  24. އަލީ

    އެންމެފަހުން ތިހެން ބުނި ނަސީދު ވެރިކަމަމުން އަަހަރުމެން ވައްޓާލީ... ވީ މާ އެބޮޑި ނުބޯތި ކަލޭ