ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ހާޒިރުކުރުމަށް ނިންމައިފިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާދަމް ވިދާޅުވެފައިވަނީ ޕީޖީ ބިޝާމް އެ ކޮމިޓީއަށް ހަޒިރުކުރަން ނިންމާފައިވަނީ ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 15 އަހަރަށް ޖަލަށް ލާން ކުރި ހުކުމެއް ހައި ކޯޓުން ބާތިލުކުރި މައްސަލައިގައި ކުއްޖާ ދީފައިވާ ހެކި ބަހަށް ވީގޮތް ސާފުކުރުމަށްޓަކާ ކަމަށެވެ. ރޮޒެއިނާ އަކީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ.

މި ހުކުމް ބާތިލުކޮށްފައިވަނީ ޝަރުއީ، ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބުނެއެވެ. ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ދައުވާ އަށް އިންކާރު ކުރި ނަމަވެސް، ކުށް ސާބިތުވާ ކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިގެން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފެމިލީ އެންޑް ޗިލްޑްރަން ސާވިސަސް އިން ވަނީ ކުއްޖާއާއި ދޮންބައްޕަގެ ބަޔާނެއްވަނީ ނަގާފައެވެ. އެހެން ނަމަވެސް ކުއްޖާގެ އޯޑިއޯ އަދި ވީޑިއޯ ބަޔާން ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހުށަހަޅާފައިނުވާ ކަމަށް ބުނެފައިވެއެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އޭރު ހުށަހަޅާފައިވަނީ ލިޔުމަކުން އޮތް ބަޔާނެއް ކަމަށާއި އޭގެ ފަހުން ކޯޓު މެދުވެރިކޮށް ކުއްޖާއާއި ސުވާލުކުރުމުން އެބަޔާނާއި ކުއްޖާ ފަހުން ދެއްކި ވާހަކަ އާއި ދިމާނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒަކީ

    ރައީސް ތިިޔަބުނާ ކޮމެޓީއަކަށް ހާޒިރުކޮށް ސުވާލުކުރަން ފެނޭ. އެމަނިކުފާނުވެސް ދާދިފަހުން ވަނީ ކުޑަކުއްޖަކާއި ބަދުއަހްލާގީއަމަލު ހިންގިކަމަށް ސާބިތުވެ ޖަލަށްލާފައިވާ މީހަކަށް މާފުދެއްވާފައި. އެކަންވީގޮތްވެސް ބަލަންޖެހޭ ކަމަށް ދެކެން.

  2. ސައްބު

    ދެން ހޯރައިއްބެ މިނިވަންކުރި މީހާޔޯ؟ އޯކޭ ދޯ!

  3. ބޫންބޫން

    އެއުޅޭ ހޯރަ އިއްބެ މިނިވަންކުރި ބޭބެ ޙާޟިރު ނުކުރިއްޔާ ކިތަންމެހާވެސް ރަނގަޅު!