އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވަނީ ދެންމެ ނެރުއްވި ނޫސްބަޔާނެއްގައެވެ.
ރައީސް ނެރުއްވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފް ޤާއިމް ކުރުމަކީ މިސަރުކާރުގެ އެންމެ އަސާސީ ވައުދު ކަމަށާއި މި ވަޢުދު ފުއްދަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވަޢުދުކަމުގައި ވާއިރު، އެ ވަޢުދު ފުއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން މި ފުރުސަތުގައި ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުއްވައެވެ." އެބަޔާނުގައި ބުނެފައިވެއެވެ.
އަދި ބުނެފައިވަނީ، ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ކުރަން ޖެހޭ އެންމެހާ ކަންތައްތައް ފަސް ޖެހުމެއް ނެތި ކުރައްވާނެ ކަމަށެވެ.
"އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ކުރާންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުއްވައެވެ." އެބަޔާނުގައި ބުނެފައިވެއެވެ.
ކޮންކަމެއް ކުރެވޭނީ؟ އަތައް ނުގޮވަނީސް މައިތިރިވޭ ކެނެރީގެ ދަންނަ ނުދަންނަ މާފަތް ހުކުރު ހޮނިހިރު އާދީއްތަ މަހާރަދުންގެ ބަހަށް ހެއްލި ބޮޑި ބޯން ތިޔަ އުޅެނީ
ހަރުދަނާ ކަމެއްނެތް މީހަކަށް މުއައްސަސާ
އެއްހަރުދަނާކުރެވިދާނެކަމަކަށް ގަބޫލުނުކުރެ
ވޭ
އިންސާފު ޤާއިމް ކުރުމޭ ކިޔަސް ، ޤާނޫނު ނެގެހެއްޓުމޭ ކިޔަސް މި އުޅެނީ ހަމަ އެންމެ ފަރުދެއް " ފެންބޮވާގަތުން " އަލާކަޑުވަން ހިންގާ ކަންތައްގަޑެއް. އެކަމަށް މަގުފަހިވާ ގޮތްގޮތަށް ކަމިޝަންތަކުންނާ މަޖްލިސްތަކުން ނިންމާ ޢާންކޮށް ، ބޮޑެތިހާ ތަންތަނުން އެގެންދަނީ ބަޔާންތައް ނެރެމުން. މިހުރިހާ ތަންތަން އިސްނަގައިގެން ޢަބްދުﷲ ޤާޟީ އަމިއްލަޔަށް ސިފައިންގެ މަރްކަޒީ ރަށަކަށް ވަޑައިގެން އެހުންނެވި ހުންނެވުމާ އެތަނުން ފަރިއްކުޅުއްވާ ހައްދަވާ އެއުޅުއްވި އުޅުއްވުންވެސް ބައްލަވާނެ ނަމައޭ ހިތަށްއަރާ. ޤާޟީއަށް އެކަންކަން ހަމަޖައްސާދިން ބަޔަކުވެސް ތިބިތޯ އަތްފުނާ އަޅުއްވާގެންވެސް ބައްލަވާނެ ނަމައޭވެސް ހިތަށްއަރާ. މިހެން މިދެންނެވީ... މިހާރުވެސް ސިފައިންގެ އެމަރުކަޒީ ރަށް އެއޮތީ. ޑިފެންސް މިނިސްޓަރަށްވެސް ސިއްރުން އަމިއްލަ މީހަކަށް އެރަށަށް ގޮސް ކައިބޮއި ހަދާ އެންމެ ދުވަހަކަށް ނަމަވެސް އެރަށަކު ނުހުރެވޭނެ.
ޙުރިހާބާރެއްލިބި 8މަސް ވެގެންދާއިރު އަދިވެސް މިކިޔަނީ “ވެރިކަން އައްނަދައުރު ލިބިއްޖެނަމަ “ އެކަން ކުރާނެ ވާހަކަ!
ތިޔައީ ޢަދުލުއިންޞާފްގެ ދައިރާ ހަރުދަނާކުރުމޭކިޔައިގެން ވަކިބަޔަކަށް ކެހިދިނުމަށްޓަކައި ތިމާމެން ބޭނުންވާ ބަޔަކު އެތަނަށްލައި އެތަނަށް އަތްގަދަކުރުމެވެ. އޭރުން ވެރިކަމުގެބާރާ ، ޤާނޫނުހެދުމުގެބާރާ ޢަދުލުއިންޞާފްގެބާރު އެއްބަޔަކަށްލިބި މުޅި ޤަވްމު ހަނާވާނީ! ވެރިކަމުގެ ވައްޓަފާޅި ނެތް އެކަމުގެ ޢިލްމާއި ހުނަރުވެސްނެތް ނުކިޔަވައިތިބި ބަޔަކަށް ތިޔަފަދަ މަޤާމުތަކެއް ލިބުމަކީ އިމްތިޙާނުގެ އިންތިހާ އެވެ. އިމްތިޙާނުން ތިޔަދަނީ ފެއިލްވަމުންނެވެ. އެންމެފަހުން ވެރިކަން ދެއްވި ފަރާތުން ވެރިކަން ނަންގަވާގަންނަވާ އަނެއްފުށަށް ޖައްސަވާނެތެވެ. އެދުވަސް އިންޝާއަﷲ ދުރެއްނޫނެވެ،