ޤާނޫނު އަސާސީގެ ހަމަތައް ނެގެހެއްޓުމަކީ ރައީސްގެ ޒިންމާއެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް ނެރުއްވި ބަޔާނެއްގައެވެ.

ރައީސް ޞާލިޙްގެ ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޛުކުރުމަކީ ޤާނޫން ބުނާ ގޮތުން ރައީސްގެ ޒިންމާއެއް ކަމަށެވެ.

"ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އަޅައި، ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އާއި، (ނ) އިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއާ އާ މަތިކޮށްފައިވާ ޛިންމާއެކެވެ. " އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އެޖެންޑާ19

    ޤާނޫނުގެ ހުކޫމަތެއް ނޫން ތިޔަ ދަމަހައްޓަނީ. ތިޔަ ޤާނޫނު މުގުރަނީ

    33
    3
  2. ބުނެލީ

    ޔާމޫނުވެސް ތިގޮތަށް ގާނޫނު ދެމެހެއްޓީ!!! އެއަށްވުރެ ނުލަފާކޮށޤ ގާނޫނު ދަމަހައްޓަން ދޯ ތިއުޅެނީ؟؟؟ ނަތީޖާ ވަރަށް ހިތިވާނެ

  3. ޢަފްލާ

    މާދަމާ މީނާ މަގާމުން އަޒްލު ކުރުން ސްޕރީމް ކޯޓައް ހުއްދަ ދީފިން

  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިހެންބުނި ރައީސް ޔާމީނުވެސް.. އެކަމަކު އޭނަ އެހެން އެކަންކުރީމަ ގޯސްވީ ޔާމީނު.. އިބޫ ކުރީމަ އިބޫ ރަނގަޅު.. އަރަތެއްނޫންތަ މީ؟

  5. Anonymous

    ގާނޫނު އަސާސީ އިބޫކަލޭ ނަގަހައްޓާގޮތް ބަލަން މިތިބީ، ސިވިލްސަރވިސް ވަގު ޝަރީފުމެންނަށް ރިޝްވަތުދީގެން އެތައްހާސް ރައްޔިތުންގެ ވޯޓުޙައްގު ނިގުޅައިގަނެގެން ވެރިކަން ފޭރިގެންފައިވާ ބަޔަކަށް، ﷲ ތިޔަ ނުބައި ގޮޅާބޯމެން ހިތިގޮތަކަށް ބަލިކުރައްވާތަން ދާދި އަހަށް ދައްކަވާށި އާމީން

  6. ޝަމިލް

    ރޯންގު.. ގާނޫނު އަސާސީގެ ހަމަތަ ނެގެހެއްޓުމަކީ ހުރިހާ މުއައްސަސާއަކާއި ރައްޔިތުންގެ ޒިންމާއެއް. މިހާރު އިބޫ ތިޔަ ވާހަކަ ދައްކަނީ ޑިކްޓޭޓަރުންގެ ރާގައް.

  7. ފައްކާފެމުނު

    މަބޭނުންގޮތައް ވެއްޖެއްޔާ މަށައްނިމުނީ. އެހެންނޫނީ ސކ ނިންމުމެއް އަމުރެއް ކިޔާނެކަމެއްނެތް. އެކަމަކު ޔާންޓޭ ކުރިކަންތައް މުޅިންގޯސް. އެދުވަހު ސކ އަށް ޔާންޓެ ގޮންޖެއްސެވީކަމުގަވެ ކަރުންނާރުނަގާ ކަރުންހަންދަންދެން ހަޅޭއްލެވާ އަތިރިމަތީ ހެދިގޮނޑުދޮށުގަ ޕާޓިކުދިންހީވީ ފަޔައްހިނިއަރާގެންއުޅުނުހެން. ދެންއެހެންނޫނަސް ނާއްޓޭ މާކުރިންވެސް ބުނެފައެއޮތީ ތަޅާނެކުދިންކޮޅެއް ހޯދަންއަދި ހުރިނުލަފާކަންވެސް ދައްކާލާނެ ވާހަކަވެސްދޯ؟ އެކަމަކުވާނެގޮތަކީ ރުހުމުގެލޮލަކަށް އާބެއްނުފެންނާނެތާދޯ؟ ދެންއައީ މަނިކުފާނު ނިސްބަތްވެވަަޑައިގަންނަވާޕާޓީ ކުދިން ނުކުމެގައުމުހުޅުދާންކުރިދުވަސް ވީމަ މިއަދުމަނިކުފާނު ތިޔަވިދާޅުވާ ވާހަކަތަކާ މެދުހަމައެއްވެސް ސުވާލެއް ނެތް.

  8. ބްރަދަރ

    ގާނޫންއަސާސީނެގެހެއްޓުމަށް އަނެއްކާ ޕާޓީކުދިން ނުކުމެގައުމު ހުޅުދާން ކުރިޔަ ނުދެއްވައްޗޭ !!

  9. Anonymous

    ކޮންތާކޔ މިޖެހުނީ! 1 ފެބްރުއަރީގެ ނިންމުމަކީ ސްޕްރީމް ކޯޓުގެ ނިންމުމެއް އަދި މިއަދުގެ ނިންމުމަކީވެސް ސްޕްރީމް ކޯޓުގެ ނިންމުމެއް. އޭރު ގަޔާވާ ނިންމުމަކަށްވީމަ އެއީ ޤނޫނު އަސާސީން ލިބިދޭ ބާރަކަށް ނުވާއިރުވެސް ތަންފީޒު ނުކޮށްގެން ހަޅޭއްލެވި މީހުން މިއަދު ހަމަ އެކޯޓުން ނިންމި އެފަދަ ނިންމުމަކީ ލިބިފައިވާ ބާރެއް ނޫންކަމަށް ބުނެ އެކަން ނުކުރާނެކަމަށް ފާޅުގައި މިބުނަނީ. ކޯޓަކީ ހަމަ އެ ސްޕްރީމް ޕަވަރ. ވެރިކަން ބަދަލުވުމުން އެކޯޓުގެ ނިންމުތަކުގެ ސްޕްރީމްކަން ކެނޑުނީ؟ ފިވެހިންނަކީ ހޭބަލި ބައެއްނޫންނަމަ ރާޒުވާ ކުޅޭ މީހުން ރައްޔިތުން ބައިތިއްބާނެތަން ނިންމާކަން އެނގިގެންދޭ މިއަދު މިފެންނަ ކޮންމެ ހާލަތަކުންވެސް

  10. ބުރޯ

    ސްޕްރިމް ކޯޓް އިބޫގެ ބާރުދަށުން ނެއްޓިގެން ދިޔަ ނުދެއްވާތި . ނަސިދުގެ ބޭނުމަކީ ސްޕްރިމްކޯޓް އޭނާގެ ބަރުގެ ދަށަށް ގެޭންގޮސްފަ އިބޫގެ އިތުބާރު ނެތް ކަމުގެ ވޯޓެއްނެގުން.އޭރުން އިބޫ ހިމާޔަތް ކުރާނެ ބަޔަކު ނުތިބޭނެ ،އަޅުއްވާފިޔަވަޅުތަކާ ވިދާޅުވާ ބަސްފުޅުތކަން ވިސްނުންތެރިވެ ލައްވާތި . މިއީ ދެވޭ ނަސޭހަތެއް.

  11. ޝިހާމާ އަޙްމަދު

    ނުކިޔަވާމީހުން ތިބޭނީ އެހެންމީހުންގެ މުށުތެރޭ ފިތިފަ! އެހެންމީހުންނަށް އެގޭނެ ސަންގޯރުންނަށް ބޭނުންގޮތަކަށް ހަދައިލެވޭނޭކަން. އެފަދަ ވެފަ ކަލޭ ތިޔަހުރީ!

  12. ހަސަން ނ

    ފުލުހުންސިޔާމީހުނަށްހަދައިފި
    ތިމާގެޕާޓީމީހަކަށްހުކުމެއްކޮށްފަހުރިފަޑިޔާ
    ޔާރަކުވެއްޖެއްޔާ އެމީހަކު ކަނޑުފައްތަން
    ތިހިރީފޫގަޅާފަ

  13. ހިނިގެޅޭ

    މިހާރު ތިން ބާރުގެ ތެރޭގަ ހިމެނޭ 4ވަނަ ބާރަކީ ޖުޑިސަރީ ދޯ، މީގެ ކުރިން މީޑިއާ، ވެރިކަން ހިންގުމުގެ ބާރާއި، ރަންޔިތުން މަޖިލިސް ގެ ބާރާއި، އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރު، އެއީ ސްޕްރީމް ކޯޓް، ތިން ގެރި ތަޅާ ފޮޅަނީ، އެއީ ރީނދޫ ދެގެރިޔާ، ހުދު އެއްގެރި،