ސިނަމާލެ ބުރިޖާއި ގުޅުފައިވާ ހައިވޭ މަތީގައި ހެލްމެޓް ނާޅާ ސައިކަލު ދުއްވި އަންހެނެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަނީ ޒުވާން އަންހެނަކު ބުރިޖާއި، ގުޅިފައިވާ ހައިވޭގައި ހެލްމެޓް ނާޅާ ސައިކަލު ދުއްވަމުންދާ މަންޒަރެެވެ. އެ ފޮޓޯތައް މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު، އެ އަންހެން މީހާއަށް ފިޔަވަޅު އެޅުމަށް ގިނަބަޔަކު ދަނީ ގޮވަމުންނެވެ.

އެ ފޮޓޯތައް ފުލުހުންގެ ސަމާލުކަމަށް ގެނައުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ އަންހެން މީހާއަށް ގަވާއިދާއި އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގެ މަތިން 30 ކިލޯ މީޓަރު ބާރު މިނުގައި ދުއްވޭ މަގުތަކުގައި ސައިކަލް ދުއްވަންވާނީ ހެލްމެޓު އަޅައިގެންނެވެ. އަދި މި ގަވާއިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖުރިމަނާ ކުރާއިރު ދެވަނަ ފަހަރަށް ދުއްވައިފިނަމަ 750 ރުފިޔާ އަދި ތިން ވަނަ ފަހަރަށް ދުއްވައިފިނަމަ 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ގަވާއިދުގައިވެއެވެ.

މި ޤަވާއިދާއެކު ބްރިޖް، ރިންގް ރޯޑްގެ އިތުރުން ހިތަދޫ ލިންކު ރޯޑާއި، ލ. ލިންކު ރޯޑުގައި މިހާރުވެސް ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަދީފް

    ރިންގު ރޯޑުގަ ދުއްވާއިރު ހެލްމެޓް އެޅުން މަޖުބޫރެއް ނޫން!

    2
    1
  2. އަލިބެ

    ދަންނަވަންތޯއެވެ. ތިޔަ އަންހެން ކުއްޖާއަށް ވެސް ފިޔަވަޅު އަޅަންވީއެވެ. ތިޔަ އަމަލުގެ ސަބަބުން ގެއްލުންވާނީ އެ ފަރާތަށެވެ. ހެލްމެޓް ނާޅައިގެންނޭ ކިޔައިގެން އެހެން ފަރާތަކަށް ވާނެ ގެއްލުމެއް އޮންނާނެ ކަމަކަށް ނުފެނެއެވެ. ބުނެލަން ބޭނުންވަނީ ބައެއް ގަޑިތަކުގަ (ވަކިން ޙާއްސަކޮށް ދަންވަރުގެ ވަގުތު ތަކުގަ) އަލިފާން ޖަހާލާފަ އެދުއްވާ ސައިކަލު ތަކާއި ޕްރައިވެޓް ކާރުތައް ހިފަހައްޓާ އެފަދަ އުޅަނދުތައް: ފުރަތަމަ އަދަބެއްގެ ގޮތުން ވަގުތުން އެ ދުއްވަން އިން އުޅަނދެއް ޓޯވް ކޮށް ދުއްވަން އިން ފަރާތުގެ ލައިސަންސް މަދުވެގެން 30ދުވަސް ވަންދެން ހިފަހައްޓާލަބަލަ.. ގައިމު ދުއްވާލެވުނީމަތާ ހުސްކޮށް އޮންނަ ލޭނު ހުރަސްކޮށް އަދި ޑިވައިޑަރުތައް ފަޅާލާފަ އަނެތް ފަޅިއައް އަރާނީ.. އަދަބު ހަރުކަށި ކުރަންޖެހެނީ މިކަމުގެ ސަބަބުން މައުސޫމު މީހެއްގެ ފުރާނަޔައް ނުރައްކާވާތީ.. އެކްސިޑެންޓް ވީމަ ދެން ފިޔަވަޅު އެޅީމަ ކަމަކު ނުދޭ.. އޭރުން ކަމާ ނުބެހޭ މީހާއަށް އެލިބޭ ޖިސްމާނީ ގެއްލުން ކިހިނެތް ފޫބައްދާނީ.. ހޭލުންތެރި ކުރުވައިގެން ނަސޭޙަތް ދީގެން ރަނގަޅުވާ ޒާތުގެ ޒުވާނުންނެއްނޫން މިކަހަލަ ކަންތައްތައް ކުރަނީ..

    27
  3. ުުުގހހ

    ރަނގަޅު

  4. މާމުއިހަނދު

    އިއްޔެރޭ ހުޅުމާލެ ހައިވޭ މަތިން ހުއްޓުވާ ޗެކް ކުރިއިރު އަޅުގނޑާ ބޯދިގު ޒުވާނަކާ ދެމީހުނަށް ވިސް ދިމާވީ އެއް މައްސަލައެކެވެ. އެއީ ގަވާއިދާ ޚިލާފު ކަކަމަށް ނުވިޔަސް ރަގަޅު ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑަށް ރަގަޅު ކުރަން ނަސޭހަތް ދިންއިރު ބޯދިގު ޒުވާނާ އަށް ދިން ނަސޭހަތަކީ “އޯކޭ” އެވެ. ދެއުޅަނދު ވެސް ޖެހިޖެހިގެން އޮތުމުގެ ސަބަބުން އަޑު އިވުނީއެވެ. މިކަން ރަގަޅު ކުރުން އެދެމެވެ. ބައެއް މީހުން ރުޅި އަންނާނެއެވެ.